މާލެ ސަރަހައްދުގެ ރެސްޓޯރެންޓްތައް ހަފްތާއަކަށް ބަންދު ކޮށްފި

advertisement

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި އިންތިހާއަށް ގިނަ ވުމާ ގުޅިގެން މާލޭ ސަރަހައްދުގެ ރެސްޓޯރެންޓްތައް ބަންދުކުރަން އަންގައިފިއެވެ.

ކޮވިޑާއި ގުޅިގެން މިއަދު އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އަޅަން ނިންމާފައިވާ ހަރުކަށި ފިޔަވަޅުތައް އިއުލާނުކޮށްފައެވެ.

އެގޮތުން ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އެތެރޭގެ ތިބެގެން ކެއުން ބުއިމުގެ ހިދުމަތް ދިނުން ހުއްޓާލަން އަންގާފައި ވެއެވެ. އަދި ބަދަލުގައި ޑެލިވަރީ ޓޭކްއަވޭ ހިދުމަތް ދިނުމަށް އަންގާފައި ވެއެވެ.

އެޗްޕީއޭގެ އެންގުމުގައި ވާގޮތުން ޕޮލިސް ޕާރމިޓްއާއެކު މެންދަމު 12:00 ޖެހުމާ ހަމައަށް ޑެލިވަރީ ހިދުމަތް ދިނުމަށް ފުރުސަތު ދޭނެއެެވެ. އަދި މި ގައިޑްލަންއާ ހިލާފުވާ ވިޔަފާރިތައް 24 ގަޑިިއިރަށް ބަންދު ކުރަން އަންގާފައި ވެއެވެ.

ކޮވިޑް-19ގެ ކޭސްތައް ރާއްޖޭގައި ގިނަވުމާއެކު އަޅާފައިވާ ފިޔަވަޅުތަކާއެކު ކެފޭ ރެސްޓޯރެންޓުތައް މިހާރު ވެސް ހުޅުވާފައި ބެހެއްޓެނީ ހަވީރު 5:30 އިން ރޭގަނޑު 09:00އަށެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަހުލޫފުގެ ސަސްޕެންޝަން އުވާލަައިފި

ހަތަރުމަސް ވީއިރުވެސް މަހުލޫފުގެ ދައުވާއާމެދު ގޮތެއް ނުނިންމުމުން މަހުލޫފުގެ ސަސްޕެންޝަން އުވާލައިފިއެވެ. އެހެންނަމަވެސް، މަހުލުފުގެ ސަސްޕެންޝަން އުވާލުމާ ގުޅޭގޮތުން ...

މީދޫ – މަރަދޫފޭދޫ – އެކުވެރިކަމުގެ ވޮލީމެޗް މީދޫ ކާމިޔާބުކޮށްފި

މަރަދޫފޭދޫ ވޮލީޓީމަކާއި، މީދޫ ޒުވާނުންގެ ވޮލީޓީމަކާއި، ދެމެދު ކުޅުނު އެކުވެރިކަމުގެ ވޮލީމެޗް މީދޫޓީމް ކާމިޔާބު ކޮށްފިއެވެ. މިއަދު ހަވީރު ...

އަލިފާނުގެ ހާދިސާ އަކީ ޓެރެރިޒަމްގެ އަމަލަކަށް ވުން ގާތް: އަނދުން ހުސައިން

މިރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ އަކީ އިންޑިއާ މެދު ނަފްރަތު އުފައްދަން ހިންގި ޓެރެރިޒަމްގެ އަމަލެއް ކަމަށް ...