މާލޭގައި ހިގި ރޭޕްގެ މައްސަލަ : ނުފެންނަކަމަށް ހެދުމަކީ ހައްލެއްނޫން – ރޮޒޭނާ

މިދިޔަ ހުކުރު ދުވަހުގެރޭ މާލޭ މަގުމަތިން އަންހެނަކު ޖަހައިގަނެ އޭނާ ގަދަކަމުން ގެއަކަށް ވައްދައި ރޭޕްކުރަން އުޅުނުއިރު އެސަރަހައްދުގައި ބަޔަކު ބަލަހައްޓައިގެން އެއްވެސް ކަމެއްނުކޮށް ތިބިކަމަށާ އެގޮތައް ތިބިބަޔަކު އޮގޮތައް ތިބުމަކީ އެފަދަ ކަންކަން ހުއްޓުވުމަށް އޮތް ހައްލެއް ނޫންކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިހެން ވިދާޅުވީ މިހާދިސާއާއި ގުޅިގެން އެކަމަނާ ކުރެއްވި ޓުވިޓެއްގައެވެ

 މިކަން ހިގިއިރު ބަޔަކު ހަމަ ބަލަހައްޓައިގެން ތިބިކަން މީ އަޅުގަޑުގަޑުމެން މިދިއުޅޭ މުޖުތަމައު އާއި ދޭތެރޭ އިންތިހާއަށް” ކަންބޮޑުވެ ވިސްނާން ވެއްޖެކަމެއް . މީހުންނަށް އަޅާލުމާ އަނިޔާއާއި ދެކޮޅަށް ތެދުވެ ބަސްބުނުމުގެ ބަދަލުގައި ނުފެންނަކަމަށް ހެދުމަކީ ހައްލެއްނޫން ” ރޮޒެއިނާގެ ޓުވިޓުގައި ރޮޒޭނާ ވިދާޅުވެފައިވެއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ 8:20 ހާއިރު ލެމަން ގްރާސް ރެސްޓޯރެންޓް ހުންނަ މަގުގައި ހިނގައިދިޔަ އެ ހާދިސާއާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެނިގެން ދަނީ ފިރިހެނަކު އެ އަންހެން މީހާ އަތުގައި ހިފާ ދަމާފައި ގެންދަން މަސައްކަތް ކުރާ މަންޒަރެވެ. އެ ވަގުތު އެ އަންހެން މީހާ ގަދަ ދައްކަމުން ދެއެވެ. އަދި އެ މީހުންގެ ފަހަތުން އިތުރު މީހަކު ހިނގާފައި ދާ މަންޒަރު ފެނެއެވެ. އަދި ފަހުން ފަހަތުން އައިމީހާ ވެސް އެކަމުގައި ބައިވެރިވާ މަންޒަރު ވީޑިއޯއިން ފެނެއެވެ

އެ ހާދިސާ ހިނގި ވަގުތު އެ ރެސްޓޯރެންޓް ޖެހިގެން ހުންނަ އީދު މިސްކިތު ބޭރުގައި ބަޔަކު ސަފު ހަދައިގެން ނަމާދަށް ތިބެއެވެ. އެ އަންހެން މީހާ ސަލާމަތް ކުރީ ނަމާދަށް އޭރުގައި ތިބި ބަޔަކު ނަމާދު ނިންމާފައި ގޮސްކަމަށްވެއެވެ.

މި މައްސަލައިގައި، މާރާމާރީ އާއި މީހަކު ވަގަށް ނެގުމާއި ރޭޕް ކުރުމުގެ ތުހުމަތުގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ ހދ. ނޭކުރަންދޫ، ވިނަރެސް، އާދަމް ވިޝާން، 18، އާއި ހދ. ވައިކަރަދޫ، މިލާފަރު، އަލީ ރަޝީދު، 23، އެވެ. އެނގިފައިވާ ގޮތުގައި އަލީ ރަޝީދާއި ވިޝާނަކީ ކުށްކުރުމުގެ މާހައުލަކުން ބޮޑުވެފައިވާ އާއިލީ ގުޅުން އޮންނަ ދެ މީހުންނެވެ. ވައްކަމުގެ ގިނަ މައްސަލަތަކެއްގައި އެ ދެ މީހުން ބައިވެރިވެފައިވާކަން އެނގިފައިވެއެވެ. މިދެމީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް މިއަދު ޖަހައި ދީފައެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސް ނަޝީދު ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދެވޭނެ: މަޖިލިސް

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރުމަށް އެ މަޖިލިހަށް ހުށަހެޅި ގަރާރެއް ލިބިފައިވާ ކަމަށް މަޖިލީހުން ...

ފޮޓޯއިން ޚަބަރު:   އަތޮޅުމަދަރުސާގައި  ފެންބޮޑުވުން

މަތީގައި ފޮޓޯއާއި ތިރީގައިވާ ފޮޓޯއިން ފެނިވަޑައިގަންނަވަނީ ރޭ އިން ފެށިގެން މިއަދު ހެނދުނާއި ހަމައަށް  މެދު ނުކެޑި މީދޫއާއި ...

ނައިބު ރައީސް ފައިސަލް ނަސީމް ހުޅުމީދުއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމުހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ހުޅުމީދުއަށް ޒިޔާރަތްކުރައްވައިފިއެވެ. ނައިބު ރައީސް  ފައިސަލް ނަސީމް ހުޅުމީދުއަށް ވަޑައިގަތުމަށްފަހު ވަޑައިގެންނެވީ ހުޅުމީދޫ ...