މާޅޮހުގެ އުއްމީދީ ކީޕަރު އިބޫ ވެލެންސިއާ އަށް

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި މިނިވަން ޗެމްޕިއަންޝިޕުގައި އއ. މާޅޮހުގެ ގޯލް ބެލެހެއްޓި އުއްމީދީ ކީޕަރު އިބްރާހީމް ޒަމީރު (އިބޫ) ވެލެންސިއާއާ ގުޅިއްޖެ އެވެ.

ވީސްޕޯޓްސްއަށް އެނގިފައިވާ ގޮތުގައި އިބޫ ވެލެންސިއާއަށް ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އިބޫ ވަނީ ވޭތުވެދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ވަކިން ހާއްސަކޮށް މާޅޮސް ނެރުނު ރަނގަޅު ނަތީޖާތަކުގައި ކީޕަރު އިބޫގެ ދައުރު ވަރަށްވެސް ބޮޑެވެ.

މިދިޔަ އަހަރު ކުލަބު ވެލެންސިއާ ދަށް ހާލަތެއްގަ އޮތް ނަމަވެސް މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެޓީމުގެ ކޯޗަކަށް ސޮބާހު މުހައްމަދު (ސޮބާ) ހަމަޖައްސާފައިވާ އިރު އަންސަރު އިބުރާހީމް (އަންކޮ) އާއި، ވެލެންސިއާގެ ކުރީގެ ކެޕްޓަން މުހައްމަދު އިމްރާނާއި، ވޭތުވެދިޔަ ސީޒަންގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުނު މުހައްމަދު ކަރަމް އަދި ކްލަބު ގްރީން ސްޓްރީޓްސްއަށް ކުޅުނު ޒުވާން ކުޅުންތެރިޔާ އިބްރާހިމް ހަސީބު ވެސް ވަނީ ވެލެންސިޔާއާއި ގުޅިފަ އެވެ.

ވެލެންސިޔާ އިތުތަރަށް ވަރުގަދަކުރުމުގެ ގޮތުން އެ ޓީމަށް މި ސީޒަނުގައި ކުޅުމަށް އޭޝިއާގެ ކީޕަރަކާއި ބިދޭސީ ޑިފެންޑަރަކާއި ފޯވާޑެއް އަދި މިޑްފީލްޑަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުލަބުން ބުނެ އެވެ.

މީގެއިތުރުން ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ޝިފާން (ކުޑައްޓޭ) ވެސް ވަނީ މިއަހަރުގެ ސީޒަނުގައި ވެލެންސީއަށް ކުޅެން ސޮއި ކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލަންކާ ބަލިކޮށް ރާއްޖެ ފައިނަލުގެ އުންމީދު ބޮޑުކޮށްފި

މެޗްގެ 6 ވަނަ މިނިޓްގައި ހައިޝަމް ނަގައިދިން ހުރަހެއްގައި ފޮނުވާލި ބޯޅަ  ބޮލުން ޖަހައި ގޯލުގެ ތެރެއަށް ފޮނުވާލައިގެން ...

އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްވުރެ އިސްކަންދޭން ޖެހޭނީ ޕާޓީތަކުން ވާދަކުރާ ކެނޑިޑޭޓުންނަށް ވޯޓްދިނުން- ފަޔާޒް

އަމިއްލަ ގޮތުން ވާދަކުރާ ކެންޑިޑޭޓުންނަށް ވޯޓު ދިނުމަށްވުރެ އިސްކަންދޭން ޖެހޭނީ ޕާޓީތަކުން ވާދަކުރާ ކެނޑިޑޭޓުންނަށް ވޯޓްދިނުންކަމަށް  އިލެކްޝަން ކޮމިޝަންގެ ...

ހިތަދޫޓީމް ފައިނަލް ބުރުގެ މެޗްތައް ކުޅެންޖެހެނީ ފ. ނިލަންދޫގައި

މިނިވަން ޗެމްޕިއަންޝިޕުގެ އައްޑޫ ޗެމްޕިއަން އަދި   ޒޯން 8 ގެ ޗެމްޕިއަން އައްޑޫސިޓީ ހިތަދޫ ޓީމް ޒޯން ޗެމްޕިއަނުންގެ ...