ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިން ސުރަންޖަން އަށް ފިޔަވަޅު އަޅައިފި

advertisement

އޭޝިޔަން އެކަޑަމީ އޮފް އެރޮނޮޓިކްސް އިން އައްޑޫ ސިޓީ ގަމުގައި ހިންގާ ފްލައިން ސްކޫލްގެ އިސް ވެރިއަކަށް ހުންނެވި ސުރަންޖަންއަށް ފިޔަވަޅު އެޅުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ނިންމައިފިއެވެ.

ފްލައިން ސްކޫލުގެ މައްސަލަތަކާ ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކޮށްފައިވާ އޮޑިޓާއި ގުޅިގެން ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ފްލައިންގ ސްކޫލުގެ ހެޑް އޮފް ޓްރެއިނިންގގެ މަޤާމުގައި ހުންނެވި ސުރަންޖަން ޑިސިލްވާ އެ މަޤާމުގައި ހުރުމަށް ސިވިލް އޭވިއޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ހުއްދަ ޤާނޫނާއި ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތީން މާދަމާ ( 23 މެއި 2021 ) ން ފެށިގެން އަތުލުމަށް ނިންމާފައިވާކަމަށް ސިވިލް އޭވިއޭޝަން މިނިސްޓްރީން ހާމަކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ފްލައިން ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށާއި، ކޯސް ފުރިހަމަ ކުރުމަށް ބުރޫ އަރާފައިވާ ދަރިވަރުންގެ ކޯސްތައް އެދެވޭ ގޮތެއްގައި ކުރިއަށް ގެންދިޔުމަށް ފްލައިން ސްކޫލްގެ މެނޭޖްމެންޓުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުން ނުދާ ކަމަށެވެ.

މީގެ އިތުރަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ނޫސްބަޔާނުގައި ބުނެފައިވަނީ ފްލައިން ސްކޫލްގެ މައްސަލަތަކަށް ހައްލެއް ނުގެނެވިއްޖެނަމަ ސްކޫލްގެ އެކައުންޓެބަލް މެނޭޖަރުގެ މަގާމުގައި ހުރި އަލީ އަކުބަރު ޖީވަންޖީ އެ މަގާމުގައި ހުރުމަށް ދޫކޮށްފައިވާ ހުއްދަ ވެސް އަތުލާނެ ކަމުގެ އެންމެފަހުގެ އިންޒާރު ސިވިލް އޭވިއޭޝަން އޮތޯރިޓީން ލިޔުމުން ދީފައިވާނެކަމަށެވެ.

މިފްލައިން ސްކޫލްގައި ކިޔަވަމުން ދާ ދަރިވަރުންގެ، ޓްރެއިނިންގއާއި ކިޔެވުން ނުނިމި ދިގުލައިގެން ދާ މައްސަލާގައި މީގެކުރިން 86 ދަރިވަރަކު ވަނީ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ޕެޓިޝަނެއްވެސް ހުށަހަޅާފައެވެ. މި ޕެޓިޝަން ސަރުކާރަށް ހުށަހެޅުމާއި ގުޅިގެން މީގެތެރެއިން ބައެއް ދަރިވަރުން، އެކި ސަބަބުތައް މެދުވެރިކުރުވާ މި ފްލައިން ސްކޫލުން ވަނީ ވަކި ކޮށްފައެވެ.

މިމަހުގެ 11 ވަނަ ދުވަހު ރައިސް ސޯލިހުވަނީ މި ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކާ ބޭންކު އޮފް މޯލްޑިވްސިން ނަގާފައިވާ ލޯންތައް ހަމަޖައްސަވާ ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

އަދި އެސްކޫލުގެ މައްސަލަތަކާ ގުޅޭގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ކޮށްފައިވާ އޯޑިގައި ފާހަގަ ކޮށްފައި ހުރި މައްސަލަތައް ހައްލު ކޮށްދޭނެކަމަށްވެސް ސަރުކާރުންވަނީ ހާމަކޮށްފައެވެ

ފްލައިން ސްކޫލްގެ އެތައް ދަރިވަރުންނަށް ކިޔެވުން ކުރިއަށް ނުގެންދެވި އެތައް ދުވަހެއް ވެފައިވާއިރު، މިމަހުގެ 11 ވަނަ ދުވަހުން ފެށިގެން އެތަން ވަނީ އެއްކޮށް ހުއްޓިފައެވެ. އަދި އޭޕްރިލް 1 ވަނަ ދުވަހުން ފެށިެގން ސްކޫލްގައި އެއްވެސް މަތިންދާބޯޓެއްވެސް ނެތެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިރްފާން ހާން މަރުވެއްޖެ

“ކޮލޮން އިންފެކްޝަން” އަކަށް ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު އިންޑިއާގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ އިރުފާން ...

އައްޑޫން އިތުރު ތިން މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އައްޑޫ ސިޓީން އިތުރު 3 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. މިއާއެކު އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ...

އައްޑޫގައި ކާރެއްގައި ރޯކޮށްލައިފި

އައްޑޫ ސިޓީ ސިޓީ ކައުންސިލްގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އަބްދުﷲ އިހްސާންގެ ކާރު ގައި ...