އަމިއްލަ ފަރާތަކުން ރަނގަޅު ފެންވަރަކަށްހެދި ހިނަވާގެ ކައުންސިލާ ހަވާލުކޮށްފި

އައްޑޫސިޓީގައި މަސައްކަތް ކުރައްވާ ވިޔަފާރިވެރިއެއްކަމުގައިވާ، ހ. އަސްފަރު، އިދުރީސް ޤާސިމް (ތަރިކަ، މަރަދޫފޭދޫ / އައްޑޫސިޓީ) އަމިއްލައަށް އިސްނަންގަވައިގެން ޒަމާނީފެންވަރަށް ހެއްދެވި ހިނަވާގެ ކައުންސިލާ މިއަދު ހަވާލުކޮށްފިއެވެ.

މަރަދޫފޭދޫ މަސްޖިދުލް ޢަލީ އާއި އިންވެގެން ހަދާފައިވާ  މިހިނަވާގެ ކައުންސިލާ ހަވާލު ކުރުމަށްޓަކައި މަރަދޫފޭދޫ އަވަށު އޮފީހުގައި ކުޑަ ރަސްމިއްޔާތެއް ވަނީ މިއަދު ބޭއްވިފައެވެ. މިރަސްމިއްޔާތުގައި ކައުންސިލުން ވަނީ އިދްރީސް ޤާސިމް އިޖްތިމާޢީ ގޮތުން އައްޑޫއަށް ކޮށްދެއްވާ މިފަދަ މަސައްކަތްތަކަށް ޝުކުރު އަދާކޮށް ހަނދާނީ ލިޔުމެއް އަރުވާފައެވެ.

ހިނަވާގެ ކައުންސިލާ ހަވާލުކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ޑެޕިއުޓީ މޭޔަރ، މުޙައްމަދު ޔަސްރިފް ދެއްކެވި ވާހަކަފުޅުގައި މަރަދޫފޭދޫއަށް އިދްރީސް ޤާސިމް ކޮށްދެއްވި މިއަގުހުރި މުހިއްމު މަސައްކަތަށް ޝުކުރުއަދާކޮށް ތަޢުރީފު ކުރައްވާފައިވެއެވެ. މި ރަސްމިއްޔާތުގައި އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ބައެއް އިސްވެރިން ބައިވެރިވެލެއްވިއެވެ.

ރަނގަޅުފެންވަރަކަށް ތައްޔާރުކުރެވިފައިވާ މިހިނަވާގޭގައި ހިނެވުމުގެ އިތުރުން ކަފުންކުރުމަށް ބޭނުންވާ ތަކެތި އަދި އެކަމަށް ޚާއްސަ ކުރެވިފައިވާ ކޮޓަރިއެއްގެ އިތުރުން މައްޔިތާގެ މޫނުދެއްކުން ބާއްވާނެ ތަނެއް ވަނީ ތައްޔާރުކުރެވިފައެވެ.

މަރަދޫފޭދޫ މި ހިނަވާގެއަކީ އައްޑޫގައި ހުޅުވުނު ދެވަނަ ހިނަވާގެއެވެ. ދެން ހިނަވާގެއް ހުރީ ހިތަދޫ އަވަށު ސަހަރާގައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބީއެމްއެލްއިން ”ގާލްސް އިން އައިސީޓީ” ދުވަހާ ގުޅިގެން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި

އިންޓަރނޭޝަނަލް ގާރލްސް އިން އައިސީޓީ ދުވަހާ ގުޅުވައިގެން، އިންފޮމޭޝަން އަދި ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ދާއިރާގެ މުހިންމު ކަމާއި މި ...

ރައީސްގެ ހިތްވަރާއި، ދެއްކި މިސާލަށް ރައީސް ނަޝީދުގެ ތަޢުރީފް !

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ހިތްވަރާއި ދެއްކެވި ސާބިތުކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ...

ވަކިވަކި ސިފައިން ޢަމަލުކުރި ގޮތް ފޮރުވަން، ސިފައިންގެ ވެރިންނަށް ފުރުޞަތު ނުދެވޭނެ: ނަޝީދު

އެމަނިކުފާނަށް ހަމަލާދިން ވަގުތު ކައިރީގައި ތިއްބެވި ސެކިއުރިޓީ ސިފައިންނަށް ބަސް ނުބުނެވެގޮތަސް ކަންކަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއްކަމަށް ...