އާސެނަލް އަށް ކުޅެމުން އަންނަ ތިއޯ ވޮލްކޮޓް ހޯދުމަށް އެވަޓަން އިން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރިޕޯޓްތައް ބުނާގޮތުން ސައުތްހެމްޕްޓަން އިން 2006 ވަނަ އަހަރު ހަ މިލިއަން ޕައުންޑަށް އާސެނަލް އަށް ބަދަލުވި ވޮލްކޮޓް ހޯދުމަށް އެވަޓަން އިން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެގޮތުން އެ ކްލަބުން ވަނީ ވޮލްކޮޓް ހޯދުމަށް އާސެނަލް ބިޑެއް ހުށަހަޅާފައިކަމަށްވެސް ރިޕޯޓްތައް އަންނަނީ ބުނަމުންނެވެ. އެހެންނަމަވެސް މިކަމާ ގުޅޭގޮތުން ވޮލްކޮޓް އެއްވެސް އެއްޗެއް އަދި ނުބުނެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނީ އޭނާ އުންމީދުކުރަނީ އެއްބަސްވުން ހަމަވަންދެން ވޮލްކޮޓް އާސެނަލްގައި މަޑުކުރަން ކަމަށާއި، އެހެންނަމަވެސް ކުޅެން ލިބޭ ވަގުތު ޔަގީންކޮށްނުދެވޭނެ ކަމަށެވެ.

އާސެނަލްއާއެކު ވޮލްކޮޓް ހަދާފައިވާ އެއްބަސްވުމުގައި ބާކީ 18 މަސް އޮތްއިރު، އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި ސްޕެއިން އަދި ޖަރުމަންގެ ކްލަބްތައްވެސް ހިމެނެއެވެ.

ރިޕޯޓްތައް ބުނާގޮތުން އާސެނަލްގެ ފުރަތަމަ އެގާރައިން ފުރުސަތު ނުލިބޭތީ ވޮލްކޮޓް ހުރީ ހިތްހަމަނުޖެހިފައެވެ. އެގޮތުން މި އަހަރު ރަޝިއާގައި ބާއްވާ ވޯލްޑްކަޕުގައި އިންގްލޭންޑް ޓީމުން ފުރުސަތު ހޯދަން ބޭނުންވެފައިހުރި ވޮލްކޮޓް ބޭނުންވަނީ ފުރަތަމަ އެގާރައިން ފުރުސަތު ލިބޭ ކްލަބަކަށް ބަދަލުވުމަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އުމުރުން 28 އަހަރުގެ ވޮލްކޮޓް ވަނީ އާސެނަލްގައި ހޭދަކުރި 13 ސީޒަނުގައި އެޓީމަށް ކުޅުނު 395 މެޗުގައި 108 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ ވަނީ އެ ކްލަބާއެކު އެފްއޭކަޕް ދެފަހަރު އަދި އެފްއޭ ކޮމިއުނިޓީ ޝިލްޑް ދެފަހަރު ކާމިޔާބުކޮށްފައެވެ.

ވޮލްކޮޓް ވަނީ އިންގްލޭންޑް ގައުމީ ޓީމަށް ކުޅުނު 47 މެޗުގައި 8 ލަނޑު ކާމިޔާބުކޮށްފައެވެ. އޭނާ މިދިޔަ އަހަރު ގައުމީ ޓީމަށް އެންމެ މެޗެއްވެސް ކުޅެފައެއް ނުވެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ފުނަދޫގައި ތެޔޮ ރައްކާކުރުން ހުއްޓާލާ ބިޒްނަސް ހޮޓަލަކަށް ބަދަލުކުރާނަން: ރައީސް

މާލޭ ކައިރީގައި އޮތް ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ތާނގިތައް އެހެން ތަނަކަށް ބަދަލުކޮށް ވިޔަފާރިއާއި ޒަމާނީ ހޮޓަލަކާއެކު ...

ދެބެއިން ސީ ލައިސަންސް ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފި

މީދޫގެ ދެފަރާތަކުން ފުރަތަމަ ފަހަރަށް ފުޓްބޯޅަ ކޯޗިންގެ ސީލައިސަން ކޯސް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފިއެވެ. ކުރީގެ މަޝްހޫރު ފުޓްބޯޅަ ...

މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންނަށް އަނިޔާވެރިވާކަށް ނޫން – ރޮޒެއިނާ

މާލޭ ސިޓީކައުންސިލް އުފެއްދީ ނިކަމެތި އަންހެނުންތަކަކަށް އަނިޔާވެރިވާން ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ...