ދެއަހަރުގެ މެދުކެނޑުމަކަށް ފަހު ރާނީ އެނބުރި އަންނަނީ

ގިނަ ފިލުމަތެއްގައި މޮޅު އެކްޓިންއެއް ދެއްކި ބޮލީވުޑްގެ ބަތަލާ ރާނީ މުކަރުޖީގެ އެނބުރި އައުން ވަރަށް އަވަސް ކަމަށާއި، ބޮޑު ސުކުރީނުން އަންނަ އަހަރު އޭނާ ފެންނާނެ ކަމަށް ރާނީ ބުނެފި އެވެ.

ރާނީ ދެ އަހަރުގެ ޗުއްޓީއެއް ނެގީ ދަރިފުޅަށް ވަގުތު ދިނުމުގެ ގޮތުންނެވެ. އެހެންނަމަވެސް މިހާރު ރާނީ އަންނަނީ އަނެއްކާވެސް ސުކްރީނުތަކާއި ހަމައަށް އައުމަށް އާ ފިލުމެއްގެ މަސައްކަތް ކުރަމުންނެވެ.

މިހާރު ޝޫޓް ކުރަމުން އަންނަ ރާނީގެ ފިލުމަކީ ‘ހިޗްކީ’ އެވެ. މިފިލުމު ކުޅެން ފެށުމުގެ ކުރިން ރާނީއަށް އެންމެ ރަނގަޅަށް އެކްޓް ނުކުރެވިދާނެދާތީ ޖެހިލުންވި ކަމަށާއި، ޑައިރެކްޓަރާވެސް އެވާހަކަ ހިއްސާ ކުރި ކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ވަގުތުދީގެން މަސައްކަތް ކޮށްފިނަމަ ކާމިޔާބުވާނެ ކަމަށް ޑައިރެކްޓަރު ބުނި ކަމަށާއި، ފުރަތަމަ ދުވަހުގެ ޝޫޓިންގައި މިއީ ނުވާވަރުގެ ކަމެއް ނޫންކަން ރާނީ އަށް އިހްސާސް ކުރެވުނު ކަމަށްވެސް އޭނާ ބުންޏެވެ. އޭގެ ފަހުން ރާނީއަށް މި ފިލުމުގެ މަންޒަރުތައް ކުޅުމަކީ ވަރަށް ފަސޭހަކަމެއް ކަމަށް ގަބޫލު ކުރެވުނު ކަމަށާއި، ޢޭނާ އަކީ ކާކުކަން ދެން ހަނދާން ނައްތާލައިގެން ނުވާނެ ކަމުގެ އިހްސާސް ކުރެވުނު ކަމަށްވެސް ރާނީ ބުންޏެވެ.

 

ރާނީގެ ފާހަގަ ކޮށްލެވޭ ފިލުމުތަކުގެ ތެރޭގައި ބޮލީވުޑްގެ ކާމިޔާބު ފިލުމުތަކެއް ހިމެނެ އެވެ. މީގެތެރޭގައި ‘ބްލެކް’، ‘ތަލާޝް’، ‘މަރްދާނީ’ އަދި ‘ނޯ ވަން ކިލްޑް ޖެސިކާ’ ފަދަ ފިލުމުތައް ހިމެނެ އެވެ. ރާނީގެ އެނބުރި އައުމަށް އިންތިޒާރުކުރާ އޭނާގެ ފޭނުންނަށް ރާނީގެ ފިލުމެއް ފެންނަން މާ ގިނަ ދުވަހެއް ދެން ނެތެވެ. އަންނަ އަހަރުގެ ކުރީ ކޮޅު ރާނީގެ އެނބުރި އައުން ބެލުންތެރިންނަށް ކަމުދާނެ ކަމަށް އޭނާވެސް އުއްމީދު ކުރެ އެވެ.

ފުރަތަމަ ދަރިފުޅު ލިބުނުފަހުން ފިލްމީ ދާއިރާއާ ދުރުގައި ހުރި ރާނީ ބުނީ އޭނާގެ ފިރިމީހާ އަދިތްޔާ ޗޯޕްރާ ގާތު ފިލުމެއްގެ ކާސްޓުންގެ ތެރޭގައި އޭނާ ހިމެނުމަށް ނޭދޭ ކަމަށާއި، މިހާ ގިނަ ދުވަހު ފިލުމީ ދާއިރާއާއި ދުރުގައި ހުންނަން ޖެހުނަސް މަސައްކަތާ ގުޅޭ ވާހަކަ އަދިތްޔާއާ ނުދައްކާ ކަމަށެވެ.

އެ ދެމަފިރިންގެ މެދުގައި މަޝްވަރާ ކުރެވެނީ ފިލްމީ ވާހަކައަށް ވުރެ ބޮޑަށް އާއިލީ ލޯބީގެ ވާހަކައާއި، އިތުރު ދަރިއެއް ހޯދުމުގެ ހިޔާލާއި ގުޅޭ ވާހަކަތައް އެކަނި ކަމަށް އޭނާ ބުންޏެވެ. އަދި ބޮޑު އާއިލާއެއް ބޭނުން ނުވާ ކަމަށާއި، އެހެންނަމަވެސް އަބަދުވެސް ދެވަނަ ދަރިއެއް ހޯދުމަށް މަސައްކަތް ކުރެވިދާނެ ކަމަށް ރާނީ ބުންޏެވެ.

ރާނީގެ ފިރިމީހާ، އެދެމީހުންގެ ދަރިފުޅު އަދި ރާނީ

ފިލުމު ކުޅުމަކީ ރާނީ ބޭނުންވި ކަމެއް ނޫން ކަމަށާއި، ހަމައެކަނި ފިލުމީ ދާއިރާގައި ދެމިހުންނަނީ އޭނާގެ މަންމަގެ އެދުމުގެ މަތިން ކަމަށް ރާނީ ބުނެ އެވެ. ހަމައެކަނި މަންމަގެ އުންމީދު ހާސިލުކޮށްދިނުމުގެ ނިޔަތުގައި ރާނީ ފިލުމީ ދާއިރައާއި ގުޅުނީ ބައްޕަގެ ނުގަބޫލުގަ އެވެ. ރާނީގެ ބައްޕައަކީވެސް ގިނަ ދުވަސްތަކެއް ވަންދެން ފިލުމު އިންޑަސްޓްރީގައި މަސައްކަތް ކުރި މީހަކަށް ވާތީ އޭރު ރާނީއަށް ސިނަމާތަކާ ހަމައަށް ދިއުމަކީ ފަސޭހަކަމަކަށް ވާނެ ކަމަށް ރާނިގެ ބައްޕަ ގަބޫލެއް ނުކުރެއެވެ. އެހެންކަމުން މަންމަގެ އެދުމާމެދު އަލުން ވިސްނުމަށް މަންމައަށް ހުށަހެޅި ކަމަށާއި، އެހެންނަމަވެސް ރާނީގެ މަންމަ އެދުނީ އެއްފަހަރު ނަމަވެސް ފިލުމެއް ކުޅެލަން މަސައްކަތް ކުރުމަށެވެ.

އެހެންކަމުން މަންމަގެ އެދުމުގެ މަތިން ފުރަތަމަ ފަހަރަށް ފިލުމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިގެން އެ ކަމުގެ ތެރޭގައި އުޅެވުނީމާ ދެން ރާނީވެސް ބޭނުންވީ އެގޮތުގައި ކުރިޔަށް ދާށެވެ. ދެން ފަސް އެނބުރި ބެލުމެއް ނެތް ކަމަށް އެހާ ހިސާބުން ނިންމައިގެން ފިލުމީ ދާއިރާއަށް ހާއްސަވި ރާނީ ބުނީ އޭރު އޭނާގެ ބައްޕައަކީ އެހާ ކާމިޔާބު ޕްރޮޑިއުސަރެއް ނުވަތަ ޑައިރެކްޓަރެއްވެސް ނޫން ކަމަށެވެ.

 

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ގަދަ ހަތަކަށް ނުހޮވި ކެޓީ މުނާޒް

މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ގަދަ ހަތަކަށް ނުހޮވި މުނާޒް މި މުބާރާތުން ކަޓައިފިއެވެ. އައިޑަލް ސީޒަން ތިނެއްގެ ...

އެކުވެރި ޤައުމުތަކާ މެދު އުފައްދާ ނަފްރަތުގެ ސަބަބުން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ – ރޮޒައިނާ

ރައްޔިތުންގެ ހިތުގައި އެކުވެރި ޤައުމުތަކާ މެދު އުފައްދާ ނަފްރަތުގެ ސަބަބުން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ ކަމުގައި އައްޑޫ ...

ކޮޕާ އެމެރިކާ : މެސީގެ މޮޅުކުޅުމާއިއެކު އާޖެންޓީނާއަށް ފުރަތަމަ މޮޅު

ބުރެޒިލުގައި މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މެސީގެ މޮޅުކުޅުމާއިއެކު މިއަދު އުރުގުއޭ 1-0 އިން ބަލިކޮށް ...