advertisement

ކޮވިޑް 19 ބަލި ހުޅުދޫއާއި މީދޫގައި ފެތުރެމުންދާތީ އެކަން ކޮންޓްރޯލް ކުރުމަށް އެޅިފިޔަވަޅެއްގެ ގޮތުން ހުޅުދޫއާއި މީދުއާއި ދެމުދު އެއްގަމު މަގުން ދަތުރުކުރުމަށް އޮންނަ މަގުތަކުގެ ތެރެއިން ވަކި މަގުތަކެއް އެއްކޮށް ބަންދުކޮށް ބޮޑުމަގުންވެސް އަތޮޅުމަދަރުސާގެ ދެކުނުން، ހުޅަގުން އިރަށް އޮންނަމަގާ ހަމައިގައި ބެރިކޭޓް ޖަހާ ބޮޑުމަގުން ނޫން އެހެންގޮތަކަށް ހުޅުދޫއާއި މީދުއާއި ދެމެދު ދަތުރު ނުކުރެވޭގޮތައް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން މިމަހުގެ 26 ވަނަ ދުވަހު މެންދުގެ ވަގުތެއްގައި ހަމަޖެއްސިއެވެ

އެހެންނަމަވެސް ހަމަ އެދުވަހުގެރޭ ކުއްލި ގޮތަކަށް ޕޮލިހުން ބަންދުކުރި މަގުތައް އަލުން ހުޅުވާ ބޮޑުމަގުގައި ޖެހި ބެރިކޭޓްތައްވެސް ވަނީ ނަގާފައެވެ.

އައްޑޫ ސިޓީގައި ކޮވިޑް-19 ފެތުރެމުންދާތީ ރައްކާތެރިވުމުގެ ގޮތުން ވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކޮންމެހެން ނުކުންނަން ޖެހިގެން މެނުވީ ބޭރަށް ނުނިކުތުމަށް އިލްތިމާސްކޮށްފައިވާއިރު، އެއްގެއިން އަނެއްގެއަށް ނުދިއުމާއި އެއްރަށަށުން އަނެއްރަށަށް ދަތުރުކުރުން ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ.

ހަވީރު ހަތަރުކން ފެށިގެން ފަތިހު ހަތަރަކަށް އައްޑޫގައި ކާފިއު އިއުލާންކޮށްފައިވުމުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ރައްޔިތުންނަށް ލުއި ފަސޭހަވާނެ ގޮތަށް ކަންކަން އިންތިޒާމް ކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. .

އައްޑޫ ސިޓީ ދެވަނަ ފަހަރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ 1 މެއި ވީ ހޮނިހިރު ދުވަހުގެ ވަގުތެއްގައެވެ. މުޅި އައްޑޫ ސިޓީ މޮނިޓަރިންގެ ހާލަތަށް ގެންދިޔަ އިރު މިދިޔަ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހު ވެސް އައްޑޫ ސިޓީ މޮނީޓަރިން ހާލަތަށް ގެންދިޔައެވެ. އެ ފަހަރުގެ މޮނިޓަރިންގެ ހާލަތު އުވާލީ މާޗު މަހުގެ 13 ވަނަ ދުވަހު އެވެ.


އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާގޮތުގައި  ބުދަ ދުވަހުގެ އިރުއޮއްސި 6:00ން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00ށް ނެގުނު 96 ސާމްޕަލްގެ ތެރެއިން އިތުރު 16 މީހަކު އައްޑޫސިޓީން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިހާތަނަށް އައްޑޫސިޓީން 260 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ވަނީ 176 ކޭސްކަމަށްވެސް . އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑް ޖެހުނު 82 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު މިހާތަނަށް އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް ، 3600 ސާމްޕަލް ވަނީ ނަގާފައެވެ. އަދި ޚާއްސަ ސަމާލުކަމެއް ދީގެން ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އެ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ

އައްޑޫސިޓީގެ ވަކުވަކި ރަށްތަކުން ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ފޭދޫއިން 10 މީހުން، މަރަދޫފޭދޫއިން އެކަކު، މަރަދޫއިން 10 މީހުން، ހިތަދޫއިން 111 މީހުން، ރިސޯޓުން 2 މީހުން، މީދޫއިން 8 މީހުން، ހުޅުދޫއިން 33 މީހުން، އަދި ގަމުން އެކަކު އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ

އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވެއެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ އީދު ފެސްޓިވަލް 2022: ޕާކް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ފައްކަމަނާޓީމް ހޯދައިފި  

އައްޑޫ އީދު ފެސްޓިވަލް 2022 ގައި ހިމެނިގެން މީދޫގައި ކުރިއަށް ގެންދިޔަ ޕާކް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ” ...

އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމްއިން އަރުވާ ޝަރަފުވެރިކަމުގެ އެވޯޑު ރައީސް ޔާމީނަށް

އިންޓަނޭޝަނަލް މޮޑެރޭޝަން ފޯރަމުންދޭ އެންމެ ޝަރަފްވެރި އެވޯޑް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް އަރުވައިފިއެވެ. އިންޓަރނޭޝަނަލް މޮޑަރޭޝަން ފޯރަމަކީ ...

އެފްއޭއެމްގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ ، މުވައްޒަފުންނާއި ނޫސްވެރިން ކަރަންޓީނަށް

ފުޓުބޯޅަ އެސޯސިއޭޝަން މޯލްޑިވްސް(އެފްއޭއެމްގެ) މުވައްޒަފަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވުމާ ގުޅިގެން އެފްއޭމްގެ މުވައްޒަފުންނާއި، އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ...