ޚިޔާލު ތަފާތަސް އިދިކޮޅު ހުރިހާ އެންމެން ވެސް ބޭނުމީ ވެރިކަން!

ދާދި ފަހުން އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްކޮންފަރެންސެއްގައި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވި ގޮތުގައި  އިދިކޮޅު ލީޑަރުންގެ ސިޔާސީ ފިކުރު ތަފާތުވިޔަސް ހުރިހާ ލީޑަރުންގެ އޮތީ އެއް އަމާޒެކެވެ.

އިމްތިޔާޒު ވިދާޅުވި ގޮތުގައި އެ އަމާޒަކީ ރައީސް އަބްދުﷲ ޔާމީން ބަލިކުރުމެވެ.

އިމްތިޔާޒު މިހެން ވިދާޅުވުމުން އަޅުގަނޑަށް ހިތާހިތާ ކޮށްލެވުނު ސުވާލަކީ މިއީއެވެ. އެހުރިހާ އިދިކޮޅު ލީޑަރުން ބޭނުންވަނީ ވެރިކަން ނޫން ހެއްޔެވެ؟ އެހެން އެއްވެސް އެއްޗެއް އެބުނާ ލީޑަރުން ބޭނުމެއް ނުވެއެވެ.

މިގޮތަށް ވިސްނަން ޖެހޭ ސަބަބުތަކެއް ވެސް އެބަހުއްޓެވެ. އިންތިހާބަށް 10 މަސް ދުވަހަށް ވީއިރު ވެސް އަދިވެސް އިދިކޮޅު ކެންޑިޑޭޓަކީ ގާސިމް ކަމެއް މައުމޫނު ކަމެއް ނުވަތަ ނަޝީދު ކަމެއް ސާފެއް ނުވެއެވެ. “ބޯކިބާ ފަޅާނެ ގޮތް” އަދި ނުނިންމެނީ ކަމަށް ވެސް ވެދާނެއެވެ. ނުވަތަ އެކަމުގައި އެއްބަސްވުމަކަށް ނާދެވެނީ އެވެ.

އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ބަލިކުރާ ވާހަކަ ދެއްކުމަކީ މައްސަލައެއް ނޫނެވެ. އެކަން ކުރަން ބޭނުން ނަމަ އިދިކޮޅު ފަރާތްތަކުން ވެސް ރައީސް ޔާމީނަށް ވުރެ ވަރުގަދަ ތަސައްވުރެއް ދިވެހި ޤައުމު ތަރައްޤީ ކުރެއްވުމުގައި އޮތްކަން ހާމަކޮށްދެއްވާށެވެ.

އެފަދަ ޕްލޭނެއް ތަސައްވުރެއް ނެތި، ހުރިހާ ލީޑަރުންގެ އަމާޒަކީ އެއް އަމާޒެއް ކަމުގައި ބުނީމައި ހަމަ ދޭހަވަނީ އެންމެ އެއްޗެކެވެ. ހަތަރު ލީޑަރުންނާއި އެމީހުންގެ ވަށައިގެން އެނބުރޭ ބައިގަނޑު ވެސް ބޭނުންވަނީ ހަމައެކަނި ވެރިކަން ކަމެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބުކޮށްފި

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު އަދި އަންނަ ދައުރުގައި އިދިކޮޅު ޕާޓީއެއްގެ ...

އަދަށްވުރެން ފެހި މާދަމާއެއް ނުދެއްކެވޭނެ ބަޔަކަށް ވެރިކަމެއް ނުކުރެވޭނެ- ނާޒިމް

ދިވެހި ރައްޔިތުންނަށް އަދަށްވުރެން ފެހި މާދަމާއެއް ނުދެއްކެވޭނެ ބަޔަކު، ރައްޔިތުން ކައިރިއަށް ވޯޓު ހޯދަން ދިއުމުގެ ޚިޔާލު ނުގެންގުޅުމަށް ...

އެފްއެސްއެމްއިން ލިޔެކިޔުންތައް ނައްތާލީ ހަދާފައި ހުރި ގޯސް ފޮރުވަން: އިލްޔާސް

ވެރިކަން ބަދަލުވުމުގެ މަސައްކަތްތައް ކުރިއަށްދަނިކޮށް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ލިޔެކިއުންތައް ނައްތާލީ ގޯސްތައް ފޮރުވަން ކަމަށް ...