ބޮލީވުޑް ތަރިންގެ އާ އަހަރުގެ ޕްލޭންތައް ބައެއް ތަރިން ވަނީ ހާމަކޮށްފަ އެވެ. އަދި ބައެއް ތަރިން އާ އަހަރު ފާހަގަ ކުރާނެ ގޮތްތަކާ ގުޅޭ ގޮތުން މީޑިއާތަކުގައިވެސް ވާހަކަތައް ދެކެވެ އެވެ.

މިހާރު މީޑިއާގެ އެންމެ ބޮޑު ސަމާލުކަމެއް ހޯދާފައިވާ އާ އަހަރުގެ ޕްލޭނަކީ ދިޕިކާ ޕަދްކޯން އާއި ރަންވީރު ސިންހް ގެ އާ އަހަރުގެ ޕްލޭނެވެ. މިދެތަރިން އާ އަހަރު ހޭދަކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ހިތްގައިމު ރިސޯޓެއްގައި ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ. އެހެންނަމަވެސް އިންޑިއާ ޓުޑޭގައި ބުނެފައިވަނީ މި ދެތަރިން އާ އަހަރު ފާހަގަ ކުރާނީ ސްރީލަންކާގައި ކަމަށެވެ.

ސްރީލަންކާ ނުވަތަ ރާއްޖޭގައި މި ދެތަރިން ފާހަގަ ކުރާނީ ހަމައެކަނި އާ އަހަރެއް ނޫނެވެ. ހަބަރުތައް ބުނާ ގޮތުން އާ އަހަރަކީ އެ ދެތަރިން އެންގޭޖްވުމުގެ ޕްލޭން ކޮށްފައިވާ އަހަރެވެ. ރާއްޖޭގައި ނުވަތަ ލަންކާގައި ހޭދަ ކުރާ 2017 ވަނަ އަހަރުގެ އެންމެ ފަހު ރޭ މި ދެތަރިން އެކަކު އަނެކެއްގެ އަތުގައި އަނގޮޑި އެޅުވުމަށްފަހު ކައިވެނީގެ ވައުދު ވާނެ ކަމަށް ބެލެވެ އެވެ.

ބޮލީވުޑްގެ ތަރިން ސިއްރުން މިފަދަ ކަންތައް ކުރަން އުޅުނަސް މިވާހަކަތައް މީޑިއާއާ ހަމައަށް ތިލަވެ އެވެ. އެގޮތުން ދިޕިކާ އާއި ރަންވީރު މި އާ އަހަރު އެންގޭޖް ވާކަން މީޑިއާގައި ރިޕޯޓްކޮށްފައިވާ އިރު މި ދެތަރިން ކައިވެނީގެ ވާހަކަތަކެއް އަދި ނުދައްކަ އެވެ. އެހެންނަމަވެސް ދެމީހުންވެސް ތިބީ އެކަކު އަނެކަކަށްޓަކައި ވަރަށް ވަރުގަދަ ގުޅުމެއް އުފައްދައިގެން ކަން ދެ ތަރިންވެސް ވަނީ ހާމަކޮށްފަ އެވެ.

ދިޕިކާއާއި ރަންވީރު އެންގޭޖްވަނީ

އެކި ނޫސްތަކުގައި އެކިގޮތަށް ރިޕޯޓު ކޮށްފައިވާއިރު ރަންވީރު މިހާރު ހުރީ ސްރީލަންކަގަ އެވެ. ބުދަދުވަހުގެ ރޭ މުމްބާއީ އެއާޕޯޓުގައި ހުރެ ރަންވީރު ވަނީ ލަންކާއަށް ދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯއެއްވެސް އާންމުކޮށްފަ އެވެ. ބޮޑަށް ބުރަވެވޭ ގޮތުގައި މި ދެތަރިން އެންގޭޖް ވާނީ ލަންކާގަ އެވެ. ރަންވީރު ލަންކާއަށް ދިޔައީ އިޝްތިހާރެއްގެ ޝޫޓިން އަށެވެ. ދީފިލާ ހުރީ ވިއެނާގަ އެވެ. ބެލެވޭ ގޮތުގައި މިއަދުގެ ވަގުތެއްގައި ދީޕިކާވެސް ލަންކާއަށް އަންނާނެ އެވެ.

ދާދިފަހުން ރަންވީރު ބުނެފައިވަނީ އޭނާގެ ލޯބިވެރިޔާ އާއި އެކު އަގުހުރި ވަގުތުތަކެއް ހޭދަކުރުމަށް ޗުއްޓީ އެއް ނަގާނެ ކަމަށެވެ. އަދި ދިޕިކާ އާއި އެކުގައި ސްނޯކްލިންއަށް ދާނެ ކަމަށާއި، މި ވަގުތުގަތަކީ މީޑިއާގެ އުނދަގުލެއް ނެތި ހޭދަކުރެވޭ ވަގުތަކަށް ހަދާނެ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.

މިދިޔަ މަހު ރަންވީރު ވަނީ ޓީވީ ޝޯއެއްގައި ދެއްކި ވީޑިއޯ ކްލިޕެއްގައި ދިޕިކާއަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. އޭނާއާއި އެއްފަދަ ދެވަނަ މީހެއް ނެތްކަމަށާއި، ދިޕިކާ ދެކެ ވަރަށް ލޯބިވާ ކަމަށް އެ ވީޑިއޯގައި ރަންވީރު ބުނެފައިވެ އެވެ.

މި ދެތަރިން އެންމެ ފަހުން އެކުގައި މަސައްކަތް ކޮށްފައިވަނީ އިންޑިއާގައި އަރާރުންތައް ބޮޑުވެ ސިޔާސީ ކޯޅުންގަނޑަކަށް ވި ފިލްމު ‘ޕަދްމަވާތީ’ ގައެވެ. ޑިސެމްބަރު އެއްވަނަ ދުވަހު ރިލީޒް ކުރަން ހަމަޖެހުނު މި ފިލްމު އެޅުވުން ލަސްކުރީ އިންޑިއާގައި އުފެދުނު ހަލަބޮލިކަމާއި ގުޅިގެން ދިޕިކާ އާއި ފިލުމު އުފެއްދި މީހުންގެ ރައްކާތެރިކަމަށްޓަކަ އެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ދިރާގު ޕްލޭ އެޕް – ކޮންމެ ތާކު، ކޮންމެ ވަގުތަކު މުނިފޫހިފިލުވުމަށް

ދިރާގުން “ދިރާގުޕްލޭ”ގެ ނަމުގައި މުޅިން އާ މުނިފޫހިފިލުވުމުގެ ސްޓްރީމިންގ މޮބައިލް އެޕްލިކޭޝަނެއް ތަޢާރަފުކޮށްފިއެވެ. ދިރާގުން ބުނިގޮތުގައި މި އެޕްލިކޭޝަނަކީ ...

ދީފިކާގެ ދިފާއުގައި ކަންގަނާ ސޮއި ނުކުރީ ކީއްވެ؟

މައްސަލަ ބޮޑުވެފައިވާ ފިލްމު ޕަދްމަވާތީގެ މައްސަލާގައި ދީޕިކާ ޕަދްކޯން އަށް ނުރައްކަލާ ކުރިމަތިވެފައިވާއިރު އޭނާއަށް ސަޕޯޓް އޮތްކަން ހާމަކޮށްދިނުމުގެ ...

މީޑިއާނެޓްގެ ފަރާތުން ކަސްޓަމަރުންނާއި ހަމައަށް ސްޓޭ ހޯމް ޕެކޭޖް: 12 ޗެނަލްއެއް މުޅިން ހިލޭ!

ކޮރޯނާ ވައިރަސްއާއި ގުޅިގެން، އާއްމުން ގޭގައި މަޑުކުރުމަށް ހިއްވަރު ދިނުމުގެ ގޮތުން މީޑިއާނެޓުން ދޫކުރާ ޗެނަލްތަކުގެ ތެރެއިން ބައެއް ...