އައްޑޫ ސިޓީ މަރަދޫގައި މަސް މާރުކޭޓެއް ތަރައްޤީކުރަނީ

    އައްޑޫ ސިޓީ މަރަދޫގައި މަސް މާރުކޭޓެއް ތަރައްޤީކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

    އައްޑޫ ސިޓީ ކައުންސިލުން މިހާރުވަނީ މި މަސް މާރުކޭޓް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.

    އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވަނީ މިމަސައްކަތަށް ދަޢުވަތު ހުޅުވާލެވެނީ ދިވެހިރާއްޖޭގައި މިބާވަތުގެ ވިޔާފާރިކުރުމަށް ރެޖިސްޓްރީ ކުރެވިފައިވާ،( މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ “ޢިމާރާތްކުރުމުގެ އަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ޤަވާޢިދު” ގައިވާ ގޮތުގެ މަތިން ރަޖިސްޓްރީކޮށްފައިވާ) ފަރާތްތަކަށް ކަމަށެވެ.

    މި މަސައްކަތާއި ގުޅޭ ބިޑް ޑޮކިއުމަންޓް 2021 އެޕްރީލް 26 ވާ ހޯމަ ދުވަހުން ފެށިގެން 2021 އެޕްރީލް 29 ވާ ބުރާސްފަތި ދުވަހާއި ހަމަޔަށް ކައިންސިލް އިދާރާއިން ގަންނަން ލިބެން ހުންނާނެ ކަމަށާއި، މި މަސައްކަތާއި ގުޅޭ މައުލޫމާތު ޝީޓް އަދި ބިޑް ފޯމް ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރާ ފަރާތްތަކަށް ސޮފްޓްކޮޕީ ފޯރމެޓްގައި މެއިލްކުރެވޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކުރެއެވެ.

    ބީލަމުގައި ބައިވެރިވުމަށް 300/- (ތިން ސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ. ބީލަމުގައި ބައިވެރިވުމަށް ރެޖިސްޓްރޭޝަން ފުރިހަމަކުރުމަށް ކައުންސިލުން ކަނޑައަޅާފައިވާ އެވާ މުއްދަތުގެ ތެރޭގައި ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ކައުންސިލް އިދާރާގެ finance@adducity.gov.mv އަށް ރިކްއެސްޓްކޮށް ފައިސާ ޑިޕޮޒިޓްކުރުމަށްފަހު، ފައިސާ ޖަމާކުރިކަމުގެ ސްލިޕް މެއިލްކުރަން ޖެހޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ހާމަކުރެއެވެ.

    މި މަސައްކަތާއި ގުޅޭ މަޢުލޫމާތު ސެޝަން އަންނަ މެއި 02 ވާ އާދީއްތަ ދުވަހުގެ 10:00 ގައި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

    ބީލަންތައް ބަލައިގަތުމާއި، އަދި ބީލަންހުޅުވުން އޮންނާނީ 2021 މެއި 06 ވާ ބުރާސްފަތި ދުވަހުގެ 11:00ގައި ކައުންސިލްގެ އިދާރާގައެވެ.

    މަސްދަރު: މަސްވެރިން އެމްވީ

    advertisement
    • ކޮމެންޓްސް (0)

    Your email address will not be published. Required fields are marked *

    • ފުރިހަމަ ނަން

    Ads

    ads

    ކަމުދާނެ ލިޔުންތައް

    އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ

    އިތުރު 10 މީހަކު ކޮވިޑް-19 އަށް ޕޮޒިިޓިވް ވެއްޖެއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ(އެޗްޕީއޭ) އިން ބުނީ ޕޮޒިޓިވްވި  10 ...

    އިތުރު ފުރަބަންދަކަށް ދިއުމަކީ ކުރަން ރަނގަޅު ކަމެއް ނޫން: ރައީސް ސޯލިހު

    އިތުރު ފުރަބަންދަކަށް ދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙު ...

    ޔޫރޯ 2020 : ސްޕޭނާއި ޕޮލެންޑް ބައްދަލުކުރި މެޗު އެއްވަރުވެއްޖެ

    ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ޕޮލެންޑާ ސްޕޭން ބައްދަލުކުރި މެޗު 1 – 1 ން އެއްވަރުވެގެން ނިމިއްޖެއެވެ. ...

    އައްޑޫ، ކުޅުދުއްފުށި އަދި އޭދަފުށީގައި ޕީސީއާރު ޓެސްޓު ހެދުމަށް ތައްޔާރުވަނީ

    އައްޑޫ ސިޓީ އާއި ކުޅުދުއްފުށި ސިޓީ އަދި ބ. އޭދަފުށީގައި ޕީސީއާރު ޓެސްޓު ހެދުމަށް ތައްޔާރުވާން ފަށައިފިއެވެ. މިކަން ...

    ބޮޑު އަޣުލަބިއްޔަތަކުން ރައީސް ޔާމީން ރިޔާސީ އިންތިޚާބުން ކާމިޔާބު ހޯއްދަވާނެ – ޑރ. ޝަހީމް

    ދިވެހި ރައްޔިތުން ތިބި ގޮތް ޔަޤީންވެއްޖެކަމަށާ ބޮޑު އަޣުލަބިއްޔަތަކުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން 2018 ގެ ރިޔާސީ އިންތިޙާބު ...

    މިއަދު މީދޫގައި ހުކުރު ނަމާދު ކުރާ މިސްކިތްތަކާއި އިމާމުވެ ހުކުރު ކުރައްވާ ބޭފުޅުން

    މިއަދު ( 09 އޮކްޓޯބަރ 2020 ވަނަ ދުވަހު )   މީދޫގެ މިސްކިތްތަކުގައި    އިމާމުވެ ހުކުރު ކުރެއްވުމަށް ...