އިޒްރޭލުގެ ބޮޑު ވަޒީރު ނަތަންޔާހޫ އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ބޮލީވުޑުގެ ފަންނާނުންނާއި ބައްދަލުކުރުމަށް ބޭއްވި ހަފްލާއަށް ވަނީ ގިނަ އަދަދެއްގެ ބޮލީވުޑުގެ ތަރިން ގޮސްފައެވެ. އޭގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަކުރެވިގެން ދިއައީ އަމީތާބްބައްޗަން ގެ އާއިލާއެވެ.

މިހަފްލާއަށް އެންމެންގެ ސަމާލުކަން ލިބިގެން ދިޔައިރު މިހާރު އެންމެ ބޮޑަށް ވާހަކަ ދެކެވިގެންދަނީ މި ހަފްލާއަށް އާމިރު ޚާން އަދި ސަލްމާން ޚާން އާއި ޝާހުރުކް ޚާން ނުދިޔަ ސަބަބާއި މެދުގައެވެ. މިކަމާއި ގުޅިގެން އެތަރިން އަދި އެއްވެސް އެއްޗެއް ބުނެފައިނުވާއިރު ތުރުކީގެ ދުވަހު ނޫހެއް ކަމަށްވާ މިލްލިގެޒެޓްގައި ބުނެފައިވަނީ އެތަރިން ނަތަންޔާހޫ އާއި ބައްދަލުކޮށްފައިނުވަނީ ނަތަންޔާހޫގެ ފަރާތުން އަނިޔާ ލިބެމުންދާ ފަލަސްތީނުގެ ރައްޔިތުންނާއި އެކު އެތަރިން ތިިބިކަން ހާމަކުރުމުގެ ގޮތުން ކަމަށެވެ.

ބޮލީވުޑުގެ މަޝްހޫރު ތިން ޚާނުން ނަތަންޔާހޫއާއި ބައްދަލުކޮށްފައިނުވާތީ ބޮލީވުޑްގެ ބައެއް ތަރިންގެ އިތުރުންވެސް އިންޑިޔާގެ މުސްލިމު ގިނަ ރައްޔިތުން ތަކެއް އެމީހުންނަށް ތާއީދުކޮށް ވާހަކަދައްކާފައެވެ. އަދި ބައެއް ބޮޑެތި މީޑިއާ ތަކުންވެސް އެ ތަރިންނަށް ތައުރީފްކޮށް ވާހަކަދައްކާފައިވެއެވެ.

ނަތަންޔާހޫ ގެ އިންޑިއާގެ ދަތުރަށް ބަލާލާއިރު އޭނާ ވަނީ އެކި ދާއިރާތަކުން އިންޑިއާއަށް އެހީވާނެ ކަން ހާމަކޮށްފައެވެ. އޭގެތެރޭގައި އެންމެ ބޮޑަށް އޭނާ ފާހަގަކުރައްވާފައިވަނީ ބޮލީވުޑެވެ. ނަތަންޔާހޫ ވިދާޅުވެފައިވަނީ އޭނާ އާއި އޭނާގެ އަންހެނުން އަދި އިޒްރޭލުގެ ގިނަ ރައްޔިތުންތަކަކަށް ބޮލީވުޑް ވަރަށް ކަމުދާ ކަމަށެވެ. އަދި އެމީހުން ބޭނުންވަނީ ބޮލީވުޑް އެމީހުންގެ ގައުމަށްވެސް ގެނައުމަށްކަމަށް ބުނެފައިވެއެވެ. އަދި ބޮލީވުޑް ކުރިއެރުވުމަށް ފައިސާގެ ގޮތުންވެސް އެގައުމުން އެހީވާނެކަމަށް ނަތަންޔާހޫ ބުނެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިރާގާއި ޝެމަރޫ ގުޅިގެން ރާއްޖެއަށް އިންޑިއާގެ މަޝްހޫރު ފިލްމުތައް!

ރާއްޖޭގެ އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް ޚިދުމަތް ފޯރުކޮށްދޭ ކުންފުނި، ދިރާގުން އިންޑިޔާގެ މުނިފޫހިފިލުވުމުގެ ކޮންޓެންޓް ހެދުމުގައި އެއްވަނަ ކޮންޓެންޓް ...

އިގިރޭސި ޕްރިމިއާލީގުގެ ބައެއްމެޗްތައް ދައްކާ އައިސްޓީވީ ދިރާގުޓީވީއަށް

ދިރާގު ޓީވީއިން އައިސްޓީވީގެ ޗެނަލް ތައާރާފް ކޮށްފިއެވެ. ރާއްޖެއަށް މިހާރު އެންމެ ފުޅާކޮށް ކޭބަލް ޓީވީގެ ހިދުމަތްދެމުން އަންނަ. ...

އުރީދޫ މޫލީ މެދުވެރިކޮށް އާއިލާ އާއި ރައްޓެހިންނަށް ޢީދު ހަދިޔާ!

ކޯވިޑް19 އާއި ގުޅިގެން ދިމާވާ ގޮންޖެހުންތަކާއެކުވެސް، މި ރިވެތި އާދަކާދަ ދަމަހައްޓާ، ކޮވިޑް19 ގެ ސަބަބުން ދުރުގައި ތިބި ...