ކުރީގެ ނޫޓެއް އޮތްނަމަ އަވަހަށް ބަދަލުކުރަން އުޅޭ !

ދިވެހި ފައިސާގެ ގޮތުގައި ކުރިން ގެންގުޅުނު ނޫޓުތައް މި މަހުގެ 31 ވަނަ ދުވަހުގެ ފަހުން ބޭނުން ކުރުން ހުއްޓާލާތީވެ އެތާރީޚުގެ ކުރިން ރަންދިހަ ފަހެއްގެ ނޫޓުތަކަށް ބަދަލުކޮށް ނިންމުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެމްއެމްއޭ އިން ބުނެފައިވަނީ ކުރިން ބޭނުން ކުރަމުން އައި 10ރުފިޔާއާއި 20 ރުފިޔާ އާއި  50ރުފިޔާ އާއި  100 ރުފިޔާއާއި 500 ރުފިޔާގެ ނޫޓު  މިމަހުގެ 31ވަނަ ދުވަހަުގެ ފަހުން  ބޭނުންކުރުން ހުއްޓާލަން އިއުލާނުކުރައްވާފައިވާނޭ ކަމަށާއި މި މުއްދަތުގެ ކުރިން ނޫޓުތައް ބަދަލުކުރުމަށް ހަނދާން ކޮށްދޭ ކަމުގައެވެ.

އެމްއެމްއޭ އިން ބުނެފައިވަނީ މިއަހަރުގެ ޖެނުއަރީމަހުގެ 25 އާއި ހަމައަށް، ކުރިން ބޭނުންކުރަމުންދިޔަ ނޫޓުގެ 2.9 ބިލިއަން ރުފިޔާ އިޤްތިޞާދުގައި ދައުރުވަމުން ދިޔަނަމަވެސް، ހުސްވި ނޮވެމްބަރުމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް 2.7 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކަށް ނަގާފައިވާކަމަށެވެ. އެއީ، ކުރިން ބޭނުންކުރަމުންދިޔަ ނޫޓްތަކުގެ 93.5 އިންސައްތަ ނޫޓެވެ. އަދި ބާކީ ނުނެގި ހުރީ، 189 މިލިއަން ރުފިޔާ، ނުވަތަ 6.5 އިންސައްތަ ނޫޓު ކަމަށް ވެސް އެމްއެމްއޭ އިން ބުނެފައިވެއެވެ

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ހޯދައިދޭނަން – ރައީސް ޔާމީން

ދިވެހި ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް މި ސަރުކާރުން އަނބުރާ ހޯދައިދޭނެކަމަށާއި، އެއްވެސް ތަފާތުކުރުމެއްނެތި ޤާނޫނު ތަންފީޛް ކުރާނެކަމުގެ ...

ފެންބިލު މައާފު ކުރުމުގެ އިތުރު ޕްރޮގްރާމެއް ފެން ކުންފުނިން ފަށައިފި

ފެންކުންފުނީގެ ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން އެކުންފުނީގެ ފަރާތުން، ބިލުގެ ޖޫރިމަނާ މައާފުކުރުމުގެ އިތުރު ...

ހެޕީ މާކެޓުން އައްޑޫ ހޮސްޕިޓަލަށް ސެނިޓައިޒާ ހަދިޔާކުރަނީ

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ހޭންޑް ސެނިޓައިޒާ މިރެއިން މިރެއަށް ފޯރުކޮށް ދިނުމުގެ މަސައްކަތް ހެޕީ މާކެޓުން ފަށައިފި އެވެ. ...