• Categories
  • Archives

ކަޅަކީ ރީތިކަން ކަމުގައި ބުނެ ދޮންވާ ކްރީމަށް ކަންގްނާ ނޫނެކޭ ބުނެފި

ކަޅުވުމަކީ މައްސަލައެއް ނޫން ކަމަށާއި، ކަޅަކީވެސް ރީތިކަން ކަމުގައި ބުނެ، ދޮންވާ ކްރީމެއްގެ އިޝްތިހާރަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި، ކަންގްނާ ރަނޯތު ނޫނެކޭ ބުނެފިއެވެ.

ޚަބަރުތައް ބުނާގޮތުން، ނަން ހާމަކޮށްފައި ނުވާ ކްރީމްގެ އިޝްތިހާރު ކުޅެދިނުމަށް ކަންގަނާއަށް ވަނީ 2 ކަރޯޑު ރުޕީސް ހުށަހަޅާފައެވެ. ނަމަވެސް އިޝްތިހާރު ކުޅެދިނުމަށް ކަންގްނާ ދެކޮޅު ހެދީ، ދޮންވާން ޖެހޭކަމަށް އޭނާ ޤަބޫލު ނުކުރާތީއެވެ.

އިންޑިއާގެ ފެޝަން މޮޑެލް އަދި ބޮލީވުޑްގެ އެކްޓްރެސް ކަންގްނާ ރަނޯތު
އިންޑިއާގެ ފެޝަން މޮޑެލް އަދި ބޮލީވުޑްގެ އެކްޓްރެސް ކަންގްނާ ރަނޯތު

“އަހަރެން އެންމެ ކުޑައިރުއްސުރެވެސް އަހަންނަކަށް ނުވިސްނޭ ދޮން ވާން ޖެހޭ ސަބަބެއް. ސެލެބްރިޓީއެއްގެ ހައިސިއްޔަތުން އަހަރެން މިކަހަލަ ކަމެއް ކޮށްފިނަމަ ޅަ ޖީލަށް އަހަރެން މި ދައްކައިދެނީ ކޮން ކަހަލަ ނަމޫނާާއެއް؟ މި ހުށަހެޅުމަށް ދެކޮޅު ހެދުމުން އަހަރެން އެކަމާ އެއްވެސް ވަރަކަށް ދެރައެއް ނުވެ. ޕަބްލިކް ފިގަރއެއްގެ ހައިސިއްޔަތުން އަހަރެންގެ މަސްއޫލިއްޔަތެއް ވޭ,” ހިންދުސްތާން ޓައިމްސްއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވެއެވެ.

އިންޑިއާގެ ފެޝަން މޮޑެލް އަދި ބޮލީވުޑްގެ އެކްޓްރެސް ކަންގްނާ ރަނޯތު
އިންޑިއާގެ ފެޝަން މޮޑެލް އަދި ބޮލީވުޑްގެ އެކްޓްރެސް ކަންގްނާ ރަނޯތު

އިންޑިއާއަކީ ދޮނާއި ކަޅުގެ ތަފާތު ކުރުން ގެންގުޅޭ ޤައުމެކެވެ. ކަޅު ކުދިންނަކީ ހުތުރު ކުދިން ކަމުގައި ޤަބޫލު ކުރާ ބޯދާ ވިސްނުމެއް އިންޑިއާގައި އޮންނައިރު، ދޮން ކުދިންނަކީ އެންމެ ރީތި ކުދިން ކަމުގައި އެމީހުން ދެކެއެވެ.

މި ވިސްނުން ބަދަލު ކުރުމަށް އިންޑިއާގައި މިހާރު ވަނީ “ޑާރކް އިޒް ބިއުޓިފުލް”ގެ ނަމުގައި ކެމްޕޭނެއްވެސް ފަށާފައެވެ. މި ކެމްޕޭނުގައި ފެނިގެންދާނެ މޫނަކީ އެކްޓްރެސް ނަންދިތާ ދާސް އެވެ.

ކެތްރީނާ ކައިފް އާއި، ސޯނަމް ކަޕޫރާއި ޖޯން އަބްރަހަމް އާއި ރިތިކް ރޯޝަން އަދި ޝާހިދު ކަޕޫރު ފަދަ ތަރިންނަކީ ހަންގަނޑުގެ ކުލަ އަލިކޮށްދޭނެ ކަމަށް ބުނާ ކްރީމްތަކުގެ އިޝްތިހާރުތައް ކުޅެދީފައިވާ ތަރިންނެވެ. މިފަދަ އިޝްތިހާރުތަކުން ތަރިންނަށް ބޮޑެތި އުޖޫރައެއް ލިބެއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ތަލަވުން ހުއްޓުވިދާނެ ފަރުވާއެއް ހޯދިއްޖެ ސައިންސްވެރިން ބުނެފި

ބޯ ތަލަވުން ނުވަތަ ބޮލުން އިސްތަށި ފޭބުން ހުއްޓުވައިދޭ ފަރުވާއެއް ސައިންސްވެރިން ހޯދައިފި އެވެ. މިއީ އިސްތަށީގެ ބުޑާއި ...

ފެޝަން ބުރުގާ އަޅަމުންދިޔަ އަޝްފާ ބުރުގާ ބާލައިފި

ބުރުގާ އެޅުމުގެ ސްޓައިލާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ، މަރިޔަމް އަޝްފާ، ރަސްމީކޮށް ބުރުގާ ...

ނިއުޔޯކް ފެޝަން ވީކްގައި ސަނީ ލިއޯން އާއި ޕްރިޔަންކާ އެކުގައި

ނިއުޔޯކް ފެޝަން ވީކްގައި ބޮލީވުޑްގެ ތަރި ސަނީ ލިއޯން އާއި  ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔާންކާ ...

އަދިވެސް އެންމެ ރީތި ލޮލުގެ ވެރިޔަކީ އައިޝްވާރިޔާ.

ކޮންމެ މީހަކީވެސް ރީތި މީހެކެވެ. ތަފާތު މީހެކެވެ. ނަމަވެސް ބައެއް މީހުންގެ ބައެއް ގުނަވަންތައް ފާހަގަ ކޮށްލެވޭ ވަރަށް ...

ފައިކުރި ފުޅާ ޖިންސާއި ފަޓުލޫނު އަނެއްކާވެސް މަޤުބޫލު ޓްރެންޑަކަށް؟

ފައިގެ ރީތި އަދި ލޫޅާފަތި ބައްޓަން ދައްކާލަން ހާއްސަކޮށް ބައެއް އަންހެންވެރިންގެ މެދުގައި ބާރު ސްކިނީ ޖީންސް ވަރެއް ...

އާމާލް ކްލޫނީ ބޭނުންވަނީ ވޯގް މެގަޒިންގެ ކަވަރަށް އަރަން

އިނގެރޭސި ހިއުމަންރައިޓްސް ލޯޔަރު އަދި މަޝްހޫރު އެކްޓަރ ޖޯޖް ކްލޫނީގެ އަންހެނުން މިހާރު އެންމެ ބޭނުންވާ ކަމަކީ ވޯގް މެގަޒިންގެ ...