އީރާނުގެ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން މަނާކޮށްފި

އީރާނުގެ ޕްރައިމަރީ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން އެޤައުމުގެ ސަރުކާރުން މަނާކޮށްފިއެވެ.

އީރާނުގެ ސްކޫލްތަކުގައި އިނގިރޭސި ބަސް ކިޔަވައިދިނުން މަނާކުރީ، އެކަމުގެ ސަބަބުން ހުޅަނގުގެ ސަޤާފަތާއި އާދަކާދަތައް އެޤައުމުގައި ފެތުރުމަށް ޖާގަ ލިބިގެންދާނެކަމަށް އެޤައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެފައިވަނިކޮށެވެ. ޚާމަނާއީ ވިދާޅުވީ، ޕްރައިމަރީ މަރުހަލާއަކީ ދަރިވަރުންނަށް އީރާނުގެ ސަޤާފަތުގެ ބިންގާ އެޅިގެންދާ މަރުހަލާކަމަށެވެ.

އީރާނުގެ ހަޔަރ އެޑިއުކޭޝަން ކައުންސިލުގެ ރައީސް ވިދާޅުވީ، ސަރުކާރު ސްކޫލްތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލްތަކުގެ ޕްރައިމަރީ ގްރޭޑްތަކުގައިވެސް އިނގިރޭސި ބަސް ކިޔަވައިދިނުމަކީ މަނާކަމެއްކަމަށެވެ.

އީރާނުގެ ސްކޫލްތަކުގައި ޢާއްމު ގޮތެއްގައި އިނގިރޭސި ބަސް ކިޔަވައިދޭން ފަށަނީ ދަރިވަރުންގެ އުމުރުން 12 އަހަރާއި 14 އަހަރާ ދެމެދުއެވެ. ބައެއް ދަރިވަރުން އިނގިރޭސިބަސް ދަސްކޮށްދޭ ޚާއްސަ ކްލާސްތަކަށްވެސް ދެއެވެ. ނަމަވެސް އީރާނުގެ ހަރުކަށި ދީނީ ލީޑަރުން އަބަދުވެސް މިކަމަށް ދެކޮޅު ހަދައެވެ.

ޕްރައިމަރީ ގްރޭޑްތަކުގައި އިނގިރޭސިބަސް ކިޔަވައިދިނުން މަނާކުރުމުން، ސޯޝަލް މީޑިއާގައި އީރާނުގެ ރައްޔިތުންގެ ދަނީ އެކަމަށް ފާޑުކިޔައި، ޖޯކު ޖަހަމުންނެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އީރާނުގެ ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުންވެސް މުޒާހަރާކޮށްފި

އީރާނުގެ ސަރުކާރާ ދެކޮޅަށް އެ ޤައުމުގެ އެތައް ހާސްބަޔަކު މުޒާހަރާ ކުރާތާ ހަ ދުވަސް ފަހުން، އެ މުޒާހަރާތަކާ ...

ފަލަސްތީން ރައްޔިތުންނަށް ނަސްރުދެއްވުމަށް އެދި ގުނޫތު ކިޔަން ނިންމަވައިފި

ފަލަސްތީނުގެ ރައްޔިތުންނަށް ނަސްރުދެއްވުން އެދި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ނާޒިލާ ކިޔަން އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވައިފިއެވެ. އިސްލާމިކް ...

ރީކަނެކްޓް ވިތް މޯލްޑިވްސް ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފި

ރާއްޖެއިން ފަތުރުވެރިންނަށް ކުރެވޭ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުމަށް ހާއްސަކޮށްފައިވާ “ރީކަނެކްޓް ވިތް މޯލްޑިވްސް” ޕްރޮގްރާމް ސީއެންއެންގެ ފީޑްތަކުގައި ދައްކައިފިއެވެ. ...