ފުވައްމުލައް ސިޓީގެ މިސްކިތްތަކުގައި ޖަމާއަތް ހެދުން އެއް ހަފުތާއަށް މެދުކަނޑާލައިފި

advertisement

ފުވައްމުލައް ސިޓީގައި ވެސް ހަލުއި ކަމާއެކު ނޮވެލް ކްރޯނާ ވައިރަސް ބަލި ފެތުރެމުންދާތި މިއަދުންފެށިގެން އެއް ހަފުތާއަށް ފުވައްމުލައް ސިޓީގެ މިސްކިތްތަކުގައި ޖަމާއަތުގަިއ ނަމާދު ކުރުން މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީއިން ނިންމައިފިއެވެ.

އެގޮތުން ޖާމާއަތް ހެދުން މެދުކަނޑާލީ ރޭގެ(13 މެއަި 2021) ފަތިސް ނަމާދުން ފެށިގެން މި މެއި މަހު 19 ވާ ބުދަދުވަހުގެ ރޭގަނޑު ޢިޝާ ނަމާދާއި ހަމަޔަށެވެ.

މިކަން އަންގައި އިސްލާމިކް މިނިސްޓްރިއިން ފޮނުވި ސާކިއުލާގައި ވާގޮތުން މިފިޔަވަޅު އަޅަންޖެހުނީ މިދުވަސްވަރު ރާއްޖޭގައި ކޮވިޑް-19 ގެ ބަލި ހަލއުިކަމާއެކު ފެތުރެމުން ދާތީ، މިހާރުގެ ހާލަތަށް ރިއާޔަތްކޮށް، އިތުރަށް ބަލިފެތުރުން ހުއްޓުވުމައްޓަކައި އަޅާ ރައްކާތެރިކަމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުންނެވެ.

މި ފިޔަވަޅުއެޅުމުގައި ރާއްޖޭގެ އިސްލާމީ ކަންތައްތަކާއި ބެހޭ އެންމެ މަތީ މަޖުލީހާއި ދިނީ އިލްމުވެރިންގެ ލަފާގެ މަތިން ފުވައްމުލައް ސިޓީގައި ފަރުޟު ނަމާދުތަކާއި ހުކުރު ނަމާދާއި އަދި މިއަދުގެ ޢީދު ނަމާދުގެ ޖަމާއަތް މިސްކިްތތަކުގައި ނެހެދުމަށް ވަނީ ނިންމާފައި ކަމަށް ވެއެވެ.

މިޙާލަތުގައި މިސްކިްތަތަކުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުގައި ‘ޞައްލޫ ފީ ބުޔޫތިކުމް” މަިފަދައި 2 ފަހަރު  ގޮވުމަށް އިމާމުންނަށް އިރުޝާދު ދެއްވާފައި ވެއެވެ.

މީގެ އިތުރުން އެމިނިސްޓްރީ އިން ހާމަކުރައްވާފައި ވަނީ މިދަނޑިވަޅުގައި މިސްކިްތތަކުގައި ޖަމާއަތުގައި ނަމާދު  ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، ގިނަގިނައިން ދުޢާކޮށް އިސްތިޣުފާރު ކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވެ ވަސިއްޔަތް ކުރާކަމަށެވެ.

ވުމާއެކު މިއަދުގެ ޢީދު ނަމާދު ޖަމާއަތުގައި ކުރުމެއް ފުވައްމުލައް ސިޓީގައި ނޯންނާނެއެވެ. މިއީ ގިނަ ބަޔެއްގެ ހަނދާނުގައި ވެސް ފުރަތަމަ ފަހަރަށް މިފަދަ ހާލަތަކަށް ގޮސްގެން ޖަމާއަތުގައި ޢީދު ނުކުރެވޭ ފުރަތަމަ ފަހަރެވެ. އަދި މާދަމާ ހުކުރު ނަމާދުވެސް ޖަމާއަތުގައި ކުރުމެއް ފުވައްމުލައް ސިޓީގައި ނޯންނާނެއެވެ. ނަމަވެސް މީގެކުރިން، މިއަހަރު ގެ ފެބްރުއަރީ-މާރިޗު މަހުގައި ވެސް ފުވައްމުލައް ސިޓީއިން ފެނިގެންދިޔަ ކޮވިޑް-19ގެ އައުޓް ބްރޭކާއެކު ވެސް މިސްކިތްތަކުގެ ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި ވެއެވެ.

މިއަދަކީ ހިޖުރައިން 1442 ވަނަ އަހަރުގެ ފިތުރު ޢީދު ވީ ބުރާސްފަތި ދުވަހެވެ.

advertisement
  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އައްޑޫ ސިޓީއަށް މުދާ އުފުލުމަށް އެމްއެސްއެސްއިން ބޯޓެއް ގަންނަނީ

އައްޑޫ ސިޓީއަށް ބައިނަލްއަގުވާމީ ބަނދަރުތަކުން މުދާ އެތެރެކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން، މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ، އެމްއެސްއެސް އިން ...

ނަސީރުގެ ކެނޑިޑެސީ ފޯމު ބާތިލުކޮށްފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަމިއްލަގޮތުން ވާދަކުރުމަށް ހުށަހަޅާފައިވާ ހުސެއިން ނަސީރުގެ ކެނޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބާތިލުކޮށްފި ...

ރާއްޖެއިން ފުރައިގެން ދިޔަ މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެއްޖެ

ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށްފަހު ފުރައިގެންދިޔަ ޓުއަރިސްޓަކު ކޮވިޑް19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފިއެވެ. އެޗްޕީއޭއިން ...