advertisement

ކޮވިޑް-19 އިން ދިފާއުވުމަށް އެމެރިކާ އިން ހަދިޔާ ކުރާ 25 މިލިއަން ޑޯޒްގެ ވެކްސިން ހަދިޔާ ކުރާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނިއްޖެއެވެ.

ވެކްސިން ހަދިޔާ ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން އިއުލާން ކުރެއްވި ސިޔާސަތުގެ ދަށުން ވެކްސިން އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ އެންމެ ކުޑަކޮށް ތަރައްގީ ވެފައިވާ ގައުމުތަކާއި ތަރައްގީ ވަމުންދާ ގައުމުތައް ހިމެނެއެވެ.

އެމެރިކާ ސަރުކާރުން ނިންމާފައި ވަނީ 25 މިލިއަން ޑޯޒްގެ ވެކްސިންގެ ތެރެއިން 19 މިލިއަން ޑޯޒްގެ ވެކްސިން އދ.އިސްވެ އޮވެ އުފައްދާފައިވާ ކޮވެކްސް މެދުވެރިކޮށް ގައުމުތަކަށް ހަދިޔާ ކުރާށެވެ. މީގެ ތެރެއިން ހަތް މިލިއަން ޑޯޒްގެ ވެކްސިން އޭޝިއާގެ ގައުމުތަކަށް ހަދިޔާ ކުރަން ވަނީ ނިންމާފައެވެ.

އެހަތްމިލިއަން ޑޯޒް ވެކްސިން ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ އިންޑިއާ، ނޭޕާލް، ބަންގްލަދޭޝް، ޕާކިސްތާން، ސްރީލަންކާ، އަފްޣާނިސްތާން، މެލޭޝިއާ، ފިލިޕީންސް، ވިއެޓްނާމް، އިންޑޮނޭޝިއާ، ތައިލެންޑް، ލާއޮސް، ޕަޕާނިއުގިނީ، ޓައިވާން އަދި ޕެސިފިކް އައިލެންޑްސްއެވެ.

އޭޝިއާގެ ގައުމުތަކުގެ އިތުރުން އެމެރިކާ ބައްރުގެ ގައުމުތަކަށާއި އެފްރިކާ ބައްރުގެ ގައުމުތަކަށް ވެސް ވެކްސިން ހަދިޔާ ކުރަން އެމެރިކާ އިން ވަނީ ނިންމާފައެވެ.

އެމެރިކާ ސަރުކާރުން ބުނާ ގޮތުގައި ވެކްސިން ހަދިޔާ ކުރުމަށް އެމެރިކާ އިން ކުރިއަށް ގެންދާ ހަރަކާތުގެ ދަށުން ފުރަތަމަ ހަދިޔާ ކުރާ 25 މިލިއަން ޑޯޒްގެ އިތުރުން އިތުރު ޑޯޒްތަކުގެ ވެކްސިން ވެސް ކުރިއަށް އޮތްތަނުގައި ވެކްސިން އެންމެ ބޮޑަށް ބޭނުންވާ ގައުމުތަކަށް ހަދިޔާ ކުރަމުން ގެންދާނެއެވެ.

އެމެރިކާގެ ރިޔާސީގަނޑުވަރު ވައިޓްހައުސް އިން ނެރުނު ބަޔާނެއްގައި ބުނީ ވެކްސިން ރައްކާތެރިކަމާއިއެކު ގައުމުތަކަށް ފޯރުކޮށްދިނުމުގެ އިންތިޒާމްތައް މިހާރު ހަމަޖައްސަމުންދާ ކަމަށެވެ. ވެކްސިން ފޮނުވުމުގެ ދަތުރުފަތުރުގެ އިންތިޒާމްތައް ހަމަޖެހެމުންދާ މިންވަރަކުން ވެކްސިން ފޮނުވަމުން ގެންދާނެ ކަމަށް ވައިޓްހައުސް އިން ބުނެއެވެ.

އެމެރިކާ އިން އެހެން ގައުމުތަކަށް ވެކްސިން ހަދިޔާ ކުރަން ނިންމިކަން މިއިއުލާން ކުރީ އެމެރިކާ އިން ފަގީރު ގައުމުތަކަށް ވެކްސިން ހަދިޔާ ނުކުރާތީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އެމެރިކާއިން ދިވެހިރާއްޖެއަށް ވެކްސިން ފޯރުކޮށްދޭނެކަން އިޢުލާނުކުރެއްވުމާ ގުޅިގެން އެޤައުމުގެ ރައީސް ޖޯބައިޑަންއަށާއި އެޤައުމުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޝުކުރު އަދާކުރައްވައިފިއެވެ.

މަސްދަރު: ވަގުތު

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އަންނަ މަހު ގެސްޓް ހައުސްތަކާއި ރިސޯޓުތައް ހުޅުވާލަނީ!

ކޯވިޑް-19 އާއި ގުޅިގެން ރާއްޖެ ފުރަބަންދުކޮށްފައިވާތާ ދުވަސްތަކަަކަށް ފަހު އަންނަ ހޯމަ ދުވަހުން ފެށިގެން ގިނަ ލުއިތަކެއް ދޭން ...

ސަރުކާރަށާ ޕާޓީއަށް ޚިދުމަތް ކުރުމަށް ކުރެވުނު މަސައްކަތްތަކަކީ ބޭކާރު މަސައްކަތްތަކެއް – ޝުކުރީ

ތެދުވެރިކަމާއި އިޚްލާސްތެރިކަމާއެކު ސަރުކާރަށް ޚިދުމަތްކުރުމާއި ޕާޓީއަށް ޚިދުމަތްކުރުމަކީ ގެއްލުން ލިބުނު ބޭކާރު  ކަންތައްތަކެއްކަމަށާ އެކަން ތަޖުރިބާ ކުރެވި އަދި ...

ވެރިކަމުގެ ނިޒާމާ ބެހޭ ގޮތުން ވޯޓެއް ނަގަން ޖެހޭ

ވެރިކަމުގެ ނިޒާމުގެ މައްސަލައިގައި ގޮތެއް ނިންމާނީ ރައްޔިތުންގެ ވޯޓުން ކަމަށާއި ރައްޔިތުން ކޮންމެ ގޮތަކަށް ނިންމެވި ނަމަވެސް، އެގޮތަކަށް ...