2 ލަނޑު 1 ލަނޑުން  ސެވިއްޔާ ބަލިކޮށް ސްޕެއިންގެ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ސްޕެނިޝް ސުޕަރ ބާސެލޯނާ ކާމިޔާބުކޮށްފިއެވެ.

މޮރޮކޯގައި ރޭ  ކުޅެވުނު ސްޕެނިޝް ސްޕަކަޕްގެ މިމެޗްގައި ފުރަތަމަ ލަނޑު ޖަހާ ކުރިހޯދީ ސެވިއްޔާއިންނެވެ. މެޗްގެ 9 ވަނަ މިނިޓްގައި ސެވިއްޔާއިން ކާމިޔާބުކުރި މިލަނޑު ކާމިޔާބުކޮށްދިނީ ޕަބްލޯ ސަރަބިއާއެވެ.

ޕަބްލޯ ސަރަބިއާ ކާމިޔާބުކޮށްދިން މިލަނޑު އޮފްސައިޑްކަމަށް ބަލާ އެންމެ ފުރަތަމަ މިއީ ލަނޑެއް ނޫންކަމަށް ރެފްރީ ނިންމި ނަމަވެސް ސެވިއްޔާގެ ކުޅުންތެރީންނާއި އޮފިޝަލުން މައްސަލަޖެއްސުމުން ވީއޭއާރ ރިވިޔުއަށް ފަހު ނިންމީ ޕަބްލޯ އޮފްސައިޑް ނޫން ކަމަށެވެ. މިއީ ސްޕެނިޝް ސުޕަރ ކަޕްގައި ވީއޭއާރ ބޭނުން ކުރި ފުރަތަމަ ފަހަރެވެ.

މިމެޗްގައި  ބާސެލޯނާއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފުރަތަމަ ހާފްގެ 42 ވަނަ މިނިޓްގައި ދާދި ފަހުން ސްޕެއިން ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނު ކޮށްފައިވާ ޕީކޭއެވެ. ޕީކޭގެ މިލަނޑަކީ ލިއޮނަލް މެސީ  ހިލޭ ޖެހުމެއްގައި ފޮނުވާލި ބޯޅަ ގޯލް ދަނޑީގައި ޖެހިފައި ނުކުތުމުން ޕީކޭ އެބޯޅަ ގޯލްތެރެއަށް ވައްދާލައިގެން ކާމިޔާބުކޮށްދިން ލަނޑެކެވެ.

ބާސެލޯނާއިން މިމެޗްގައި ކާމިޔާބު ކުރި ދެވަނަ ލަނޑު މެޗްގެ 78 ވަނަ މިނިޓްގައި ޑެމްބެލޭ ކާމިޔާބުކޮށްދިނީ  ދުރުން ފޮނުވާލި ބާރު ހަމަލާއެއް ސެވިއްޔާގެ ގޯލްތެރެއަށް ވައްދާލައިގެންނެވެ.

ބާސެލޯނާއިން މިމެޗްގެ ލީޑު ހޯދިފަހުން ނަތީޖާ ހަމަހަމަކޮށްލަން ސެވިއްޔާއަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެއީ ބާސެލޯނާގެ ގޯލްކީޕަރ ޓާސްޓެގަން ކުރި ފައުލްއަކަށް ސެވިއްޔާއަށް ޕެނަލްޓީއަކުން ލިބުނު ފުރުސަތެކެވެ. އެހެންނަމަވެސް ސެވިއްޔާގެ  ވިސާމް ބެން ޔަޑާ ފޮނުވާލި ޕެނަލްޓީ ކީޕަރު ވަނީ މަތަކޮށްފައެވެ.

މިއީ ބާސެލޯނާ ސްޕެނިޝް ސުޕަރ ކަޕް ކާމިޔާބު ކުރި 13 ވަނަ ފަހަރެވެ.  އަދި މިއީ މިފަހަރު ބާސެލޯގެ ކެޕްޓަންކަން ކުރަމުންއަންނަ މެސީ އެޓީމާއެކު ކާމިޔާބުކުރި 33 ވަނަ ތައްޓެވެ. އެހެންކަމުން، މި ވަގުތު ބާސެލޯނާގައި ހުރި އެންމެ ކާމިޔާބު ކުޅުންތެރިޔާއަކީ މެސީއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބާސާ ދޫކޮށްލުމަށްފަހު ޓުރާން ތުރުކީގެ ކްލަބަކަށް ބަދަލުވެއްޖެ

ބާސެލޯނާ ދޫކޮށްލުމަށްފަހު ލޯން އެއްބަސްވުމެއްގެ ދަށުން އަދާ ޓުރާން ތުރުކީގެ ކްލަބެއް ކަމަށްވާ އިސްތަންބުލް ބަޝަކްޝެހިރްއަށް ބަދަލުވެއްޖެއެވެ. ޓުރާން ...

އާސެނަލުން ޗެލްސީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ޗެލްސީގެ މައްޗަށް ކުރި ހޯދައިފިއެވެ. ޗެލްސީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ...

ސީއެސްކޭ މޮސްކޯއަތުން ރެއާލްމެޑްރިޑް ބަލިވެއްޖެ

ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯ އާއި ބައްދަލުކޮށް ޗެމްޕިއަންސް ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވެއްޖެވެ. ރޭ ...