ބޮލީވުޑްގެ މަޝްހޫރު އާއިލާ އަކަށް ނިސްބަތްވާ ބަތަލާ އީޝާ ޑިއޯލް ވިހައިފި އެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓް ކުރާ ގޮތުގައި އީޝާ ވިހާފައިވަނީ މިދިޔަ ހުކުރު ދުވަހު އެވެ.

އުމުރުން 35 އަހަރުގެ އީޝާ ޑިއޯލްއަށް ލިބިފައިވަނީ އަންހެން ކުއްޖެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިއީ އީޝާއަށް ލިބުނު ފުރަތަމަ ދަރިފުޅެވެ.

އިޝާ ޑިއޯލް ކައިވެނި ކުރީ 2012 ވަނަ އަހަރުގެ ތެރޭގައި އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ބާރަތު ތަހްތާނީ ކިޔާ މީހަކާ އެވެ.

އީޝާ ޑިއޯލް އަކީ ކުރިން ވަރަށް މަޝްހޫރު ފިލްމީ ދެ ތަރިން ކަމަށްވާ އަދި މިހާރު ދެމަފިރިން ކަމަށްވާ ހެމާ މާލިނީ އާއި ދަރްމެންދުރާގެ ދަރިފުޅެކެވެ.

އީޝާ ޑިއޯލް 2002 އިން 2015 ވަނަ އަހަރުގެ ނިޔަލަށް 29 ފިލްމެއްގައި ހަރަކާތްތެރިވެފައިވީ ނަމަވެސް އޭނާއަށް މާބޮޑު މަގުބޫލުކަމެއް ލިބިފައެއް ނުވެ އެވެ. ނަމަވެސް ބައެއް ފިލްމީ އެވޯޑްތަކުން ބައެއް އެވޯޑްތައް ހާސިލްކޮށްފައިވެ އެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގުރުއާން ހިތުދަސްކޮށްގެން ދެއްވާ މެޑަލް ސ. މީދޫ މެރިހާނާ މަރިޔަމްދީދީ ހާސިލްކޮށްފި

ކީރިތިި ގުރުއާން ހިތު ދަސްކޮށްގެން ރައީސުލްޖުމްހޫރިއްޔާ އަބަދުﷲ ޔާމީން އަބަދުލް ގައްޔޫމް ދެއްވާ މެޑަލްއާއި ހަނދާނީލިއުން ސ. މީދޫ ...

އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗުކުރުން މިރޭ – ހުޅުމީދޫ ޖަލްސާ އަތޮޅުމަދަރުސާގައި

ހުޅުމީދޫގައި ބާއްވާ އެމްޑީޕީ ރަށްވެހި ފަތިސް ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ މިރޭ 8:45 އަތޮޅުމަދަރުސާގައި ބޭއްވޭނެއެވެ. ހުޅުމީދޫގައި ބާއްވާ ...

ސަލްމާން ޚާން ފަސް އަހަރަށް ޖަލަށް

ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ސަލްމާން ހާން ފަސް އަހަރަށް ޖަލަށް ލާން ހުކުމް ކުރުމަށްފަހު ޖަލަށް ގެންގޮސްފިއެވެ. ...