އެމެރިކާގެ އެއްވެސް އެހީއެއް ބަލައިނުގަތުމަށް ފަލަސްތީނުގެ މަދަނީ ޖަމާޢަތްތަކުން ނިންމައިފި

ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އިސްރާއީލުން ނިންމި ނިންމުން ބަލައިގަތުމަށާއި އިސްރާއީލުގައިވާ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމުގެ ސަބަބުން އެމެރިކާގެ އެއްވެސް އެހީއެއް ޤަބޫލުނުކުރުމަށް ފަލަސްތީނުގެ މަދަނީ ޖަމްއިއްޔާތަކުން ނިންމައިފިއެވެ.

ފަލަސްތީނުގެ ޗެރިޓީ މުއައްސަސާތަކާއި ޔުނިވަރސިޓީތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ބުނީ އެމެރިކާގެ އެއްވެސް އެހީއެއް ބޭނުން ނުކުރާނެކަމަށާއި، އެމެރިކާއަކީ ފަލަސްތީނަށް ހެޔޮއެދޭ ޤައުމެއްނޫންކަމަށެވެ. ފަލަސްތީނުގެ މުއައްސަސާތަކާއި ޖަމާއަތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔޫއެސް އެއިޑްގެ ފަރާތުން ހުށަހެޅި އެހީތަކަކަށް އެޖަމިއްޔާތަކުން ނޫނެކޭ ބުނެފައިވާކަމަށެވެ.

އެމެރިކާ އިސްރާއިލާ ގުޅިގެން ފަލަސްތީނާ ދެކޮޅަށް ހަނގުރާމަކުރާއިރު ފަލަސްތީނުގެ އެއްވެސް ރައްޔިތަކު އެމެރިކާގެ އެހީއަށް މަރުޙަބާ ނުކިޔާނެކަމަށް، ފަލަސްތީނުގެ މަދަނީ ޖަމިއްޔާތައް ތަމްސީލުކުރާ މަސްއޫލުވެރިއެއްކަމަށްވާ މައުމޫން އަލްޖާސިރު ވިދާޅުވިއެވެ. އަނެއްކޮޅުން ފަލަސްތީނުގެ 8 ޔުނިވަރސިޓީއަކުންވަނީ އެމެރިކާ ސަރުކާރުން އިންތިޒާމުކުރާ ބައްދަލުވުމެއްގައި ބައިވެރިވުމަށް ދެކޮޅު ހަދާފައެވެ.

ފަލަސްތީނުގެ މަދަނީ ޖަމްއިއްޔާތަކުގެ މި ފިޔަވަޅުގެ ސަބަބުން އެމެރިކާގެ ނުފޫޒު މެދުއިރުމަތީގައި ކުޑަވެގެންދާނެކަމަށް މުރާސިލުން ބުނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޣައްޒާގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު 10,000 އަށް އަރައިފި

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގައި ޝަހީދު ...

ދުނިޔެއަށް ބޮޑު ގެއްލުމެއް ލިބިފައިވޭ: އދ

ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯ ކައިރިން ރޯވެ ފެތިފައިވާ އާގުބޯޓުގެ ސަބަބުން ދުނިޔެއަށް ބޮޑު ގެއްލުމެއް ލިބިފައިވާކަމަށް އދން ...

ބަލިމަޑުކަމުގެ ޙާލަތުގައި ހިޖުރަކުރަން މަޖުބޫރުވި މީހުންގެ ޢަދަދު އިތުރުވެއްޖެ

ދުނިޔޭގައި ނުރައްކާތެރި ބަލިމަޑުކަމެއް ފެތުރެމުންދާ ދުވަސްވަރެއްގައި ގެދޮރު ދޫކޮށް އެހެން ސަރަޙައްދުތަކަށް ހިޖުރަކުރުމަށް މަޖުބޫރުވެފައިވާ މީހުންގެ ޢަދަދު އިތުރުވެފައިވާކަމަށް ...