އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އެތައް ހާސްބަޔަކު މުޒާހަރާ ކުރާތާ ހަ ދުވަސް ފަހުން، އެ މުޒާހަރާތަކާ ދެކޮޅަށް، އީރާންގެ ސަރުކާރަށް ތާއީދުކުރާ އެތައް ހާސްބަޔަކު އެ ޤައުމުގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފިއެވެ.

އީރާނުގެ ބޮޑެތި ސިޓީތަކާއި އެނޫންވެސް ރަށްތަކުގައި ސަރުކާރުގެ ދިފާޢުގައި ބުދަދުވަހު މުޒާހަރާކުރި މީހުން ބުނެފައިވަނީ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާކުގެ ފަހަތުގައި ތިބީ އީރާނުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރާ ދުޝްމަން ޤައުމުތަކާއި ބޭރު ޤައުމުތަކުގައި ތިބެގެން އީރާނުގެ ވެރިކަމާ ތޮޅެންއުޅޭ ސިޔާސީ ޚިޔާނާތްތެރިން ކަމަށެވެ. އެފަދަ ފަރާތްތަކުގެ މަޤްޞަދު ޙާސިލްވިޔަ ނުދޭނެކަމަށްވެސް އީރާން ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުން ބުނެއެވެ.

މިދިޔަ ބުރާސްފަތި ދުވަހުއްސުރެ އީރާނުގެ އެކި ސަރަހައްދުތަކުގެ މަގުތަކަށް ނިކުމެ އީރާނުގެ ރައްޔިތުންގެ އެތައް ހާސްބަޔަކު މުޒާހަރާ ކުރަމުންދަނީ އިޤްތިޞާދީ ސަބަބުތަކާ ގުޅިގެންނެވެ. މީގެތެރޭގައި ތަކެތީގެ އަގު ބޮޑުވުމާއި، ވަޒީފާ ނެތުންފަދަ މައްސަލަތައް ހިމެނެއެވެ.

މި މުޒާހަރާތަކުގައި މިހާތަނަށް ބާވީސް މީހުން މަރުވެފައިވާއިރު އީރާނުގެ ސަލާމަތީ ބާރުތަކުންވަނީ ހަތަރު ސަތޭކައަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރީކަނެކްޓް ވިތް މޯލްޑިވްސް ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފި

ރާއްޖެއިން ފަތުރުވެރިންނަށް ކުރެވޭ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުމަށް ހާއްސަކޮށްފައިވާ “ރީކަނެކްޓް ވިތް މޯލްޑިވްސް” ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފިއެވެ. ...

އެމެރިކާގެ އިލެކްޓްރޯނިކް އުފެއްދުންތައް ތުރުކީން ބޯއިކެޓުކުރަނީ

އެމެރިކާގައި އުފައްދާ އިލެކްޓްރޯނިކް އުފެއްދުންތައް ބޯއިކޮޓް ކުރަން ތުރުކީން ނިންމައިފިއެވެ. ތުރުކީގެ ރައީސް އުރުދުޣާން ވިދާޅުވި އެމެރިކާއިން އުފައްދާ ...

އެމެރިކާގެ ރައީސްގެ ދަރިކަލުން ހަންޓާ ބައިޑެންއާ ދެކޮޅަށް ހިންގާ ތަހުގީގު ފުޅާކޮށްފި

ބޭރުގެ ފަރާތްތަކާ އެކު ގާނޫނާ ހިލާފަށް ވިޔަފާރި މުއާމަލާތްތައް ހިންގި ކަމަށް ކުރެވޭ ތުހުމަތާއެކު އެމެރިކާގެ ރައީސް ޖޯ ...