މާޅޮހުގެ އުއްމީދީ ކީޕަރު އިބޫ ވެލެންސިއާ އަށް

މިދިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގާއި މިނިވަން ޗެމްޕިއަންޝިޕުގައި އއ. މާޅޮހުގެ ގޯލް ބެލެހެއްޓި އުއްމީދީ ކީޕަރު އިބްރާހީމް ޒަމީރު (އިބޫ) ވެލެންސިއާއާ ގުޅިއްޖެ އެވެ.

ވީސްޕޯޓްސްއަށް އެނގިފައިވާ ގޮތުގައި އިބޫ ވެލެންސިއާއަށް ސޮއިކޮށްފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އިބޫ ވަނީ ވޭތުވެދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ވަކިން ހާއްސަކޮށް މާޅޮސް ނެރުނު ރަނގަޅު ނަތީޖާތަކުގައި ކީޕަރު އިބޫގެ ދައުރު ވަރަށްވެސް ބޮޑެވެ.

މިދިޔަ އަހަރު ކުލަބު ވެލެންސިއާ ދަށް ހާލަތެއްގަ އޮތް ނަމަވެސް މި ސީޒަނަށް ތައްޔާރުވުމުގެ ގޮތުން އެ ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެޓީމުގެ ކޯޗަކަށް ސޮބާހު މުހައްމަދު (ސޮބާ) ހަމަޖައްސާފައިވާ އިރު އަންސަރު އިބުރާހީމް (އަންކޮ) އާއި، ވެލެންސިއާގެ ކުރީގެ ކެޕްޓަން މުހައްމަދު އިމްރާނާއި، ވޭތުވެދިޔަ ސީޒަންގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުނު މުހައްމަދު ކަރަމް އަދި ކްލަބު ގްރީން ސްޓްރީޓްސްއަށް ކުޅުނު ޒުވާން ކުޅުންތެރިޔާ އިބްރާހިމް ހަސީބު ވެސް ވަނީ ވެލެންސިޔާއާއި ގުޅިފަ އެވެ.

ވެލެންސިޔާ އިތުތަރަށް ވަރުގަދަކުރުމުގެ ގޮތުން އެ ޓީމަށް މި ސީޒަނުގައި ކުޅުމަށް އޭޝިއާގެ ކީޕަރަކާއި ބިދޭސީ ޑިފެންޑަރަކާއި ފޯވާޑެއް އަދި މިޑްފީލްޑަރެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އެ ކުލަބުން ބުނެ އެވެ.

މީގެއިތުރުން ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ޝިފާން (ކުޑައްޓޭ) ވެސް ވަނީ މިއަހަރުގެ ސީޒަނުގައި ވެލެންސީއަށް ކުޅެން ސޮއި ކޮށްފަ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަންބުރި ޗެލެންޖް 2018- ޗެމްޕިއަންކަން ހޯދީ ޓޫބްރަދާސް

ގަންބުރި ޗެލެންޖް 2018 ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ފަރުހާދު ކާމިޔާބުކޮށްދިން ދެ ލަނޑުން ޕޮލިސްޓީމު ބަލިކޮށް ޓޫބްރަދާސް  މިމުބާރާތުގެ ...

ޔޫއެފާ ނެޝަނަލް ލީގް: ކްރޮއޭޝިޔާ ބަލިކޮށް ސްޕެއިން ޗެމްޕިއަން ހޯދައިފި

ޔުއެފާ ނެޝަނަލް ލީގް ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކްރޮއޭޝިޔާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން ހޯދައިފިއެވެ. ދެޓީމުގެ ފަރާތުން ...

ސަޢޫދީ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންތެރޭގައި އަޝްފާޤް

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނުގެ ޚަރަދުގައި ރާއްޖެއިން ޙައްޖަށްދާ 10 މީހުންގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ ...