އައްޑޫސިޓީގެ ރައީސް ކަމަށް ވަސީމު ވާދަކުރައްވަނީ

ޕާޓީގެ އެތެރެއިން އެމްޑީޕީގެ މެމްބަރުންނަށް ހައްގުވާ މިންވަރު ހޯދައި ދިނުމަށް   މަސައްކަތް ކުރާނެކަމަށްބުނެ  ފެށޭ މަހު 29 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި އައްޑޫސިޓީގެ ރައީސްކަމަށް ވާދަކުރައްވަން ނިންމަވައި  ވަސީމު ކެމްޕެއިން ކުރައްވަން ފައްޓަވައިފިއެވެ. 

މީދޫދާއިރާގެ އެމްޑީޕީގެ ކަންތައްތަކުގައި އަބަދުވެސް އުޅުއްވަމުން ގެންދަވާ ވަސީމު އެމްޑީޕީ ގައުމީ މަޖިލީހުގެ އިންތިހާބުގައި އައްޑޫސިޓީގެ ރައީސްކަމަށް ވާދަކުރައްވަން ނިންމެވުމަށްފަހު  ސޯޝަލް މީޑިއާގައި ދަނީ ކެމްޕެއިން ކުރައްވަމުންނެވެ. 

މިގޮތުން ވަސީމުގެ ފޭސްބުކް ޕޭޖްގައި ހަމާކޮށްފައިވާގޮތުން ވަސީމު އައްޑޫސިޓީގެ ރައީސްކަމަށް ހޮވިއްޖެނަމަ  މުޅި އައްޑޫސިޓީގައި ބަންދުކޮށްފައިހުރި އެމްޑީޕީގެ ހަރުގެތައް އަލުން ހުޅުވާ އެހަރުގެ ތަކަށް  އަލިކަން ގެނެސްދީ ޕާޓީގެ ރޫހު މިހާރަށްވުރެ ބޮޑަށް އައްޑޫސިޓީގައި ވަރުގަދަކުރުމަށް މަސައްކަތް ކުރައްވާނެކަމަށް ބުނެފައިވެއެވެ. 

” ޕާޓީ ނިޒާމެއްގައި ހިންގަންވާނީ ޕާޓީގެ ވެރިކަން ، ސަރުކާރު ތަންފީޒުކުރަންވާނީ ޕާޓީގެ ސިޔާސަތު ، ޕާޓީގެ ސިޔާސަތު ނަގަހައްޓަންޖެހޭނީ ގައުމީ މަޖިލިހުން ، އެކަން ކުރުމަށްޓަކައި ތިޔަބޭފުޅުންނާއެކީ މަސައްކަތް ކުރުމަށް އަޅުގަޑަށް ފުރުސަތު ދެއްވާ  ، އެމްޑީޕީގެ ލޮބުވެތި މެމްބަރުންގެ އަތްމަތީގައި ގޮތްނިންމުން އޮތީ ، ވަސީމުއަށް ވޯޓް އަޅައި ފޮށިތައް ފުރާލަދެއްވާ ” ވަސީމުގެ ފޭސް ބުކް ޕޭޖްގައި ވަސީމު ލިއުއްވާފައިވެއެވެ. 
ވަސީމުއަކީ އެމްޑީޕީގައި ފަހަކަށް އައިސް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ވަނީ ފާހަގަކުރެވިފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިގްތިސާދު ނުތަނަވަސް ކަމެއްގެ ތެރެއަށް ވައްޓާލަންކުރާ މަސައްކަތް ކާމިޔާބު ނުވާނެ : ސައީދު

އިދިކޮޅު ފަރާތްތަކުން ޤައުމު ހަލަބޮލިކޮށް އިޤްތިޞާދު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލުމަށް މަސައްކަތްކުރަމުންދިޔަނަމަވެސް ރާއްޖޭގެ އިޤްތިޞާދު އޮތީ ވަރަށް ރަނގަޅު ...

އޮމިކްރޯން 8 ދިވެއްސަކަށް ޖެހި މާފުއްޓާއި ކުޑަހުވަދޫންވެސް އޮމިކްރޯންގެ ކޭސްތައް ފެނިއްޖެ

ކޮވިޑް19 ގެ އައު ވޭރިއަންޓު ކަމަށްވާ އޮމިކްރޮން 8 ދިވެއްސަކަށް ޖެހިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ...

ލޯޑު ބޮޑުވާ ބައެއް ގަޑިތަކުގައި އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓުގެ ޚިދުމަތް ކެނޑޭނެ – ފެނަކަ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ކަރަންޓުގެ ޚިދުމަތް ދިނުމުގައި ދިމާވެފައިވާ ފަންނީ މައްސަލައެއްގެ ސަބަބުން، ލޯޑު ބޮޑުވާ ބައެއް ...