އިސްރާއީލުން ސޫރިޔާގެ ބައެއް ސަރަހައްދުތަކަށް ހަމަލާ ދީފި

އިސްރާއީލުން ސޫރިޔާގެ ބައެއް ސަރަހައްދުތަކަށް އުދުވާނީ ހަމަލާތަކެއް ދީފިއެވެ.

ސޫރިޔާ ސިފައިން ނެރުނު ބަޔާނެއް ބުނާގޮތުން އިސްރާއީލުގެ ފައިޓަރ ޖެޓުންނާއި މިސައިލުން ދިމިޝްގުގެ ގުތައިފާ ސަރަހައްދަށް އަންގާރަ ދުވަހު ވަނީ ހަމަލާތަކެއްދީފައެވެ. އިސްރާއީލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ސޫރިޔާގެ ވައިގެ ދިފާއީ ބާރުތަކުން ދިން ހަމަލާތަކުގެ ތެރެއިން ޙަމަލާއެއް އިސްރާއީލުގެ ފައިޓަރ ޖެޓަކަށް އެރިކަމަށްވެސް ސޫރިޔާގެ އަސްކަރީ ބަޔާން ބުނެއެވެ.

އިސްރާއީލުން ސޫރިޔާއަށް ދޭ އުދުވާނީ ހަމަލާތައް އަމާޒުކުރަނީ މައިގަނޑު ގޮތެއްގައި ސޫރިޔާގެ އަސްކަރީ ބައެއް މަރުކަޒުތަކަށާއި އަސްކަރީ ދިރާސާތައް ކުރާ ލެބޯޓްރީތަކަށާއި ހަތިޔާރު ގުދަންތަކަށެވެ. އަންގާރަ ދުވަހު އިސްރާއީލުން ސޫރިޔާއަށް ދިން ޙަމަލަތަކާބެހޭގޮތުން އިސްރާއީލުން ބަޔާނެއް ދީފައެއްނުވެއެވެ.

ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައިވާ ސޫރިޔާއަށް އިސްރާއީލުން އުދުވާނީ ހަމަލާތައް ދެމުން މިގެންދަނީ ސޫރިޔާ މިހާރު އޮތް ނާޒުކު ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެންނެވެ. އިސްރާއީލުންވަނީ ސޫރިޔާގެ އުސް ބިންތަކެއް ކަމަށްވާ ގޯލާންގެ ބިންތަކަށްވެސް ގަދަބާރުން ވެރިވެގަނެ އެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވަން ފަށާފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ބޭރުގައި މާސްކު އަޅަން ނުޖެހޭ ގޮތަށް ސުޕެއިނުގައި ކަނޑައަޅައިފި

ބޭރުގައި މާސްކު އަޅަން ނުޖެހޭ ގޮތަށް ސުޕެއިނުގައި ކަނޑައަޅައިފިއެވެ. ބޭރުގައި އުޅޭ އުޅުމުގައި މާސްކު އެޅުމަށް ސުޕެއިނުގައި މަޖުބޫރުކުރީ ...

އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރު ޑޮނަލްޑު ރަމްސްފިލްޑު އަވަހާރަވެއްޖެ

އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރު ޑޮނަލްޑު ރަމްސްފިލްޑު އަވަހާރަވެއްޖެއެވެ. ރަމްސްފިލްޑުގެ ޢާއިލާއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ އަވަހާރަވީ ...

އިރުމަތީ ޤުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި އޯ.އައި.ސީ އިން އިޢުލާންކޮށްފި

އިރުމަތީ ޤުދުސަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން، އޯ.އައި.ސީ އިން ކަނޑައަޅައި އިޢުލާންކޮށްފިއެވެ. އޯ.އައި.ސީން ...