ދީފިކާގެ ދިފާއުގައި ކަންގަނާ ސޮއި ނުކުރީ ކީއްވެ؟

މައްސަލަ ބޮޑުވެފައިވާ ފިލްމު ޕަދްމަވާތީގެ މައްސަލާގައި ދީޕިކާ ޕަދްކޯން އަށް ނުރައްކަލާ ކުރިމަތިވެފައިވާއިރު އޭނާއަށް ސަޕޯޓް އޮތްކަން ހާމަކޮށްދިނުމުގެ ގޮތުން ބޮލީވުޑްގެ ތަރިން ސޮއި ކުރި ފެޓިޝަންގައި ބަތަލާ ކަންގަނާ ރަނައުތް ސޮއި ނުކުރި ސަބަބު އޭނާ ހާމަކޮށްފި އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް ފޮނުވުމަށް އިންޑިއާގެ ފިލްމީ ތަރި އަދި މިހާރު ސިޔާސީ މައިދާނުގައިވެސް ހަރަކާތްތެރިވާ ޝަބާނާ އަޒްމީ އިސްވެ ހުރެ ތައްޔާރުކުރި ޕެޓިޝަންގައި ކަންގަނާ ސޮއި ނުކުރުމާ ގުޅިގެން ރަސްމީ މީޑިއާ އާއި ސޯޝަލް މީޑިއާގައި އޭނާއަށް ފާޑުކިއުންތައް ކުރިމަތިވުމުން ކަންގަނާ ވަނީ އެކަމަށް ރައްދުދިނުމުގެ ގޮތުން ބަޔާނެއް ނެރެފަ އެވެ.

ޕަދްމަވާތީ އާއި ގުޅިގެން ދީޕިކާއަށް ދެމުންދާ އިންޒާރުތައް ހުއްޓާލުމަށް ގޮވާލާ ބޮލީވުޑްގެ ބައެއް ތަރިންނާއި ފިލުމީ ދާއިރާގައި މަސައްކަތް ކުރާ މީހުންގެ ސޮއި ކުރަމުންދާ ޕެޓިޝަންގައި ކަންގަނާ ސޮއި ނުކުރީ ދީޕިކާއަށް ސަޕޯޓު ނުކުރާތީ ނޫން ކަމަށް ކަންގަނާގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކަންގަނާ ބުނީ ޕެޓިޝަން ތައްޔާރުކުރީ ޝަބާނާ ކަމަށްވެފައި، ކަންގަނާ މިހާރު މަސައްކަތް ކުރަމުންދާ ފިލްމު ‘މަނިކަރްނިކާ’ގެ ޝޫޓިންގައި އުޅެނިކޮށް ޕެޓިޝަންގައި ސޮއި ކޮށްދިނުމަށް އެދި އޭނާއަށް ފޯނު ކުރީ ބަތަލާ އަނުޝްކާ ޝަރުމާ ކަމަށެވެ. އަދި ޝަބާނާ އާޒިމް ލިޔެފައިވާ ޕެޓިޝަނެއްގައި ސޮއި ކުރުމަށް އެދުނު ކަމަށާއި، ޕަދްމަވާތީގެ މައްސަލާގައި ދީޕިކާއަށް ފުރިހަމައަށް ތާއީދުކުރާ ކަމަށް އަނުޝްކާ ގާތު ބުނެފައިވާނެ ކަމަށްވެސް ކަންގަނާ ބުނެ އެވެ.

ކަންގަނާ ބުނީ މި ޕެޓިޝަނުގައި ސޮއި ކުރަން ބޭނުން ނުވީ ސަބާނާ އަޒްމީ އިސްނަގައިގެން އެކަން ކުރާތީ އާއި އެކަން ސިޔާސީ ކަމަށް ވެދާނެތީ ސިޔާސީ ކަމެއްގައި ބައިވެރިވާން ބޭނުން ނުވުމުން ކަމަށް އަނުޝްކާއަށް ފޯނުން ބުނެދީފައިވާނެ ކަމަށްވެސް ކަންގަނާ ބުނެ އެވެ.

ކަންގަނާ ބުނީ ރިތިކް ރޯޝަންއާއި އޭނާއާއި ދެމެދު ހިނގި ހަމަނުޖެހުންތަކުގައި ފިލްމު އިންޑަސްޓްރީ އޮތީ ހިމޭނުން ކަމަށާއި އޭރު އޭނާއާއި އެއްކޮޅަށް ފިލުމީ ތަރިންވެސް ވާހަކަ ދައްކާފައި ނުވާ ކަމަށެވެ. އެހާހިސާބުން ފެށިގެން ކަންގަނާ އަކީ އޭނާގެ އަމިއްލަ ހިޔާލުތަކާއި ގޮތްތަކެއް ގެންގުޅޭ މީހެއް ކަމަށާއި، މިހާރު އިންޑިއާގެ ކަންކަން ހިނގަމުންދާ ގޮތާ މެދުވެސް އޭނާ ހުރީ ވަކި ގޮތެއް ނިންމައިގެން ކަމަށްވެސް ކަންގަނާ ބުނެ އެވެ.

ޕަދްމަވާތީގެ މައްސަލާގައި ދިޕިކާއާއި ދެކޮޅަށް އިންޑިއާގައި ކުރިއަށްދާ ހަރަކާތްތަކުގައި އިސްކޮށް ހުރީ ކަންގަނާއަށް ފުރައްސާރަ ކުރިމަތިވި ދަނޑިވަޅުގައި އޭނާއާއި ދެކޮޅަށް ތެދުވި މީހެއް ކަމަށާއި، އެފަދަ މީހަކީ ކަންގަނާއަށް ފުރައްސާރަ ކުރި މީހެއް ފަދަ މީހެއް ކަމަށްވެސް އޭނާގެ ބަޔާނުގައި ބުނެފައިވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޑރ.ޢިޔާޒް ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއިން ވަކިކޮށްފި

ދިނީ ޢިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒް އަބްދުއްލަތީފް މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެސިސްޓެންޓް ޕްރޮފެސަރުގެ މަޤާމުން މިއަދު ވަކިކޮށްފިއެވެ. ޑރ. ...

ޗައިނާ ލީގު ދޫކޮށް ޓެވޭޒް އެނބުރި ބޮކާ ޖޫނިއާސްއަށް

ބޮޑު އަގުގައި ޗައިނީސް ސުޕަ ލީގުގެ ޝަންހާއި ޝެންހުއާ އަށް ކުޅުނު ކާލޮސް ޓެވޭޒް އެ ކުލަބު ދޫކޮށް ...

ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތަކެއް ދަނީ ހޯދަމުން- މަބުރޫކު

ކޮވިޑް-19 އަށް އަތޮޅުތެރޭގައި ޓެސްޓް ކުރެވޭނެ އެހެން ގޮތްތަކެއް ހޯދަމުންދާ ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާން ...