ކޮވިޑުގެ ކޮންޓްރޯލް އަތުން ގެއްލިއްޖެ: ޑރ. މުހައްމަދު އަލީ

advertisement

ކޮވިޑުގެ ކޮންޓްރޯލް ރާއްޖެއިން ގެއްލިއްޖެކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ހާއްސަ ޑޮކްޓަރ މުހައްމަދު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. މުހައްމަދު އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު ފެންނަނީ އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތު ކުރާ މަންޒަރު ކަމަށާއި، ބަލީގެ ކޮންޓްރޯލް އަތްމަތިން ދޫވެފައިވާ ކަމަށެވެ. އަދި އެކަން ހައްލު ކުރެވެން އޮތީ އެކަން ވީއެންމެ އަވަހަކަށް ގަބޫލްކޮށް މަސައްކަތްކޮށްގެން ކަމަށެވެ.

ރާއްޖޭގައި ކޮވިޑު-19 ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ އިރު ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 2000 އާއި މިހާރު ގާތްކުރެއެވެ. ކޮވިޑު ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވި އިރު ފަރުވާ ދިނުމަށް ބޭނުން ކުރާ ހުޅުމާލެ ކޮވިޑު ފެސިލިޓީ ވަނީ ފުލްވެފައެވެ. މިބަލީގިނަ މީހުން މަރުވަމުން އަންނަ އިރު މި މަހު މިހާތަނަށް 60 މީހުންނަށްވުރެ ގިނައިން މީހުންވަނީ މަރުވެފައެވެ.

ޑރ. މުހައްމަދު އަލީ ވިދާޅުވީ ސިއްހީ ހިދްމަތްތެރިން ވަރުބަލިވެއްޖެކަމަާއި، ފާއިތު ދޮޅު އަހަރު ކޮވިޑު ކޮންޓްރޯލް ކުރުމުގައި މަސައްކަތް ކުރީ އެއްބައެއް ކަމަށެވެ. އަދި އެޓީމަށް އެެއްކޮށް މާ ރަނގަޅަށްވެސް މަސައްކަތް ކުރެވިދާނެކަމަށެވެ.

މުހައްމަދު އަލީ ވިދާޅުވީ މި ވަގުތަކީ ހިތްވަރު ދޫކޮށްލަންވީ ވަގުތު ނޫންކަމަށާއި، މިއީ ބަލިން އަރައިގަތުމަށް އެންމެން އެކުގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށް ވިދާޅުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

‘ސައިބަރ ސޭފްޓީ’ގެ ނަމުގައި ދަރިވަރުން އިންޓަރނެޓަށް ހޭލުންތެރިކުރުމުގެ ކެމްޕޭނެއް ފަށައިފި

‘ސައިބަރ ސޭފްޓީ’ގެ ނަމުގައި، މިނިސްޓްރީ އޮފް އޭޑިޔުކޭޝަނާއި، ޔުނިސެފް މޯލްޑިވްސް އާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ...

ކުޅުދުއްފުށީ ޓާފް ދަނޑުހުޅުވުގެ މެޗަށް ގައުމީ ޓީމް ކުޅުދުއްފުއްޓަށް

ކުޅުދުއްފުށީގައި ސަރުކާރުން އެޅި ޓާފް ދަނޑު ހުޅުވުމުގެ ގޮތުން ކުޅެވޭ ފުޓްބޯޅަ މެޗްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމާއި، ...

އިތުރު ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިތުރު މީހަކު ކޮވިޑް 19 އަށް ޕޮޒިޓިވްވެ މިއަދު ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 14 ...