ކޮވިޑް 19 – ހުޅުދުން ނެގުނު ރެމްޑަމް ސާމްޕަލްތަކެއް ޕޮޒިޓިވްވެއްޖެ

advertisement

ހުޅުދުންނެގުނު ރެމްޑަމް ސާމްޕަލްތަކުގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ކޮވިޑް 19 އަށް  ޕޮޒިޓިވްވެއްޖެވެ.

ސިއްހީމަރުކަޒު ހިންގުމާ ހަވާލްވެ ހުންނެވި އިބްރާހިމް ޒުބައިރު އިތުރަށް ވިދާޅުވީ  ކޮވިޑް-19 ރަށުގައި ފެތުރިފައިވޭތޯ ބެލުމަށް 21 މެއި 2021 ވަނަ ދުވަހު ނެގުނު ރެމްޑަމް ސާމްޕަލްގެ ތެރެއިން މިހާތަނަށް ނަތީޖާ ލިބުނު ފަރާތްތަކުގެ ތެރެއިން 2 މީހަކުވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ކަމަށާއި ރެމްޑަމް ސާމްޕަލް ނަގާފައިވަނީ އާއްމުންންނާ ގިނައިން ބައްދަލުވެ އުޅޭ މީހުންގެފަރާތުން ކަމަށްވާތީ، ހުޅުދޫމީދޫގައި ކޮމިއުނިޓީ ސްޕްރެޑެއް’ އޮތުމުގެ ފުރުސަތު ބޮޑުކަމަށް ބެލެވޭ ކަމަށެވެ

މައުލޫމާތު ލިބިފައިވާގޮތުގައި ޕޮޒިޓިވްވި މިދެމީހުންނަކީ   ރެސްޓޯރެންޓެއްގައި  މަސައްކަތްކުރަމުންއަންނަ ބަގްލާދޭޝްގެ ދެމީހުންކަމަށެވެ. އެހެންކަމުން މިދެމީހުންނާއި ގިނަބަޔަކު ކޮންޓެކްޓް ވެފައި ތިބުމަކީ އެކަށީގެންވާކަމެކެވެ. 

މިދެމީހުން ޕޮޒިޓިވްވުމާ ގުޅިގެން އެދެމީހުންގެ ކޮންޓެކްޓްރޭސިން ހެދުމުގެ މަސައްކަތް ސިއްހީމަރުކަޒުން މިހާރު ކުރަމުންދާކަމަށްވެސް އިބްރާހިމް ޒުބައިރުވަނީ ވިދާޅުވެފައެވެ.   

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުރަތަމަ ލުއި ދެވޭނީ ގެއިން ނުކުމެ އުޅުމަށް – ރައީސް

މާލެ ސަރަޙައްދުގައި މިހާރު އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން ލުއިތަކެއް ދިނުމަށް ތައްޔާރުވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ...

އައްޑޫސިޓ: ކާފިއު އިއުލާން ކުރި މުއްދަތު ހަމަވެ ޖަމާއަތުގައި ނަމާދުނުކުރުމަށް އެންގި އެންގުމުގެ މުއްދަތުވެސް ހަމަވެއްޖެ

އައްޑޫ އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީގައި އިއުލާންކޮށްފައިވާ ކާފިއުގެ މުއްދަތު މިމަހުގެ ދެވަނަ ...

އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބު ކޮށްފި

އަޟްހާއީދުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މީދޫ ވޮލީޓީމަކާ ހުޅުދޫ ވޮލީޓީމަކާ ދެމެދު ކުޅެވުނު އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބުކޮށްފި ...