ސްޕެއިންގެ އެންމެ ބޮޑު އެއް ޓޫރިޒަމް ފެއާގައި ރާއްޖެ ޕްރޮމޯޓު ކުރަން ފަށައިފި

ސްޕެއިންގެ މެޑްރިޑްގައި ފިޓޫރުގެ ނަމުގައި ކުރިއަށް ގެންދިޔަ ބައިނަލްއަގްވާމީ ޓޫރިޒަމް ޓްރޭޑް ފެއާގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މި ފެއާގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށްޓަކައި މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަނާއެކު ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ 22 ކުންފުންޏަކުން 38 ފަރާތެއް ވަނީ ބައިވެރިވެފައެވެ.

މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފެއާގައި ރާއްޖެ އިޝްތިހާރު ކުރުމަށް ލިބިފައިވަނީ 71 އަކަފޫޓުގެ ސްޓޭންޑެކެވެ. އެ ސްޓޭންޑުގައި ޖުމްލަ 22 ކައުންޓަރު ގާއިމުކޮށްފައިވާ ކަމަށާއި އެ ސްޓޭންޑުގައި ބައްދަލުވުންތައް ބޭއްވޭނެ އިންތިޒާމު ވެސް ހަމަޖެހިފައިވާ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.

ފިޓޫރުގެ ފުރަތަމަ ތިން ދުވަސް ޓްރޭޑް ވިޒިޓަރުންނަށް ޚާއްސަކޮށްފައިވާއިރު، ފެއާގެ ފަހު ދެ ދުވަހު އާންމުންނަށް ވެސް އެ ފެއާއަށް ވަނުމުގެ ފުރުސަތު ހުޅުވާލާނެއެވެ.

މި ފެއާއަކީ ސްޕޭނުގެ މާކެޓަށް ޚާއްސަކޮށްގެން ބާއްވާ ފެއާއެއް ނަމަވެސް، މި ފެއާގެ ތެރެއިން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެހެނިހެން އިސް ފަރާތްތަކާ ބައްދަލު ކުރެވޭނެ ކަމަށް އެމްއެމްޕީއާރުސީން މައުލޫމާތު ދެއެވެ.

މި ފެއާގައި ބައިވެރިވުމުގެ މައިގަނޑު އެއް މަގްސަދަކީ ސްޕޭނުގެ ފަތުރުވެރިންގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރުން ކަމަށްވާއިރު، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެގައުމުން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އަހަރުން އަހަރަށް ބަލާއިރު 9.2 އިންސައްތަ ވަނީ އިތުރުވެފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ނަން ބޯޑު، ގަވާއިދަށް ނުފައްތާ ހުރުމުން 1410 މީހަކަށް ނަސޭހަތްތެރިވެއްޖެ

އެއްގަމު އުޅަނދުގެ ނަން ބޯޑު ގަވާއިދާ ޚިލާފަށް ހުރުމުގެ ސަބަބުން މިހާތަނަށް މާލެ ސަރަހައްދުން 1410 މީހަކަށް އެކަން ...

ކޮވިޑް-19: ރާއްޖެ އިން އިތުރު 27 މީހަކު ޕޮޒިޓިވް ވެއްޖެ

ރާއްޖެ އިން ކޮވިޑް-19 އަށް އިތުރު 27 މީހަކު ޕޮޒިޓިވް ވެއްޖެއެވެ. މީގެ ތެރޭގައި ހިމެނެނީ ބަގްލާދޭޝްގެ 18 ...

ކޮވިޑް 19 : ރަށްރަށަށް މީހުން ފޮނުވުމުގައި އެހެން ވިސްނުމަކަށް ދަނީ

މާލެ ފުރަބަންދު ކުރުމާއި ގުޅިގެން، މާލޭގައި ތާށިވެފައި ތިބި މީހުން ރަށްރަށަށް ގެންދިޔުން ހުއްޓާލަން ޖެހޭ ކަމުގެ އިޝާރާތެއް ...