ހިންދީ ފިލްމް “ފެޝަން” ގެ ދެވަނަ ބައެއް އުފައްދަން ނިންމައިފި

2008 ވަނަ އަހަރު ރިލީޒް ކޮށްފައިވާ ހިންދީ ފިލްމް “ފެޝަން” ގެ ދެވަނަ ބައެއް އުފެއްދުމަށް ފިލްމު ޓުރޭޑު އެނަލިސްޓު ތަރަން އަދާޝް ނިންމާފައިވާކަމަށް ޓުވިޓާ މެދުވެރިކޮށް އިއުލާނު ކޮށްްފިއެވެ.

މި ފަހަރުގެ ފިލްމު ބިނާ ވެގެން ވަނީ މުޅިން އާ ވާހަކައެއްގެ މައްޗަށް ކަމަށާއި މި ފަހަރުގެ ފިލްމަކީ ތިނެސްކަން ލޯބީގެ ފިލްމެއް ކަމަށް އޭނާގެ ޓްވީޓުގައި ބުނެފައިވެއެވެ.

މި ފިލްމުގެ ލީޑު ރޯލު ކުޅޭނީ ކޮން ތަރިއެއް ކަމެއް އަދި ނިންމާފައި ނުވިނަމަވެސް ވަރަށް އަވަހަށް ބަތަލާއެއް ފައިނަލް ކޮށް އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފެޝަން ގެ ފުރަތަމަ ފިލްމުގެ ލީޑު ރޯލު ކުޅެފައިވަނީ ޕްރިޔަންކާ ޗޯޕުރާ އާއި ކަންގަނާ ރަނައުތު އެވެ. އަރްޖަން ބަޖުވާ، މުގްދާ ގޯސް، އަދި އަރުބާޒް ހާން ފަދަ ތަރިންވެސް އެ ފިލްމުން ފެނިގެން ދިޔައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އިންސްޓަގްރާމް އަށް ފޮޓޯ ލާ ކޮންމެ މޮޑެލް އަކަށް 60،000 ޕައުންޑް

ފެޝަންގެ ދުނިޔޭގައި މަސައްކަތްކުރާ މީހުން އިންސްޓަގްރާމް އަށް ލާ ކޮންމެ ފޮޓޯ އަކަށް 60،000 ޕައުންޑް ލިބޭކަމަށް ހޯދުންތަކުން ...

ސޯޓަކަށް ބަދަލުކޮށްލެވޭ މި ޖީންސް ފެޝަނަކަށް

ފެޝަންގެ ދުނިޔެއަކީ ތަފާތު ދުނިޔެއެކެވެ. ކޮންމެ ފަދަ ކަމެއްވެސް ފަހުގެ ޓްރެންޑަކަށް ބަދަލުވެ އެތައްބަޔަކަށް ކަމުގޮސްދާނެކަން، ވީދާފައި ހުންނަ ...

މަޝްހޫރު މޮޑެލް މަރިއާނޯ ޑި ވާއިއޯ ރާއްޖޭގައި

އިޓަލީގެ މަޝްހޫރު މޮޑެލް އަދި ފެޝަން ބްލޮގަރ މަރިއާނޯ ޑި ވާއިއޯ  ރާއްޖެ އަތުވެއްޖެއެވެ. މަރިއާނޯ  ޗުއްޓީ ހޭދަކުރަނީ ...