ކޮވިޑު-19 އަށް ފަރުވާ ދެމުން ދަނިކޮށް 28 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ކޮވިޑު-19 އަށް ފަރުވާ ދެމުން ދަނިކޮށް ދިވެހިރާއްޖޭގައި 28 އަހަރުގެ ޒުވާން އަންހެނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލުގެ 11 ވަނަ ފަންގިފިލާގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނިކޮށެވެ. އޭނާއަށް ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގެ އެހީގައެވެ.

އަދި ނިޔާވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ. އަދި މީގެ 3 ރޭ ކުރިން ކޮވިޑު-19 ބަލީގައި ނިޔާވި 10 އަހަރުގެ މިޝްކާއަށް ފަހު ކޮވިޑު-19 ޖެހިގެން ރާއްޖޭގައި ނިޔާވި އެންމެ ޒުވާން މީހާއެވެ.

ކޮވިޑު-19 ޖެހިގެން ރާއްޖޭގަިއ އާންމުކޮށް ނިޔާވަމުން ދަނީ އުމުރުން ދުވަސްވީ މީހުންނެވެ. އެހެން ނަމަވެސް 50 އަހަރުން ދަށުގެ މީހުންވެސް އެ ބަލީގައި ދަނީ ކޮންމެވެސް ވަރަކަށް ނިޔާވަމުންނެވެ.

މިހާތަނަށް ކޮވިޑު-19 ޖެހިގެން ރާއްޖޭގައި 178 މީހުން ވަނީ ނިޔާވެފައެވެ. އަދި ޖުމްލަ 66،948 މީހުންނަށް ބަލި ޖެހިފައިވާއިރު އަދި ބަލިން ރަނގަޅުނުވެ 21،032 ފަރާތް އެބަތިއްބެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މާލޭ ސަރަހައްދުގައި ކުޅިވަރުތަކާއި މުބާރާތްތައް ނުބޭއްވުމަށް އަންގައިފި

މާލޭ ސަރަހައްދުގައި ކުޅިވަރުތަކާއި މުބާރާތްތައް ނުބޭއްވުމަށް އަންގައިފި އެވެ. ތަފްސީލް އަންނަނީ

އައްޑޫ ސިޓީން އިތުރު 38 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެ

އައްޑޫ ސިޓީން އިތުރު 38 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެވެ.   މައުލޫމާތު ލިބިފައިވާގޮތުން އިއްޔެ ކޮވިޑް 19 އަށް ...

ކޮވިޑު ޖެހޭ މީހުންގެ އަދަދު މައްޗަށް

ރާއްޖޭގައި ކޮވިޑު ޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައފިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އާންމުކުރި ...