ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މާކޯ އެސެންސިއޯ އަށް މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުޅިވަރު ނޫހެއް ކަމަށްވާ “ޑޮންބެލޮން” އިން ބުނީ އެސެންސިއޯ އަށް ޔުނައިޓެޑުން ޝައުގުވެރިވާ ކަމަށާއި، އޭނާ ހޯދުމަށް ބޮޑު ހުށަހެޅުމެއް އެ ކްލަބުން ތައްޔާރުކުރަމުން އަންނަ ކަމަށެވެ.

އެސެންސިއޯ ރެއާލްގައި ދައްކަމުން އަންނަ މޮޅު ކުޅުމާއެކު އޭނާ ހޯދުމަށް ގިނަ ކްލަބްތަކުން ވަނީ ޝައުގުވެރިވެފަ އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގުގެ ކްލަބްތަކުގެ އިތުރުން ސްޕެއިން އަދި އިޓަލީގެ ކްލަބްތައްވެސް ހިމެނެ އެވެ.

މަޔޯކާއާއެކު 2013 ވަނަ އަހަރު ކެރިޔަރު ފެށި އެސެންސިއޯ ވަނީ އެޓީމުގެ ޖޫނިއާ ޓީމަށް 14 މެޗު ކުޅެދީ ތިން ލަނޑު ކާމިޔާބުކޮށްފަ އެވެ. އެއަށްފަހު އޭނާ ވަނީ އެ ކްލަބުގެ ސީނިއާ ޓީމަށް ބަދަލުވެ، ކުޅުނު ދެ ސީޒަނުގައި 56 މެޗު ކުޅެދީ ހަތް ލަނޑު ކާމިޔާބުކޮށްފަ އެވެ.

މަޔޯކާ ދޫކޮށްލުމަށްފަހު ދެން އެސެންސިއޯ ބަދަލުވީ 2015 ވަނަ އަހަރު އެސްޕަނިޔޯލް އަށެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް ކުޅުނު 37 މެޗުގައި ހަތަރު ލަނޑު ކާމިޔާބުކޮށްފަ އެވެ.

އެސްޕަނިޔޯލްގައި ސީޒަނެއް ހޭދަކުރުމަށްފަހު 2016 ވަނަ އަހަރު އެސެންސިއޯ ބަދަލުވީ ރެއާލް އަށެވެ. އޭނާ ވިދާލާފައިވަނީ ރެއާލްއިންނެވެ. އެގޮތުން އޭނާ ވަނީ އެ ކްލަބަށް މިހާތަނަށް ކުޅުނު 64 މެޗުގައި 17 ލަނޑު ކާމިޔާބުކޮށްފަ އެވެ.

އެސެންސިއޯ ވަނީ ރެއާލްއާއެކު ސްޕެނިޝް ލަލީގާ، ސްޕެނިޝް ސުޕާކަޕް، ޔުއެފާ ޗެމްޕިއަންސް ލީގު، ޔުއެފާ ސުޕާކަޕް ދެފަހަރު އަދި ފީފާ ކްލަބް ވޯލްޑްކަޕް ދެފަހަރު ކާމިޔާބުކޮށްފަ އެވެ.

ސްޕެއިން ގައުމީ ޓީމަށް 8 މެޗު ކުޅެދީފައިވާ އެސެންސިއޯ ވަނީ 2015 ވަނަ އަހަރު ބޭއްވުނު 19 އަހަރުން ދަށުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ސްޕެއިން ގައުމީ ޓީމާއެކު ކާމިޔާބުކޮށްދިނުމަށް މުހިއްމު މަސައްކަތްތަކެއް ކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކެނޑިޑޭޓް ނަންބަރު 1 ރައީސް ޔާމީނަށް، 2 އިބްރާހީމް މުޙައްމަދު ޞާލިހަށް

ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންގެ ނަން ތަރުތީބުކޮށްފިއެވެ. ކެނޑިޑޭޓް ނަމްބަރު 1 އަކީ ޕީޕީއެމްގެ ކެނޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ...

މެންބަރު ހުސައިން ފަސްދާނު ލައިފި

ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ނިޔާވި ކޮމަންޑޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ހުސައިން ވަހީދު ...

ލާމު އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދޭނަން – ރައީސް

ލާމުގައި ހިންގާ އެއާޕޯޓު އިންޓަރނޭޝަނަލް އެއާޕޯޓަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ...