ފެޝަން ބުރުގާ އަޅަމުންދިޔަ އަޝްފާ ބުރުގާ ބާލައިފި

ބުރުގާ އެޅުމުގެ ސްޓައިލާ ގުޅިގެން އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ، މަރިޔަމް އަޝްފާ، ރަސްމީކޮށް ބުރުގާ ބާލައިފިއެވެ.

އަޝްފާ ވަނީ ރަސްމީކޮށް ބުރުގާ ބޭލިކަން “އީވަގުތު” އަށް ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް، އެކަމާ ގުޅިގެން އެއްވެސް ކޮމެންޓެއް ކުރަން ބޭނުންނުވާކަމަށް އޭނާވަނީ ބުނެފައެވެ.

އޭނާ ބުރުގީ ބޭލީ އަމިއްލަ އިހުތިޔާރުގައިތޯ ނުވަތަ ބަޔަކު ބުނެގެންތޯ ސުވާލުކުރުމުން އޭނާ ބުނެފައިވަނީ އެކަމާ ގުޅިގެން އެއްވެސް ބަޔަކަށް މައުލޫމާތު ދޭން ބޭނުންނުވާކަމަށެވެ.

އަޝްފާ ބުރުގާ ބޭލިކަން ކަށަވަރުވެފައިވާއިރު މީގެކުރިން މީޑިޔާއަކަށް ދިން ބަސްދީގަތުމެއްގައި އޭނާ ބުނެފައިވަނީ ބުރުގާ ބޭލުމުގެ އެއްވެސް ޚިޔާލެއް ނެތްކަމަށާއި ބުރުގާ ބާލަފާނެހެންވެސް ހީނުވާކަމަށެވެ.

މިއުޒިކް ޝޯވ ތަކާއި އެވޯރޑް ޚަފްލާތައް އަދި އެނޫންވެސް އާއްމު ޚަފްލާތަކުގައި އަޝްފާގެ ހެދުން އެޅުމާއި ބުރުގާގެ ސްޓައިލަށް އެތައް ބައެއްގެ ފާޑުކިޔުން އަމާޒުވެއެވެ. އެހެންނަމަވެސް، އެކަންކަމަށް އެއްވެސް ފަރުވާލެއް ނުބަހައްޓާކަމަށް އަޝްފާވަނީ މީގެކުރިންވެސް ބުނެފައެވެ.

އަޝްފާއަކީ ރާއްޖޭގައި އުފެދުނު އެންމެ މަޝްހޫރު އެއް ލަވަކިޔުންތެރިޔާ، މުޙައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ އަންހެނުންނެވެ. އަޝްފާވަނީ ގިނަ ޝޯވ ތަކަކަށާއި ބައެއް ފިލްމުތަކަށްވެސް ލަވަ ކިޔައިދީފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ޢަލީ ވަޙީދު ޢިސްތިއުފާ ދެއްވުމަށް ރައީސް އަންގަވައިފި

މިނިސްޓަރ އޮފް ޓުއަރިޒަމް ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ބުދަ ދުވަހުގެ ...

މީދޫ ދާއިރާއަށް  ވާދަ ކުރާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރެވިފައިވާގޮތް

ރަށްޔިތުންގެ މަޖިލިސް  އިންތިޚާބުގައި މީދޫ ދާއިރާއަށް  ވާދަކުރައްވާ  ކެނޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށް ގުރުއަތު ނަގައިފިއެވެ. އަންނަ ރަމަޟާންމަސް ނިމިގެން ...

ރަނިންމޭޓް، އައްޑޫ އަސްލަމަށް ޝާހިދުގެ ތައުރީފް; އަސްލަމަކީ އިޚުލާސްތެރިއެއް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިންމޭޓް ކަމަށް ހަމަޖެއްސެވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު ...