ކޯވިޑަށް ޕޮޒިޓިވް ވިކަން އަންގަން އެޗްޕީއޭއިން ދެން ނުގުޅާނެ -މަބުރޫކު

advertisement

ކޮވިޑް-19އަށް ޕޮޒިޓިވް ވިކަން އެންގުމަށްޓަކައި، ހެލްތު ޕްރޮޓެކްޝަން އެޖެންސީން މީގެފަހުން ނުގުޅާނެ ކަމަށާއި، ދެން ކޮވިޑަށް ޕޮޒިޓިވްވިކަން އެންގުމަށް އެސެންޓަރުން ކުރާނީ މެސެޖެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒް ވިދާޅުވެއްޖެވެ.  

މަބުރޫކު މިހެން ވިދާޅުވީ އެޗްއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މަބްރޫކް އަޒީޒު ވިދާޅުވީ، ބަލީގެ ކޭސްތައް އިތުރުވާން ފެށިފަހުން، ނަތީޖާ ލިބުން ލަސް ވެގެން ވަަރަށް ގިނަ ބަޔަކު ޝަކުވާ ކުރަމުންދާ ކަމަށެވެ. 
މަބުރޫކު ވިދާޅުވީ ނަތީޖާ އެންގުމުގައި މިހާރު އަމަލު ކުރާ ގޮތަކީ، ކޮވިޑަށް ނެގެޓިވް ވެއްޖެނަމަ، މެސެޖެއް ކުރުމެވެ. އަދި ޕޮޒިޓިވް ވެއްޖެ ނަމަ، އެކަން އަންގަނީ ގުޅައިގެންނެވެ. 

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، ބަލީގެ ކޭސްތައް އިތުރުވަމުން ދާއިރު، ޕޮޒިޓިވް ވާ ކޮންމެ މީހަކަށް ގުޅައިގެން ނަތީޖާ އެންގުމަކީ، ޓެސްޓު ކުރި މީހާއަށް، އަވަސް ނަތީޖާ ލިބެން ހުރަސް އެޅޭ ކަމަކަށްވާތީ، އެކަމުގައި އަމަލު ކުރާ ގޮތް ބަދަލު ކުރުމަށް ނިންމީކަމަށެވެ. 

“މިހާރު ހަމަޖެހިފައިވާގޮތުން، ހުރިހާ ބޭފުޅުންނަށްވެސް އެސްއެމްއެސްއެއް ދާނެ، އެބޭފުޅުންގެ ނަތީޖާ އެޗްޕީއޭއަށް ލިބޭ ހިސާބުން. އެ އެސްއެމްއެސްގަ އިންނާނީ ލިންކެއް. އެ ލިންކަށް ވަދެވަޑައިގަތީމަ، ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވިޔަސް، ނެގެޓވް ވިޔަސް ފެންނާނެ” މަބްރޫކް ވިދާޅުވިއެވެ. 

މަބްރޫކް ވިދާޅުވީ ސާމްޕަލް ނަގާފައި ޓެސްޓު ކުރުމުގައިވެސް ވަރަށް ބޮޑު ލަސްތަކެއް ދިމާވަމުން އައި ކަމަށެވެ. ނަމަވެސް އެމައްސަލައިގެ ބޮޑު ބައި މިހާރު ހައްލު ކުރެވިފައިވާ ކަަމަށް މަބުރޫކު ވިދާޅުވިއެވެ . 

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް ދިޔަ ދެ ކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި

އައްޑޫ ސިޓީގެ ހިތަދޫ ފުއްޓަރު ފަރާތަށް މޫދަށް އެރިއުޅުނު ދެ ކުއްޖަކު ގެއްލިގެން އެމްއެންޑީއެފުން އެ ކުދިން ހޯދުމުގެ ...

ފޮޓޯއިން ޚަބަރު: ޓްރެފިކް ގަވާއިދަށް އަހުލުވެރި ކުރުވުން

މަތީގައިވާ ފޮޓޯއާއި ތިރީގައިވާ ފޮޓޯތަކުން ފެނިވަޑައިގަންނަވަނީ މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މުވައްޒަފުންނަށް ޓްރެފިކް ...

ހަ ގަޑިއިރު ބޭތިއްބުމަށްފަހު ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރުގެ ޝަރީއަތްވެސް ކެންސަލް

ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ދެ ބޭފުޅުން ކަމަށްވާ ކުރީގެ ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ...