ފެން މީޓަރުން ނަގާ 30 ރުފިޔާގެ ފީ ރައީސް މާފުކޮށްދެއްވައިފި

ފެނަކަ ކޯޕަރޭޝަނުން ގޭގެ އަށް ގުޅާފައިވާ ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާގެ ފީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާފުކޮށްދެއްވާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ވިދާޅުވެއްޖެއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މިކަން ހާމަކުރެއްވީ އައްޑޫ ސިޓީގެ މަރަދޫފޭދޫ އާއި މަރަދޫ އަދި ފޭދޫގެ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިންމާ އެމްޓީސީސީން ނަރުދަމާ ނިޒާމު ފެނަކައާ ހަވާލުކުރުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީ ސައީދު ވިދާޅުވީ ފެނަކައިގެ ކަސްޓަމަރުންގެ އަތުން ފެނުގެ ނިޒާމު ގުޅުމާއެކު ނަގަމުން އަންނަ 30 ރުފިޔާ ފެނަކައިގެ ހުރިހާ ކަސްޓަމަރުންގެ އަތުން ނެގުން ހުއްޓާލަން ހަމަޖެއްސިކަމުގެ ހަބަރު ރައްޔިތުންނާ ހިއްސާކޮށްދެއްވުމަށް ރައީސް ސޯލިހު އޭނާގެ ގާތުގައި ދަންނަވާފައިވާ ކަމަށެވެ.

ފެން މީޓަރަށް ނަގަމުން އައި 30 ރުފިޔާ ކަނޑާލަން ފެނަކައިގެ ބޯޑުން 2019 އަހަރުގެ ކުރީކޮޅު އޮތީ ނިންމާފައެވެ. ނަމަވެސް އެ ނިންމުމަށް އަމަލީ ސިފަ އައިސްފައި ނުވަނީ ކަމާބެހޭ އެހެން އިދާރާތަކުން އެކަމާ މެދު ގޮތެއް ނިންމާފައި ނުވުމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގައި އިންޑިއާގެ ބޮޑުވަޒީރު ރަސްމީ ޖާފަތެއް ބާއްވަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، އިންޑިއާއަށް މިހާރު ކުރައްވަމުންގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅުގައި، އެ މަނިކުފާނުގެ ޝަރަފުގައި ...

ދޮށީ އުމުރުގެ 105 މީހެއްގެ ރެންޑަމް ސާމްޕަލް ނަގައިފި، 99 މީހުން ނެގެޓިވް

އުމުރުން ދުވަސްވީ 105 މީހެއްގެ ރެންޑަމް ސާމްޕަލް ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 99 މީހެއްގެ ނަތީޖާ ނެގެޓިވް ...

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް 6 ދަރިވަރަކަށް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ ސްކޮލަރޝިޕް 6 ދަރިވަރަކަށް ދެއްވައިފިއެވެ. މި ސްކޮލަރ ޝިޕްތައް ދެއްވާފައިވަނީ މަތީ ސާނަވީ އިމްތިޙާނުން އެއްވަނަ ...