ނަހުލާގެ އާ ހުށަހެޅުމެއް އަނެއްކާވެސް އައްޒައަށް

މިމަހުގެ 19 ވަނަ ދުވަހުގެރޭ ބާއްވަން ހަމަޖެހިފައިވާ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ބަތަލާގެ ބަޔަށް ‘4426’ އިން މަރިޔަމް އައްޒަ ނޮމިނޭޓް ނުވުމުން ހައިރާންކަން ލިބުނު ޕްރޮޑިއުސަރު އަދި ޑައިރެކްޓަރ ފާތުމަތު ނަހުލާ އަނެއްކާވެސް އައްޒައަށް ފިލުމެއް ހުށަހަޅައިފި އެވެ.

ނަހުލާ ދެން އުފައްދާނީ ކޮން ފިލުމެއް ކަން ނުބުނި ނަމަވެސް އޭނާގެ ފޭސްބުކު ޕޭޖުގައި ބުނެފައިވަނީ ކްރިސްޓަލް އެންޓަޓެއިންމެންޓުން ދެން އުފައްދާ ފިލުމެއްގައިވެސް ލީޑް ރޯލް އަދާ ކުރުމަށް އައްޒައަށް ހުށަހަޅާ ކަަމަށެވެ. އައްޒަ ވަނީ ފޭސްބުކު މެދުވެރިކޮށް ނަހުލާގެ ހުށަހެޅުން އުފަލާއެކު ބަލައިގަތް ކަމަށް ބުނެފަ އެވެ.

 ނަހުލާގެ ‘4426’ އަށްފަހު ‘ބޮސް’ ގައިވެސް ހުނަރުވެރި މޮޅު އެކްޓިން އެއް ދައްކުވައިދިން އައްޒައަށް ނަހުލާގެ އާ ފިލުމެއް ހުށަހެޅި އިރު ނަހުލާ ބުނެފައިވަނީ އައްޒައަކީ މިފަހަރުގެ ފިލްމު އެވޯޑުގައި އެންމެ މޮޅު ބަލަތާގެ އެވޯޑް ހައްގު ތަރި ކަމަށެވެ. ‘4426’ އިން އައްޒަ އާއި ޝީލާ ނޮމިނޭޓް ނުވިޔަސް އެ ދެ ތަރިންނަކީވެސް އެވޯޑު ހައްގު ބައެއް ކަމަށް ނަހުލާގެ އިތުރުން ފިލުމީ ދާއިރާގެ އެހެން ފަންނާނުންވެސް ބުނެފައިވެ އެވެ.

މީގެ ކުރިން ވީނިއުސްއަށް ނަހުލާ ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ‘ބޮސް’ އަށްފަހު ދިގު ބްރޭކެއް ނަގަން ބޭނުންވާ ކަމަށެވެ. ދެން ފިލުމެއް އުފައްދާނެ ތާރީހެއް ނުވަތަ އެފަދަ ހިޔާލެއްވެސް ހުރިކަމެއް އޭރު ނަހުލާ ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ނަހުލާގެ ކުންފުނި ކްރިސްޓަލް އިން އަނެއްކާވެސް ބެލުންތެރިންގެ މަގުބޫލުކަން ހޯދާވަރުގެ ފިލުމެއްގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަަމުގެ އިޝާރާތެއް ނަހުލާ މިހާރު މިވަނީ ދީފަ އެވެ.

 އައްޒަ ބުނީ ނަހުލާގެ އާ ހުށަހެޅުމެއް މިލިބުނީ ސަޕްރައިޒެއްގެ ގޮތުގައި ކަމަށެވެ. ނަހުލާގެ ކުރިއަށް އޮތް ފިލުމުގެ ލީޑް އެކްޓްރެސްގެ ރޯލަށް ފަހުރުވެރިކަމާއެކު އާ އެކޭ ބުނާ ކަން ހާމަކުރަމުން އައްޒަ ވަނީ ނަހުލާއަށް ވަރަށް ބޮޑަށް ތައުރީފުކޮށް ޝުކުރުވެސް އަދާކޮށްފަ އެވެ. އައްޒައަށް ނަހުލާގެ ފަރާތުން ވަރަށް ގިނަ ކަންތައްތައް ދަސްވެއްޖެ ކަމަށާއި، ފިލްމީ ދާއިރާގައި އައްޒަގެ އެންމެ ބޮޑު ހިތްވަރަކީ ނަހުލާ ކަމަށްވެސް އޭނާ ބުންޏެވެ.

އޮލިމްޕަހުގައި މިއަހަރު އެޅުވި ގިނަ ފިލުމުތަކެއްގައި ލީޑް ރޯލް އަދާކުރި އައްޒަ އަކީ މިހާރު ފިލުމީ ދާއިރާގައި މަޝްހޫރު މޫނެކެވެ. އޭނާއަށް ބެލުންތެރިންގެ ލޯތްބަކީ އެވޯޑަކަށްވުރެ މާ މުހިއްމު އެއްޗެއް ކަމަށްވެސް އައްޒަ ގެންދަނީ ބުނަމުންނެވެ. ފިލުމު އެވޯޑްސްގައި އެންމެ މޮޅު ބަތަލާގެ އެވޯޑަށް އައްޒަ ނޮމިނޭޓް ނުވުމުން ސޯޝަލް މީޑިއާގައި އައްޒަގެ ފޭނުން ވަނީ ބޮޑު ކެމްޕޭނެއްވެސް ފަށާފަ އެވެ.

އައްޒަ ބުނީ ނޮމިނޭޝަންސްތައް އައި ގޮތުން އެއްވެސް ވަރަށް ހިތްވަރު ގެއްލިގެން ނުދާ ކަމަށާއި، އޭނާގެ ފޭނުންގެ ލޯތްބާއި ތާއީދުގެ ސަބަބުން ކުރިއަށް އޮތް އަހަރު އަދި މާ މޮޅު އެކްޓިން އެއް ދެއްކުމަށް މަސައްކަތް ކުރުމުގެ ހިތްވަރު އާވެއްޖެ ކަމަށެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

މަޓީން ބުނީ މިހާލަތުގައި ޓުއަރިޒަމްދާއިރާ އާއްމު ހާލަތަކަށް އައުމަކީ ނާދިރުކަމެއްކަމަށް- ނަޝީދު

މިހާލަތުގައި ޓުއަރިޒަމްދާއިރާ އާއްމު ހާލަތަކަށް އައުމަކީ ނާދިރުކަމެއްކަމުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަން އިންޑަސްޓްރީ (  މަޓީން )  ...

ޔާމީން އަތުން 5 މިލިއަން ޑޮލަރު ހޯދެން ނެތް ކަމަށް ހުކުމްކޮށްފި

މަނީ ލޯންޑްރިންގެ މައްސަލާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށާއި ފަސް މިލިއަން ޑޮލަރުން ...

ކުރިއަށްއޮތް 5 އަހަރު އިބޫގެ ވެރިކަމެއް ނިމޭއިރު އައްޑޫސިޓީގެ އެއްވެސް މީހަކު ވަޒީފާ ނުލިބިގެން އުޅޭކަށް ނުޖެހޭނެ- ރޮޒެއިނާ

ކުރިއަށްއޮތް 5 އަހަރު އިބޫގެ ވެރިކަމެއް ނިމޭއިރު މިއައްޑޫސިޓީގެ އެއްވެސް މީހަކު ވަޒީފާ ނުލިބިގެން އުޅޭކަށް ނުޖެހޭނެކަމަށް އައްޑޫ ...