ކޮވިޑް 19 – މިއަދު ހުޅުދޫއާއި މީދުން ނެގުނު އެއްވެސް ސާމްޕަލެއް ޕޮޒިޓިވްނުވޭ

އެކަމަކު ހިތަދޫގައި އުޅެމުންއަންނަ މީދޫ ކުއްޖަކުމިއަދު ވަނީ ޕޮޒިޓިވްވެފައި
advertisement

ހުޅުދޫއާއި މީދުން މިއަދު ނެގި އެއްވެސް ސާމްޕަލެއް ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިނުވާކަމަށް ހުޅުމީދޫ ސިއްހީމަރުކަޒުން މައުލޫމާތު ދެއްވައިފިއެވެ. ސިއްހީމަރުކަޒުން މައުލޫމާތު ދެއްވިގޮތުގައި އެމަރުކަޒުން މިއަދު ހުޅުދޫއާއި މީދުންނެގި 27 ސާމްޕަލްގެ ނަތިޖާވެސް ލިބިފައިވާކަމަށާ އެއިންއެއްވެސް ސާމްޕަލެއް ޕޮޒިޓިވް ވެފައިނުވާކަމަށެވެ.

 މިއަދު ހުޅުދޫއާއި މީދުން ނެގުނު އެއްވެސް ސާމްޕަލެއް ޕޮޒިޓިވްނުވިކަމުގައިވިޔަސް ހިތަދޫގައި އުޅެމުންއަންނަ މީދޫ ކުއްޖަކު ކޮވިޑް 19 އަށް ވަނީ ޕޮޒިޓިވް ވެފައެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން މިއަދު ހާމަކޮށްފައިވާގޮތުގައި  ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 އިން ހުކުރު ދުވަހުގެ އިރުއޮއްސި 6:00 އަށް ނެގުނު 191 ސާމްޕަލްގެ ތެރެއިން ކޮވިޑް 19 އަށް ޕޮޒިޓިވް ވެފައިވަނީ 10 ސާމްޕަލްކަށެވެ.  މިހާތަނަށް އައްޑޫސިޓީން 270 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ވަނީ 175 ކޭސްކަމަށްވެސް އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ ހާމަކޮށްފައެވެ

advertisement

އެކުއެޓޯރިއަލް ހޮސްޕިޓަލުން އިތުރަށް ހާމަކޮށްފައިވާގޮތުން އައްޑޫއިން ކޮވިޑް ޖެހުނު 93 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު މިހާތަނަށް އައްޑޫއިން ކޮވިޑަށް ޓެސްޓްކުރުމަށް ، 3791 ސާމްޕަލް ވަނީ ނަގާފައެވެ. އަދި ޚާއްސަ ސަމާލުކަމެއް ދީގެން ސާމްޕަލް ނެގުމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށް ވެސް އެ ހޮސްޕިޓަލުން ހާމަކޮށްފައިވެއެވެ

އައްޑޫސިޓީގެ ވަކުވަކި ރަށްތަކުން ކޮވިޑްގެ އެކްޓިވް ކޭސްތަކަށް ބަލާއިރު ފޭދޫއިން 9 މީހުން، މަރަދޫފޭދޫއިން އެކަކު، މަރަދޫއިން 11 މީހުން، ހިތަދޫއިން 119 މީހުން، ރިސޯޓުން 2 މީހުން، މީދޫއިން 8 މީހުން، ހުޅުދޫއިން 24 މީހުން، އަދި ގަމުން އެކަކު އެކްޓިވް ކޭސްގެ ގޮތުގައިވެއެވެ އައްޑޫ ދެމީހަކު މިބަލީގައި ނިޔާވެފައިވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް އަތޮޅުމަދަރުސާ ފައިނަލަށް

ޕެނަލްޓީ ޖަހައިގެން ފޭދޫ ސްކޫލް ބަލިކޮށް ހިތަދޫގައި ކުޅެވެމުންދާ ވޭންއޫދު 15 އަހަރުން ދަށުގެ އެފްއޭއެމް އިންޓަރ ސްކޫލް ...

ހުޅުދޫން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އާންމުކޮށްފި

އައްޑޫސިޓީ ހުޅުދޫން ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު މިއަދު އާންމުކޮށްފިއެވެ. ސަރުކާރުގެ ”ގެދޮރުވެރިކުރުން“ ޕްރޮގްރާމްގެ ދަށުން އައްޑޫ ...

މާފުށީ ޖަލުގެ ޑިއުޓީގައި ހުރި އޮފިސަރަކު ނިޔާވެއްޖެ

މާފުށީ ޖަލުގެ ޑިއުޓީގައި ހުރި އޮފިސަރަކު ކުއްލިގޮތަކަށް ނިޔާވެއްޖެ އެވެ. ޑިއުޓީގައި ހުއްޓާ ނިޔާވީ މާފުށްޓަށް އުފަން އެރަށު ...