ފްލައި ދުބާއީގެ ބަދަލުގައި އެމިރޭޓްސްގެ ދަތުރުތައް އިތުރުކުރުމުން ރާއްޖެއަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ- އިނަ މޯލްޑިވްސް

ފްލައި ދުބާއީން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލިނަމަވެސް، ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދަށް އެއްވެސްވަރެއްގެ ނޭދެވޭ އަސަރެއް ނުކުރާނޭކަމަށް އިނަ މޯލްޑިވްސްއިން ބުނެފިއެވެ.

ޕީއެސްއެމްނިއުސްއަށް މަޢުލޫމާތުދެއްވަމުން ފްލައި ދުބާއީގެ ރާއްޖޭގެ އޭޖެންޓް، އިނަ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފިރާޤު ވިދާޅުވީ، އަންނަމަހުގެ ފަހުކޮޅު ފްލައި ދުބާއީގެ ދަތުރުތައް ހުއްޓާލި ނަމަވެސް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު ދަށްވެގެން ނުދާނޭ ކަމަށެވެ.

ފްލައި ދުބާއީން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލުމާއިއެކު، އޭގެ ބަދަލުގައި ރާއްޖެއަށް އުދުހުންތައް ބާއްވާނީ، އެ އެއަރލައިނާ ކޯޑު ޝެއަރ ކުރަމުން އަންނަ އެމިރޭޓްސް އެއަރލައިނުންނެވެ.

އެމިރޭޓްސް އެއަރލައިނުން މިހާރުވެސް ގެންދަނީ ހަފްތާއަކު 5 ދަތުރު ރާއްޖެއަށް ކުރަމުންނެވެ.

ފިރާގް ވިދާޅުވީ، ފްލައި ދުބާއީގެ ބަދަލުގައި އެމިރޭޓްސް އެއަރލައިންގެ އުދުހުންތައް އިތުރުކުރުމުން ރާއްޖެއަންނަ ފަތުރުވެރިންގެ ޢަދަދު ވަރަށްބޮޑަށް އިތުރުވާނެކަމަށެވެ.

ފްލައި ދުބާއީން ރާއްޖެއަށް ދަތުރުކުރަން ފަށާފައިވަނީ، މީގެ 5 އަހަރު ކުރިންނެވެ. އެ އެއަރލައިނުން ރާއްޖެއަށް ކުރަމުންދިޔަ ދަތުރުތައް ހުއްޓާލަން ނިންމީ ޚަރަދު ކުޑަކުރުމުގެ ސިޔާސަތެއްގެ ދަށުންނެވެ.

ފްލައި ދުބާއީ އާއި އެމިރޭޓްސް އެއަރލައިން ތަފާތު ދެ ކުންފުންޏެއްގެ ދަށުން ހިންގިނަމަވެސް، މި ދެ އެއަރލައިނުގެވެސް ބަލަދުވެރި ފަރާތަކީ ޔޫއޭއީގެ ސަރުކާރެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސާފު ކުރުމުގެ ދުވަސް: ފެނަކައިގެ މުވައްޒަފުން ނުކުމެ މުޅި ފެނަކަ ސާފު ކުރަނީ

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ބްރާންޗުތައް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ. ފެނަކައިން ހާމަކޮށްފައިވާގޮތުން އެކުންފުނިން ހިދުމަތްދޭ 154 ރަށުގައިވެސް އެ ...

އާރްޓީއެލް ފެރީން އައްޑޫއާ ފުވައްމުލަކާ ދެމެދު ކަނޑުމަތިން ބަޔަކު ސަލާމަތްކޮށްފި

އައްޑޫއާ ފުވައްމުލަކާ ދެމެދު ކަނޑުމަތިން ބަޔަކު ސަލާމަތްކޮށްފިއެވެ. ގާފު އޮންލައިން ނޫހުން ގެނެސްދީފައިވާ ޚަބަރެއްގައި ބުނެފައި ވަނީ ތިން ...

އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިން ފެށުމަށް ރައީސް ސޯލިހު ކޮމަންޑުއަށް

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓު، މުހައްމަދު ރާޝިދުގެ ކެމްޕެއިން ފެށުމަށް ...