ފުރަތަމަ މޯލްޑިވިއަން އައިޑަލްއިން ވިދާލި ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާހީމްގެ އަޑަކީ ގިނަބައެއްގެ މެދުގައި މަޤުބޫލު އަޑެވެ. “ހިތްތަކުގެ އައިޑަލް” ގެ ނަމުން ސަޕޯޓަރުން އޭނާއަށް މުޚާޠަބުކުރަނީވެސް އެހެންވެގެންނެވެ. މިއީ ފަހަކަށްއައިސް ރާއްޖޭގެ ލަވަކިއުމުގެ އިންޑަސްޓްރީން އިވުނު އެންމެ ހިތްގައިމު ރީތި އަޑުގެގޮތުގައި މިދާއިރާގެ ފަންނާނުންވެސް ފާހަގަކުރެއެވެ.

މޯލްޑިވިއަން އައިޑަލްއަށްފަހުވެސް ޝަލަބީވަނީ ތަފާތު އެކިލަވަތައް ޢާއްމުންނަށް ދޫކޮށްލާފައެވެ. އެއިން ކޮންމެ ލަވައަކީވެސް ޢާއްމުންގެ މެދުގައި މަޤުބޫލު އަދި އެތައްބަޔަކު އަޑުއަހަމުންދާ ލަވަތަކެކެވެ. އެހެންނަމަވެސް މި ހުރިހާ ލަވަތަކަކީވެސް އެހެން ފަންނާނުން ކިޔާފައިވާ “ކަވަރ ސޯންގް” ތަކެވެ. އެހެންކަމުން ޝަލަބީގެ އަމިއްލަ ލަވައެއްގެ އަޑުއަހާލަން އޭނާގެ ސަޕޯޓަރުން ތިބީ ކެތްމަދުވެފައެވެ.

ފުރަތަމަ އަމިއްލަ ލަވައެއްގެ ގޮތުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ޝަލަބީ ރިލީޒްކުރި “އާދޭސް” މިވަނީ އޭނާގެ ސަޕޯޓަރުންނާއި ލަވައަށް ލޯބިކުރާ ޢާއްމުންގެ ހިތްތަކުގެ އާދޭހަށްވެފައެވެ.

ހޮނިހިރު ދުވަހުގެ ރޭ ޓީ.ވީ.އެމުން ގެނެސްދިން މޯލްޑިވިއަން އައިޑަލް ސީޒަން ދޭއްގެ ގްރޭންޑް ފިނާލޭގައި ޓީޥީން ފެނުނު އެންމެ ހިތްގައިމު އެއްއައިޓަމަކީވެސް “އާދޭސް” އެވެ.

އަމިއްލަ ރާގަކަށް އުފައްދާފައިވާ މި ލަވަ ޝޫޓްކުރުމާއި، ޕްރޮޑަކްޝަންގެ މަސައްކަތަށް ގާތްގަނޑަކަށް 3 މަސްދުވަސް ހޭދަވިކަމަށްޝަލަބީ ބުންޏެވެ. މި ލަވައިގެ މިއުޒިކް ހަދާފައިވަނީ، ޝަލަބީގެ އަމިއްލަ ބޭންޑުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ސިންްދްރެއްލާގެ ހެދުމާއެކު އަނެއްކާވެސް އައިޝްވާރިއާ އެތައް ބައެއްގެ ހިތް އަތުލައިފި

އުމުރުން މިހާރު 44 އަހަރުވެފައިވާ އައިޝްވާރިއާ ރާއީގެ ރީތިކަމުގެ ވާހަކަދައްކާލަން އެބަޖެހެއެވެ. އަދިވެސް އެ ރީތިކަމާއި ފަރިކަމަށް ބަދަލެއް ...

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޗެނެލް އަކުން އޮސްކާ އެވޯޑެއް ލައިވްކުރަނީ

ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ޗެނެލް އަކުން އޮސްކާ އެވޯޑެއް ލައިވްކުރާ ގޮތަށް ހަމަޖެހިއްޖެއެވެ. އެގޮތުން އޮސްކާ އެވޯޑް ހަފްލާ ...

އުރީދޫން މިފަހަރު ޑިޖިޓަލް މިއުޒިކް ޝޯއެއް!

ފިތުރު ޢީދަކީ އާންމު ގޮތެއްގައި އާއިލާއާއި ގާތްތިމާގެ މީހުންނާއި ރައްޓެހިނަށް ޒިޔާރާތްކޮށް، ޢީދު ސާލާން ބަދަލު ކޮށް، އެންމެން ...