އެމެރިކާގެ ކުންފުންޏަކުން އެމްއެޗް370 ހޯދުމުގެ މަސައްކަތް ފަށައިފި

2014 ވަނަ އަހަރުގެ މާޗް މަހުގެ 8 ވަނަ ދުވަހު ގެއްލުނު މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް ތްރީ ސެެވެންޓީ ހޯދުމުގެ މަސައްކަތް ކުރުމަށް އެމެރިކާގެ ކުންފުންޏެއް ކަމަށްވާ “އޯޝަން އިންފިނިޓީ”އަށް މެލޭޝިއާ ސަރުކާރުން ހުއްދަ ދީފިއެވެ.

“އޯޝަން އިންފިނިޓީ”އިން މިހަފްތާގެ ކުރީ ކޮޅުގައި ވަނީ އެމްއެޗް370 ހޯދުމަށް އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަހައްދުތައް ބެލުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އެކުންފުނިން އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަހައްދުތައް ބަލަމުން އަންނަނީ ސީބެޑް ކްންސްޓްރަކްޓާއެއްގެ އެހީގައެވެ.

ބޮއެންގ 777 މަރުކާގެ ފްލައިޓް އެމްއެވް 370 ގެއްލިފައިވަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރުން ޗައިނާގެ ވެރިރަށް ބެއިޖިންއަށް ދަތުރު ކުރަމުން ދަނިކޮށެވެ. އޭރު އެފްލައިޓްގައި 227 ފަސިންޖަރުންނާއި 12 ފަޅުވެރިން ތިއްބެވެ.  އެ ފްލައިޓުން ދަތުރު ކުރި 239 މީހުންގެ ތެރެއިން އެއްވެސް މީހެއްގެ ފުރާނަ ސަލާމަތް ކުރެވިފައެއް ނުވެއެވެ. މީގެ ކުރިން އެމްއެޗް370 ހޯދުމަށްޓަކައި، އޮސްޓްރޭލިއާއާއި، ޗައިނާއާއި މެލޭޝިއާއިން ގުޅިގެން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ.

އެހެންނަމަވެސް، އެމަސައްކަތް ނިންމާލަންޖެހުނީ ނާކާމިޔާބީއާއި އެކީގައެވެ. އެގޮތުން ގެއްލުނު ފްލައިޓް ހޯދުމަށް އޭރު ކުރި މަސައްކަތަށް 200 މިލިއަން ޑޮލަރު ޙަރަދުވެފައިވާއިރު، އެ ފްލައިޓް ހޯދުމަށް 10،46ދުވަހު މަސައްކަތް ކޮށްފައިވެއެވެ. މެލޭޝިއާއާއި ޗައިނާއާއި އޮސްޓްރޭލިއާއިން ފްލައިޓް ހޯދުމަށް ކުރި މަސައްކަތަށް ފަހު، އާއްމު ކުރި ރިޕޯޓްގައި ބުނެފައިވަނީ އެމްއެޗް370 ގެއްލުނީ ކީއްވެގެން ކަން ނޭނގޭ ކަމަށެވެ. އަދި އެ ފްލައިޓް ވެއްޓުނީ ކޮންތާކަށް ކަމެއްވެސް ހޯދިފައެއް ނުވެއެވެ.

އެހެންކަމުން ފްލައިޓު ވެއްޓުނު ހާދިސާއާއި ގުޅިގެން މަރުވި މީހުންގެ އާއިލާތަކުން މިކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅު ކުރަމުން ދިޔައެވެ. އެކަމާ ގުޅިގެން މިދިޔަ އޮކްޓޯބަރުމަހުގައި މެލޭޝިއާ ސަރުކާރުން ވަނީ ފްލައިޓް ހޯދުމަށް “އޯޝަން އިންފިނިޓީ”އާއި ހަވާލު ކުރުމަށް އެކުންފުންޏާއެކު މަޝްވަރާ ކުރަމުންދާކަން ހާމަކޮށްފައެވެ.

އަދި މިހާރު އެ ކުންފުނިން އެމްއެޗް370 ހޯދުމުގެ މަސައްކަތް ފަށާފައިވާއިރު، ފްލައިޓްގެ އެއްވެސް ބައިތަކެއް އެކުންފުންޏަށް ފެނިއްޖެނަމަ، މެލޭޝިއާ ސަރުކާރުން ވަނީ އެކުންފުންޏަށް އިނާމް ދިނުމަށްވެސް ނިންމާފައެވެ.  މެލޭޝިއާ ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން “އޯޝަން އިންފިނިޓީ”އިން ވަނީ ގެއްލުނު ފްލައިޓް ހޯދުމަށް 25،000 އަކަ ކިލޯމީޓަރުގެ ކަނޑުގެ ސަރަހައްދެއް ބެލުމަށް ނިންމާފައެވެ.

އެމްއެޗް370 ގެއްލުނު ހާދިސާ އަކީ ވައިގެ ދަތުރުފަތުރުގެ ދާއިރާގެ ތާރީހުގައި މިހާތަނަށް ދިމާވި އެންމެ އޮޅުން ބޮޑު ހާދިސާގެ ގޮތުގައި ވަނީ ފާހަގަ ކުރެވިފައެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

ކޮވިޑް 19 – ހަލުވިކަމާއެކު ފެތުރޭ ކޮވިޑުގެ އައު ވޭރިއަންޓެއް ސައުތް އެފްރިކާ އިން ފެނިއްޖެ

ހަލުވިކަމާއެކު ފެތުރޭ ކޮވިޑުގެ އައު ވޭރިއަންޓެއް ސައުތް އެފްރިކާ އިން ފެނިއްޖެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ. ސައިންސްވެރިންނާ ...

އެމެރިކާގެ އެއްވެސް އެހީއެއް ބަލައިނުގަތުމަށް ފަލަސްތީނުގެ މަދަނީ ޖަމާޢަތްތަކުން ނިންމައިފި

ޤުދުސަކީ އިސްރާއީލުގެ ވެރިރަށްކަމަށް އިސްރާއީލުން ނިންމި ނިންމުން ބަލައިގަތުމަށާއި އިސްރާއީލުގައިވާ އެމެރިކާގެ އެމްބަސީ ޤުދުސަށް ބަދަލުކުރުމަށް ރައީސް ޑޮނަލްޑް ...

އައްޑޫގައި ދާއިމީކޮށް ޓީޓީ ކޯޗަކު ބަހައްޓައި އެކުޅިވަރު އާލާކުރަނީ

އައްޑޫސިޓީ ކައުންސިލާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ދެމެދު އެމް.އޯ.ޔޫއެއްގައި އިއްޔެ ސޮއިކޮށްފިއެވެ. މިއެމް.އޯ.ޔޫގެ ދަށުން ...