އެމްއެންޑީއެފްގެ ސްކްރީންގައި ފަލަސްތީނުގެ ދިދަ

advertisement

އެމްއެންޑީއެފް ގެ ހެޑްކްއާޓަރ، ބަންޑާރަކޮށީގައި ހުންނަ ބޮޑު ސްރީންގައި ފަލަސްތީންގެ ބޮޑު ދިދަ އަޅުވައިފިއެވެ.

އެމްއެންޑީއެފުގެ ބޮޑު ސްކްރީންގައި ފަލަސްތީނުގެ ދިދަ ދިއްލީ، ސީދާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމުގެ މަތިންނެވެ. ބޭނުމަކީ ފަލަސްތީނުގެ ރައްޔިތުންނާ އެކު ދިވެހިން ތިބިކަން އެންގުމަށް މިއަދު މާލެ އާއި ގިނަ ރަށްތަކެއްގައި ކުރިއަށް ގެންދިޔަ ހަރަކާތުގައި ބައިވެރިވެ، އިސްރާއީލުން ފަލަސްތީނަށް ދެމުން ގެންދާ ހަމަލާތައް ކުއްވެރިކޮށް، ދިވެހިން ތިބީ ފަލަސްތީނާއި އެކުގައިކަން ހާމަކުރުމުގެ ބޭނުމުގައެވެ.

ފަލަސްތީންއާއެކު ދިވެހިން ތިބިކަން ހާމަކުރުމަށް “ފަލަސްތީނާއެކު ދިވެހިން” ގެ ނަމުގައި މިއަދު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ. މިއިވެންޓަށް ދިވެހި ރައްޔިތުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އެކަން ދިވެހިންގެ މީސް މީޑިއާ އެކައުންތަކުން ވަނީ ފެނިގެން ގޮސްފައެވެ

. ފަލަސްތީނުގެ ދިދައާއެކު އަދި އިޒްރޭލް ކުށްވެރިކޮށް ތަފާތު ޕޯސްޓަރުތަކާއެކު ދިވެހިން ނަގާފައިވާ ފޮޓޯތައް މީސް މީޑިއާގައި ޙިއްސާކުރަމުން ފަލަސްތީނު މިނިވަން ކުރުމަށް ދިވެހިން ދަނީ ހަރު އަޑުން ގޮވަމުންނެވެ.

އިސްރާއީލުން ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުން ދާއިރު ދުނިޔޭގެ ގިނަ ގައުމުތަކުން ގެންދަނީ އިސްރާއީލްގެ އަމަލުތައް ކުށްވެރި ކުރަމުންނެވެ.

ފަލަސްތީނުގެ ބިންތަކަށް ވެރިވެގަންނަށް އިޒްރާއީލުން ކުރަމުންދާ މަސައްކަތުގައި ފަލަސްތީނުގެ މައުސޫމު އެތައް ކުޑަކުދިންނާއި އަންހެނުންނެއް ޝަހީދުކޮށް، މުސްލިމުންގެ މުގައްދަސް އަގްސާ މިސްކިތައް ވެސް ވަނީ ހަމަލާ ދީފައެވެ.

ޚަބަރާއިގުޅޭ ފޮޓޯ: މިހާރު

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބަރުލަމާނީ ބަހުސް ފިއްތުމަށް ޕާޓީގެ އެއްވެސް ގުނަވަނެއް ނާޖާއިޒު ކޮށްގެންނުވާނެ: ނަޝީދު

ޢިލްމީ ބަހުސާއި, ފަލްސާފާއާއި, ޚިޔާލަށް މި ޕާޓީން ފުރިހަމައަށް ޖާގަދޭން ޖެހޭނެކަމަށާއި, އެ ކަންކަން ހުއްޓުވުމަށް ޕާޓީގެ ގުނަވަނެއް ...

ވާޑީގެ ހެޓްރިކާ އެކު ލެސްޓާ އިން ސިޓީ ބޮޑުތަފާތަކުން ބަލިކޮށްފި

އިގިރޭސި ޕްރިމިއާލީގުގައި ރޭ 5 – 2  ގެ ބޮޑު ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިވެއްޖެވެ. ގަބޫލް ކުރަން ...

އައްޑޫގެ ކާފިއު އިތުރު ހަފްތާއަކަށް ދަންމާލައިފި

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ހަލުވިކަމާއެކު ކޮވިޑް19 ފެތުރެމުން އަންނާތީ އެ ރަށްތައް ބަންދު ކޮށްފައިވާ މުއްދަތު އިތުރުކޮށްފިއެވެ. ...