މީދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި

advertisement

އައްޑޫ ސިޓީ މީދޫ ބަނދަރު ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ނިންމާލައިފި އެވެ.

އެމްޓީސީސީން ބުނީ އެ ބަނދަރުގެ އަމަލީ މަސައްކަތް މި ހަފްތާގެ ހޯމަ ދުވަހު ނިންމާލާފައި ވާކަމަށެވެ.

މި މަޝްރޫޢުގެ ދަށުން މީދޫ ބަނދަރު ފުންކުރުމާއި، ބަނދަރުގެ ނެރު ފުންކުރުމާއި، 621 މީޓަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ވަނީ ކޮށްފައެވެ. އަދި އެއްގަމު ތޮށި ވަށައިގެން 3125 އަކަމީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، ބާޖާއި އުފުލި ފަދަ އުޅަނދުފަހަރަށް ފަސޭހައިން ބަނދަރާއި ކައިރިކުރެވޭނޭހެން ރޭމްޕެއް ހަދާފައިވެއެވެ. މީގެ އިތުރުން ނެރުބައްތި ހަރުކުރުމާއި، ބަނދަރު ސަރަޙައްދުގައި ބައްތި ހަރުކުރުމުގެ އިތުރުން، ބަނދަރުގައި މޫރިންގ ހުކްސް ހަރުކުރުމާއި، ބޮލާޑް ހަރުކުރުމުގެ މަސައްކަތްވެސް އެމްޓީސީސީން ވަނީ ކޮށްފައެވެ.

އެހެންކަމުން މި ބަނދަރަކީ ރާއްޖޭގައި އާންމުކޮށް ތަރައްގީކުރަމުން އަންނަ ބަނދަރުތަކުގެ ޑިޒައިނާއި ތަފާތު ހިތްގައިމު ބަނދަރެއް ކަމަށް އެކުންފުނިން ބުނެއެވެ. އަދި ބަނދަރު ޑިޒައިން ކޮށްފައިވަނީ މީގެ ކުރިން އެރަށަށް ދިމާވި، ބޮޑުދިޔައިގައި ރަށަށް ރާޅުއެރުމުގެ މައްސަލަ ދިމާނުވާނެ ގޮތަށް އުސްކޮށްކަން އެމްޓީސީސީން ވަނީ ފާހަގަކޮށްފަ އެވެ.

މީދޫ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ޑިޒައިން އެންޑް ބިލްޑް އުސޫލުން، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ 23 ވަނަ ދުވަހުއެވެ. މިއީ ދަޢުލަތުގެ ބަޖެޓުން ގާތްގަނޑަކަށް 36.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާފައިވާ މަޝްރޫޢެކެވެ

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ހުޅުދޫ ބަނދަރުގެ 88 އިންސައްތަ ނިމިއްޖެ

ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ ...

ސަންދާނު އަހަންމައިދީ ނިޔާވެއްޖެ

ރައީސް އޮފީހުގެ ހިއުމަން ރައިޓްސް އެމްބެސެޑަރު ކަން ކުރެއްވި އަހުމަދު އިބްރާހިމް ދީދީ (ސަންދާނު އަހަންމައިދީ) ނިޔާވެއްޖެއެވެ. ސަންދާނު ...

ފައްޔާޒު މަގާމުން ވަކިކޮށްދެއްވުމަށް އެއްބާރުލުން ދެއްވާ- ރައީސް ނަޝީދު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރެއްވުމަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން އެއްބާރުލުން ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ...