• Categories
  • Archives

ސޯޓަކަށް ބަދަލުކޮށްލެވޭ މި ޖީންސް ފެޝަނަކަށް

ފެޝަންގެ ދުނިޔެއަކީ ތަފާތު ދުނިޔެއެކެވެ. ކޮންމެ ފަދަ ކަމެއްވެސް ފަހުގެ ޓްރެންޑަކަށް ބަދަލުވެ އެތައްބަޔަކަށް ކަމުގޮސްދާނެކަން، ވީދާފައި ހުންނަ ޖީންސުން ފެށިގެން ޗަކައިން ފުރިފައިވާ ޖީންސާއި ހަމައަށް ވަނީ ސާބިތުވެގެން ގޮސްފައެވެ. މިއީ ޖީންސުގެ ފެޝަނަށް އިތުރުވި އެފަދަ ބޮޅެކެވެ

އެގޮތުން “ވައި ޕްރޮޖެކްޓް” އިން އުފެއްދި މި ޖީންސަކީ ބޭނުން ނަމަ ސޯޓަކަށް ބަދަލުކޮށްލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޖީންސެކެވެ. “ކަޓްއައުޓް ޓްރާންސްފޯމާ ކޮޓަން ޑެނިއަމް ޖީން”ގެ ނަން ދީފައިވާ މި ޖީންސް މިހާރު ބާޒާރުގައި ވިއްކަން ފަށާފައިވާއިރު ކަޅާއި ނޫ، އަދި ހުދުކުލައިން ތައްޔާރު ކުރެވިފައި ވެއެވެ.

އެތައް ބައެއްގެ ސަމާލުކަން ލިބިފައިވާ މި އާ ޖީންސަކީ ބަލާބެލުމަށް އާދައިގެ، އެހެން ނަމަވެސް ތަފާތު ޑިޒައިނަކަށް ތައްޔާރުކޮށްފައިވާ ޖީންސެއް ނަމަވެސް އޭގެ އަގު އެހެން ޖީންސްތަކާއި ހިލާފަށް ބޮޑެވެ. އެމެރިކާއިން މި ޖީންސް ވިއްކާ އަގަކީ 444 ޑޮލަރެވެ.

މި ޖީންސް އުފެއްދި ކުންފުނިން ދާދިފަހުން ވަނީ ޕްލާސްޓިކް ބޭނުންކޮށްގެންވެސް ތަފާތު ޖީންސެއް ފަރުމާކޮށް ވިއްކާފައެވެ. 100 އެމެރިކާ ޑޮލަރަށް ވިއްކަން ބާޒާރަށް ނެރުނު ހުރިހައި ޖީންސެއް ވިކިފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނާގޮތުގައި، އެފަރާތުން ބޭނުންވަނީ ތަފާތު އެހެން ނަމަވެސް ގިނަ ބަޔަކު ބޭނުންވާނެފަދަ އުފެއްދުންތައް ބާޒާރަށް ނެރުމަށެވެ. އެގޮތުން ފަހަކަށް އައިސް ނެރެމުންދާ ތަފާތު އުފެއްދުންތަކުގެ ސަބަބުން ކުންފުނީގެ ވެބްސައިޓަށް ވަންނަ މީހުންގެ އަދަދު އިތުރުވެފައިވުމީ ލިބުނު ކުރިއެރުމެއްކަން އެކުންފުނިން ބުނެއެވެ.

އެ ކުންފުނިން ބުނާގޮތުގައި، ކުރިޔަށް އޮތްތަނުގައިވެސް ކަސްޓަމަރުންނަށް ކަމުދާނެ ތަފާތު އުފެއްދުންތައް ބާޒާރަށް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. އެހެންކަމުން ދެން ފެނިގެންދާނީ ކޮންކަހަލަ ޖީންސެއްތޯ ގިނަ ބަޔަކު މިހާރު ދަނީ ސުވާލު އުފައްދަމުންނެވެ. އަދި އަނެއް ބަޔަކު ދަނީ އެފަދަ އުފެއްދުންތަކަށް ވަރަށް ބޮޑަށް މަލާމާތް ރައްދުކުރަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

ފެޝަންގެ ދުނިޔޭގައި ހެދުމާއި ގުޅޭ އެންމެ މުހިންމު އެކައްޗަކަށް ފޯނުވެއްޖެ

ފޯނަށް ދެވިހިފާ އެއާ ނުލާ ނޫޅެވޭ ހިސާބަށް މިހާރު ވަނީ ގޮސްފައެވެ. ހެނދުނު ހޭލާއިރުއާއި، ނިދަން އޮށޯންނައިރުވެސް، ކުރެވޭ ...

ކަޅަކީ ރީތިކަން ކަމުގައި ބުނެ ދޮންވާ ކްރީމަށް ކަންގްނާ ނޫނެކޭ ބުނެފި

ކަޅުވުމަކީ މައްސަލައެއް ނޫން ކަމަށާއި، ކަޅަކީވެސް ރީތިކަން ކަމުގައި ބުނެ، ދޮންވާ ކްރީމެއްގެ އިޝްތިހާރަކަށް ބޮލީވުޑްގެ މަޝްހޫރު ތަރި، ...

އާމާލް ކްލޫނީ ބޭނުންވަނީ ވޯގް މެގަޒިންގެ ކަވަރަށް އަރަން

އިނގެރޭސި ހިއުމަންރައިޓްސް ލޯޔަރު އަދި މަޝްހޫރު އެކްޓަރ ޖޯޖް ކްލޫނީގެ އަންހެނުން މިހާރު އެންމެ ބޭނުންވާ ކަމަކީ ވޯގް މެގަޒިންގެ ...

އަދިވެސް އެންމެ ރީތި ލޮލުގެ ވެރިޔަކީ އައިޝްވާރިޔާ.

ކޮންމެ މީހަކީވެސް ރީތި މީހެކެވެ. ތަފާތު މީހެކެވެ. ނަމަވެސް ބައެއް މީހުންގެ ބައެއް ގުނަވަންތައް ފާހަގަ ކޮށްލެވޭ ވަރަށް ...

ހިންދީ ފިލްމް “ފެޝަން” ގެ ދެވަނަ ބައެއް އުފައްދަން ނިންމައިފި

2008 ވަނަ އަހަރު ރިލީޒް ކޮށްފައިވާ ހިންދީ ފިލްމް “ފެޝަން” ގެ ދެވަނަ ބައެއް އުފެއްދުމަށް ފިލްމު ޓުރޭޑު އެނަލިސްޓު ...

ނިއުޔޯކް ފެޝަން ވީކްގައި ސަނީ ލިއޯން އާއި ޕްރިޔަންކާ އެކުގައި

ނިއުޔޯކް ފެޝަން ވީކްގައި ބޮލީވުޑްގެ ތަރި ސަނީ ލިއޯން އާއި  ބޮލީވުޑް އަދި ހޮލީވުޑްގެ މަޝްހޫރު ތަރި ޕްރިޔާންކާ ...