ކޮވިޑް 19 – ހުޅުދޫއާއި މީދުން ޕޮޒިޓިވްވި މީހުންގެ ތެރެއިން 27 މީހަކު ބަލިން ރަގަޅުވެގެން ދޫކޮށްލައިފި – އިބްރާހިމް ޒުބައިރު

advertisement

ހުޅުދޫއާއި މީދުން ކޮވިޑް 19 ބަލި ޖެހުނު 74 މީހުންގެ ތެރެއިން މިހާތަނަށް 27 މީހަކު ބަލިން ރަގަޅުވެގެން ދޫކޮށްލާފައިވާކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން ހާމަކޮށްފިއެވެ.

ހުޅުމީދޫ ސިއްހީމަރުކަޒު ހިންގުމާ ހަވާލްވެ ހުންނެވި އިބްރާހިމް ޒުބައިރު ވިދާޅުވީ ހުޅުދޫއާއި މީދުން ބަލިޖެހުނު 74 މީހުންގެ ތެރެއިން ބަލިން ރަގަޅުވެގެން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ދޫކޮށްލާފައިވަނީ ހުޅުދޫ 22 މީހުންނާއި މީދޫގެ 5 މީހުންކަމަށެވެ.

ކޮވިޑް 19 އާއި ގުޅިގެން ހުޅުދޫއާއި މީދުން 74 ގެއެއް ކަރަންޓީން ކުރެވުނުކަމަށާ އެއީ ހުޅުދޫގެ 41 ގެއާއި މީދުން 33 ގޭކަމަށްވެސް އިބްރާހިމް ޒުބައިރު ވިދާޅުވިއެވެ. އިބްރާހިމް ޒުބައިރު ވިދާޅުވީ ކަރަންޓީނު ކުރެވުނު  74 ގެއިން  267 މީހަކު ކަރަންޓީނު ކުރެވުނުކަމަށެވެ.

އެހެންނަމަވެސް އެމީހުންގެ ތެރެއިން ކަރަންޓީނު މުއްދަތު ހަމަވެގެން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު މިހާތަނަށް 84 މީހަކު ދޫކޮށްލެވިފައިވާކަމަށާ މިހާރު ކަރަންޓީނުގައި ތިބޭނީ 183 މީހުންކަމަށްވެސް އިބްރާހިމް ޒުބައިރު ވިދާޅުވިއެވެ.

ހުޅުދޫއާއި މީދުން ކޮވިޑަށް ޕޮޒިޓިވްވި 74 މީހުންގެ ތެރެއިން ހުޅުދޫން 67 މީހުން ޕޮޒިޓިވްވެފައިވާއިރު މީދުން ޕޮޒިޓިވްވީ 7 މީހުން ކަމަށްވެސް އިބްރާހިމް ޒުބައިރު މިއަދު ދެއްވި މައުލޫމާތުގައި ވިދާޅުވިއެވެ.  

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ލިންކުރޯޑުގައި ކާރެއް ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީ ލިންކް ރޯޑުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ގައުކެޑި ސަރަހައްދުން ފުރޮޅާލައި ނުރައްކާތެރި އެކްސިޑެންޓެއް ...

އަފިރިން ބަލިކޮށް ބީ ގްރޫޕުން ގަބުރު ކްއާޓަރ ފައިނަލުން ޖާގަ ހޯދައިފި

މަރަދޫފޭދޫ އަފިރިން  ބަލިކޮށް ގްރޫޕް ބީން  ކްއާޓާފައިނަލުން މަރަދޫ ގަބުރު ޖާގަ ހޯދައިފިއެވެ. ގައުމު ސްޓްރީޓް ކަޕް ފުޓްބޯޅަ ...

ފޮޓޯއިން ޚަބަރު : ކަޅިބިތްފަރާތު ގިރާ ސަރަހައްދު

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މީދޫ  ކަޅިބިތްފަރާތުގެ ގޮޑު ދޮށުން އެންމެ ބޮޑަށް މިހާރު ގިރަމުންދާ ސަރަހައްދުން ...