ވޭރިއެންޓް ދެނެގަތުމަށް ސާމްޕަލް ފޮނުވީ ވައިގެ މަގުން: މަބްރޫކް

advertisement

ރާއްޖޭގައި މިހާރު ފެތުރެމުންދަނީ ކޮވިޑް19 ގެ ކޮން ވޭރިއެންޓެއްތޯ ޓެސްޓު ކުރުމަށް ސާމްޕަލްތައް ފޮނުވީ ވައިގެމަގުން ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކޮށްފިއެވެ .

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު މިކަން މިގޮތައް ހާމަކޮށްފައިވަނީ އެސެންޓަރުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް ޢަޒީޒްއެވެ.

ރާއްޖޭގައި މި ދުވަސްވަރު ފެތުރޭ ކޮވިޑްގެ ބާވަތަކީ ވަރަށް އަވަހަށް ފެތުރޭ އަދި އެކަކު ގައިން އަނެކަކު ގަޔަށް ބަލި ވާސިލްކުރާ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ވައިރަހަކަށްވާތީ އާއި އަދި މިވައިރަސް ޖެހޭ ކޮންމެ މީހަކު ވަރަށްބޮޑަށް ބަލިވާކަމަށް ފާހަގަކުރެވިފައިވާތީ ، މިއީ އަވައްޓެރި ޤައުމުތަކުގައި ފެތުރެމުންދާ ފަދަ ވޭރިއެންޓެއްތޯ ބެލުމަށް ރާއްޖޭން ބޭރަށް ސާމްޕަލް ފޮނުވިތާ މިހާރުވަރަށް ގިނަ ދުވަސް މިވަނީ ވެފައެވެ.

މިކަމާއި ގުޅޭގޮތުން ނޫސްވެރިޔާ ކުރެއްވި ސުވާލުގައި، ސާމްޕަލްތަކުގެ ނަތީޖާ ލިބުން ލަސްވަނީ އެ ސާމްޕަލްތައް ފޮނުވީ ކަނޑުމަގުން ކަނޑު ބޯޓެއްގައިތޯ ސުވާލު ކޮށްފައިވެއެވެ.

ޖަވާބުގައި މަބްރޫކް ވިދާޅުވީ ސާމްޕަލް ފޮނުވާފައިވާނީ ކަނޑު މަގަކުން ނޫން ކަމަށާއި ސާމްޕަލް ފޮނުވާނީ ވައިގެމަގުން ކަމަށް މަބްރޫކު ވިދާޅުވިއެވެ. އަދި ކަނޑުމަގުން ސާމްޕަލް ފޮނުވުމަކީ ކުރާ ކަމެއް ނޫންކަން ނޫސްވެރިޔާއަށް އެގިލައްވާނެ ކަމަށް ވެސް މަބްރޫކު ވިދާޅުވިއެވެ.

ނޫސްވެރިޔާ މިފަދައިން ސުވާލު ކޮށްފައިވާއިރު، އެ ސާމްޕަލްތަކުގެ ނަތީޖާ ނުލިބި ގިނަ ދުވަސްތަކެއްވެފައިވާތީ، މީގެ ކުރިންވެސް މި ސުވާލު ކުރުމުން އެޗްއޯއީސީން ހާމަކޮށްފައިވަނީ ސާމްޕަލްތައް މިހާރު ލެބޯޓްރީތަކާއި ހަމައަށް ފޯރާފައިވާ ކަމަށެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނެޓްބޯޅަ : ފައިނަލްގެ ދެ ވަނަ ޖާގަ ހުޅުދޫ ޔޫތު ކަށަވަރުކޮށްފި

މިހާރު މީދޫގައި ކުރިއަށްދާ އެމްއީސީ ބަދަހިކަޕް  ނެޓްބޯލް މުބާރާތުގެ ފައިނަލްގެ ދެ ވަނަ ޖާގަ ހުޅުދޫ ޔޫތު ކަށަވަރު ...

އިތުރު 11 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

އިތުރު 11 މީހަކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ. މި 11 މީހުންގެ ތެރޭގައި ހިމެނެނީ 8 ދިވެހިންނާއި ބަންގްލަދޭޝްގެ ...

ހިތަދޫ ގޮނޑުދޮށުގެ ރިވެޓްމަންޓް ޖެހުމުގެ 53 އިންސައްތަ ނިމިއްޖެ

. ހިތަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ...