މީދޫ ބަނދަރަށް ކާރެއް ވެއްޓިއްޖެ

ސ.މީދޫއިން ފޭދުއަށް ގެންދިއުމަށްޓަކައި  ކާރެއް ދޯންޏަކަށް އަރުވަން އުޅުމުގެތެރޭގައި ކޮންޓްރޯލް ނުވެގެން ގޮސް ކާރެއް މޫދަށް ވެއްޓިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މި ހާދިސާ ހިނގީ މިއަދު ހެނދުނު މީދޫ ބަނދަރުގެ ހުޅގުފަރާތުގައި ތައްޔާރުކޮށްފައިވާ ރެޕްމުން އެކާރު ދޯންޏަށް އަރުވަން އުޅުމުގެ ތެރޭގައި ކާރުގެ ބުރަކި ނުޖެހި ކޮންޓްރޯލް ނުކުރެވިގެންނެވެ.   

ކާރު މޫދަށް ވެއްޓުނުއިރު އޭގައި ޑްރައިވަރު ފިޔަވާ އިތުރު މީހަކު ނެތެވެ . މޫދަށް ކާރު ވެއްޓުމާއެކު ޑްރައިވަރުވަނީ ކާރުން ނިކުމެފައެވެ.

މިހާދިސާގައި ޑްރައިވަރަށް  އަނިޔާއެއް ނުލިބުނަސް ކާރަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައެވެ.

މޫދަށް ވެއްޓުނު މިކާރު މިހާރު ވަނީ އެކްސްކަވޭޓަރެއްގެ އެހީގައި މޫދުން ނަގާފައެވެ. މިކާރަކީ އަދި އެއްވެސް ވަރަކަށް ދުއްވަން ފަށާފައިނުވާ އާކާރެއްކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

advertisement

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޙަސަދަވެރީންގެ ކިބައިން ސަލާމަތްވާނެ ގޮތް

ޙަސަދައަކީ އަނެކާގެ ކިބައިގައިވާ ނިޢުމަތެއް ނުވަތަ ހެޔޮކަމަކާއިމެދު ނަފްރަތުވެ، އޭނާގެ ކިބައިން އެކަން ފިލައި ދިއުމަށް އެދޭ އެދުމެވެ. ...

މިތިބީ ރިސްކު ނަގައިގެން، އެންމެ ބޮޑީ ޤައުމު”- ކެޕްޓަން މުސްތަފާ

ކޮވިޑް 19 އާއެކު މުޅި ޤައުމު މިއަދު މިއޮތީ ބިރުވެރިކަމާ ނާމާންކަމުގެ ސާލަކުން ފަރުދާ ކުރެވިފައެވެ. މި ބިރުވެރިކަމުން ...

އެމްއެންޑީއެފްގެ ޤައުމީ ޚިދުމަތް މިފަހަރު ތަފާތު ގޮތަކަށް

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް ނުވަތަ އެމްއެންޑީއެފް އަކީ ރާއްޖޭގެ ސަލާމަތީ ކަންކަމުގައި އެންމެ ކުރީ ސަފަށް ނިކުމެ ...