ވެރިކަމަށް އަންނަން އައްޑޫ، ވެރިކަން ވެއްޓުމުން އައްޑޫގައި ޖެހީ ހުޅު!

އިދިކޮޅު އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ތައްޔާރުވުމަށް މެނިފެސްޓޯ އެކުލަވާލާއިރު އެކަމަށް ޚާއްސަ އޮފީސް ހުންނާނީ އައްޑޫގައި ކަމަށް މިވަނީ ހާމަކޮށްފައެވެ. ވެރިކަމަށް އަންނަން އައްޑޫ ރައްޔިތުންގެ ވޯޓުގެ މުހިއްމުކަން އެނގި އެ ރައްޔިތުން ބޮލަށް ޗިޕު ޖަހާނެ މޮޅު ގޮތެއް ހޯދީއެވެ.

އައްޑޫ ތަރައްޤީ ކުރުމަށް ރިޔާސީ މެނިފެސްޓޯއެއްގައި ހިމަނަން ވަކި  އޮފީހެއް ހަދަން ޖެހޭ ހެއްޔެވެ؟ ޖަވާބަކީ އެފަދަ އޮފީހެއް ހަދާކަށް ނުޖެހެއެވެ. އެކަން ކުރަންޏާ ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެން އެކަން ކުރަންވީއެވެ. ކަންދެއްކުމުގެ އުސޫލުން ހުރިހާ ކަމެއް ކުރުމަކީ ރައްޔިތުންނަށް ކަމެއް ފޮރުވާލަން އުޅޭ ކަމުގެ ހެއްކެކެވެ.

އެމްޑީޕީން ވެރިކަމަށް އަންނަން ވެގެން 2008 ވަނަ އަހަރު ވެސް ގޮވަމުން ދިޔައީ އައްޑޫ އައްޑޫ އައްޑޫ އެވެ. އެހެނަސް ކެނެރީގޭ ނަޝީދަށް ވެރިކަން ކުރަން ނޭނގުމުން އެމްޑީޕީގެ ވެރިކަން ވެއްޓުމާއި އެކު ކަންތައް ކުރިގޮތް އައްޑޫ ރައްޔިތުންނަކަށް ނޯޅޭނެއެވެ.

އައްޑޫގައި ހުރި ދައުލަތުގެ މުއައްސަސާތަކުގައި ހުޅުޖަހައި އަންދާލީއެވެ. އުމްރާނީ ގޮތުން އައްޑޫގެ ތަރައްޤީ އެތައް އަހަރެއް ފަހަތަށް ޖައްސާލިއެވެ. ޕޮލިސް ސްޓޭޝަންތަކާއި ކޯޓުތައް އަންދާލި އިރު އެތައް ބައެއްގެ މުހިއްމު ލިޔެކިޔުންތައް ގެއްލިގެން ދިޔައެވެ.

އެދުވަހު އައްޑޫގައި ތިބި އެމްޑީޕީ މެންބަރުން އެކަން ކުރީ ސީދާ ކެނެރީގޭ މުހައްމަދު ނަޝީދުގެ އޯޑަރަށެވެ. އެފަދަ އޯޑާރެއް ދެން ނަޝީދު ކުރިއަސް އައްޑޫގައި ތަންފީޒު ކުރުމުގެ ފުރުސަތެއް އައްޑޫގެ ރައްޔިތުން ނުދޭނެއެވެ. އެމީހުން ތިބީ ނަޝީދުގެ ފަނާކުރަނިވި 3 އަހަރު ލިބުނު ފިލާވަޅުތަކުން ޢިބްރަތް ހާސިލްކޮށްގެންނެވެ.

ވެރިކަމަށް އަންނަން މެނިފެސްޓޯ ހަދަންށޭ ކިޔާފައި ނަޝީދުގެ މަދަދުވެރިން އައްޑޫއަށް އަންނާނެ ކަމެއް ނެތެވެ. ވެރިކަން ނުލިބިއްޖެ ނަމަ އަނެއްކާ ވެސް ނަޝީދު އޯޑަރު ކުރާނީ އައްޑޫގައި ހުޅުޖަހަން ކަން އައްޑޫ ރައްޔިތުން ދަނެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

“ޤައުމާ މަގެ ދީނާ ނުކުޅެއްޗޭ” ޝިއާރުގެ ދަށުން އައްޑޫސިޓީގައި ބޮޑު ހަރަކާތެއް ބާއްވަނީ

01 ފެބްރުއަރީ 2018ގައި ޤައުމަށް ދިމާވި ކަންކަން ހަމަޔަކަށް އެޅުމަށްފަހު އެކަން ކަމުގެ އުފާ ފާޅުކުރުމުގެ ގޮތުންނާއި، ދިވެހިންގެ ...

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރުމުގެ ބިލް ތަސްދީގުކޮށްފި

އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހުން ފާސް ކުރި ...

ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ 85 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މާލެއާއި އަތޮޅުތަކުގައި، ޤާއިމްކޮށްފައި ހުރި ފުލުހުންގެ މަރުކަޒުތަކުގައި ދިދަ ...