މިސް ޔުނިވާސްގެ މަގާމު މެކްސިކޯގެ ރީތީގެ ރާނީއަށް

advertisement

މިސް ޔުނިވާސްގެ މަގާމު މެކްސިކޯގެ ރީތީގެ ރާނީ އެންޑްރިއާ މީޒާ  ކާމިޔާބު ކޮށްފިއެވެ.

އުމުރުން 26 އަހަރުގެ އެންޑްރިއާ މީޒާ  މިސް ޔުނިވާސްގެ މަގާމު ހޯދާފައިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކުން މިމުބާރާތުގައި ބައިވެރިވި 70 ގައުމަށް ވުރެ ގިނަ ގައުމު ރީތީގެ ރާނީންނާއި ވާދަކޮށްގެންނެވެ.

ކޯވިޑް 19 ގެ ސަބަބުން މިދިޔަ އަހަރުގެ މިސް ޔުނިވާސް ވަނީ ކެންސަލް ކޮށްފައެވެ. މިއަހަރުގެ މިސް ޔުނިވާސްގެ މަގާމު މީޒާ ކާމިޔާބު ކުރުމުން އޭނާގެ ބޮލުގައި މިސް ޔުނިވާސްގެ ތާޖު އަޅުވައިދިނީ، 2019 ވަނަ އަހަރު މިސް ޔުނިވާސްގެ މަގާމު ހޯދި، ދެކުނު އެފްރިކާގެ ޒޮޒިބީނީ ތުންޒީ އެވެ.

މި އަހަރުގެ މިސް ޔުނިވާސްގެ ދެވަނަ އަށް ދިޔައީ ބްރެޒިލްގެ ރީތީނެ ރާނީ ޖޫލިއާ ގާމާ އެވެ. ތިން ވަނަ ލިބުނީ ޕެރޫގެ ރީތީގެ ރާނީ ޖެނިކް މެސީޓާ އެވެ.

މިފަހަރު މިސް ޔުނިވާސްގެ މަގާމު ލިބުނު މީޒާ އަކީ މިސް ޔުނިވާސްގެ މަގާމު ލިބުނު މެކްސިކޯގެ ތިން ވަނަ އަންހެނާ އެވެ.

މިސް ޔުނިވާސް އަކީ 1952 އިން ފެށިގެން ބާއްވަމުން އަންނަ ދުނިޔޭގެ ދެވަނަ އަށް އެންމެ ބޮޑު ރީތީގެ މުބާރާތެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ލޮކްޑައުން ނެތް ރަށްރަށުގެ މިސްކިތްތަކުގައި މާދަމާއިން ފެށިގެން ނަމާދު ކުރެވޭގޮތައް ހަމަޖައްސަވައިފި

މާދަމާގެ ހުކުރު ނަމާދުން ފެށިގެން ލޮކްޑައުން ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދީފިއެވެ. މިހާރު ކުރިޔަށްދާ ...

ފިކުރަކީ ޖަލަށް ލެވޭނެ އަދި މަރާލެވޭނެ އެއްޗެެއް ނޫން -އަދީބު

ފިކުރަކީ ޖަލަށް ލެވޭނެ އަދި މަރާލެވޭނެ އެއްޗެެއް ނޫން ކަމަށް ކުރީގެ ނާއިބް ރައީސް އަހުމަދު އަދީބު ވިދާޅުވެއްޖެވެ. ...

37 ދުވަސް ފަހުން ހުޅުމީދޫ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަދީފި

މިއަދު އަސްރުނަމާދު  ފެށިގެން ހުޅުމީދޫގެ މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރަން ފަށައިފިއެވެ. ކޮވިޑް 19 އާއި ގުޅިގެން އެޗްޕީއޭއިން ...