މިއަދު އައްޑޫ ސިޓީގެ ހުރިހާ ރައްޔިތުން ވެސް އުފަލާއި އެކު ބަލައިގަންނަ ކަމަކީ، އެ ސިޓީން ފުރައިގެން ރާއްޖެއިން ބޭރަށް ދެވުމެވެ. ޒަމާންތަކެއް ވަންދެން އައްޑޫގެ ރައްޔިތުން ދެކެމުން އައި މި ހުވަފެން ހަގީގަތަކަށް ހައްދަވައި ދެއްވުމުގެ ގަޓު ހުންނެވި ހަމައެކަނި ވެރިޔަކީ ރައީސް އަބްދުﷲ ޔާމީނެވެ.

ނަޝީދުގެ ސަރުކާރުގައި ވެސް އެކަން ކުރާ ވާހަކަ ދެއްކިއެވެ. ކަންދެއްކުމުގެ ގޮތުން އެކަން ކުރިވެސް މެއެވެ. އެކަމަކު ވަކި ހސާބަކުން ހުއްޓާލިއެވެ. ރައްޔިތުންގެ ހިތުގައި ޖައްސާފައެވެ.

އެހެން ނަމަވެސް، ރައީސް ޔާމީންގެ ސަރުކާރުން ސަރަހައްދުގެ ބޮޑު އެއާލައިނަކާއި ވާހަކަ ދައްކައިގެން މިއޮތީ އައްޑޫ ސިޓީ ދުނިޔެއަށް ހުޅުވާލަ ދީފައެވެ. މިއަދު އައްޑޫއަށް ފަތުރުވެރިން އެބައާދެއެވެ. އަދި އައްޑޫގެ ރައްޔިތުންނަށް ވެސް ފުރައިގެން އެކި ކަރަތަކަށް އެބަދެވެއެވެ.

މި އަހަރުގެ ބޮޑު ޗުއްޓީގައި އައްޑޫން ކޮލަމްބޯ އަށް ފްލައިޓް އޮންނަ ކޮންމެ ދުވަހަކު ގަން އެއާޕޯޓުން ފެންނަނީ އުފަލުން ފޮޅިފައިވާ ރައްޔިތުންތަކެކެވެ. އެ އުފާވެރިކަން ގެނެސްދެއްވީ ރައީސް ޔާމީނެވެ.

އައްޑޫގައި ޒަމާނުއްސުރެ އެމްޑީޕީ އަށް އޮތް ތާއީދު ގެއްލެމުން ދަނީ ރައީސް ޔާމީން އައްޑޫ ރައްޔިތުންގެ ސިޔާސީ ފިކުރަށް ނުބައްލަވައި ކޮށްދެއްވާ ކަންތަކުންނެވެ. ކެނެރީގޭ ނަޝީދު ފަދައިން ރައްޔިތުންނަށް ނުލަފާކަން ދައްކަވަން ރައީސް ޔާމީން ބޭނުންފުޅެއް ނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެމެރިކާގެ ޚާރިޖީ ވަޒީރު އިންތިޚާބީ ރައީސަށް މަރުޙަބާ ވިދާޅުވެއްޖެ

އެމެރިކާގެ ޚާރިޖީ ވަރީޒު މައިކް ޕްމްޕެއޯ ރާއްޖޭގެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގުޅުއްވައި މަރުޙަބާ ވިދާޅުވެއްޖެއެވެ. ...

ސުޕްރީމް ކޯޓުން ދެ ފަނޑިޔާރުން ވަކިކުރަން ނަޝީދު ހުށަހަޅުއްވައިފި

ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކިކުރަން، ރައީސް މުހައްމަދު ނަޝީދު ހުށަހަޅުއްވައިފިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކުރަންވެސް ކުރައްވާ ...

އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީ ހަދަން ޤަތަރުގެ ކުންފުންޏަކާ ހަވާލުކޮށްފި

ރާއްޖޭގެ އެންމެ އުތުރު އިހަވަންދިއްޕޮޅުގައި ތެލުގެ ސްޓޯރޭޖެއް ހަދައި ތެޔޮ ބަންކަރިން ޚިދުމަތް ދިނުމަށް، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ...