• Categories
  • Archives

ތަފާތު ވިޔަފާރިތަކާއެކު އައްޑޫގައި ޝޮޕިންގް މޯލެއް ހުޅުވަނީ

ތަފާތު ވިޔަފާރިތަކާއި އެހެނިހެން ހިދުމަތްތަކާ އެކު، އައްޑޫސިޓީގެ ފޭދޫގައި ޝޮޕިންގް މޯލެއް ހުޅުވުމުގެ މަސައްކަތް ކުރަމުން އެބަ ދެއެވެ.

އައްޑޫއަށް އުފަން ދެބެއިން ކަމުގައިވާ އަހުމަދު ޒާހިދާއި އަބްދުﷲ ޔާސިރު ގުޅިގެން “އޮއިސިސް”ގެ ނަމުގައި ހުޅުވަން ހަމަޖެހިފައިވާ އެ ޝޮޕިންގް މޯލް މިހާރު ވަނީ އިމާރާތްކޮށް ނިންމާފައެވެ. އަދި ޝޮޕިންގް މޯލް ހުޅުވަން ހަމަޖެހިފައިވަނީ މި އަހަރުގެ މާޗު މަހުގައެވެ.

އައްޑޫ ސިޓީ ފޭދުގައި ހުޅުވަންް ހަމަޖެހިފައިވާ ޝޮޕިން މޯލް — ފޮޓޯ/ އޮއެސިސް

އޮއިސިސް މޯލްގެ މަސްއޫލުވެރި ދެބެއިންގެ ތެރެއިން އަހުމަދު ޒާހިދު “ސަން”އަށް ވިދާޅުވީ، އެ މޯލް މިހާރު އިމާރާތްކޮށް ނިމިފައިވާއިރު އެ އެތަނުގައި ފިހާރަތަކުގެ އިތުރުން ކޮފީޝޮޕަކާއި ބޭކަރީއަކާއި ރެސްޓޯރެންޓެއްގެ އިތުރުން އެގްޒިބިޝަން ހޯލެއްވެސް ހުންނާނެ ކަމަށެވެ.

ޖުމްލަ 20 ޔުނިޓް ހިމެނޭ އޮއިސިސް ޝޮޕިންގް މޯލުން ޔުނިޓުތައް ކުއްޔަން ދޫކުރަން މިހާރު ހުޅުވާލައިފަވާކަމަށް ޒާހިދު ވިދާޅުވިއެވެ. އެތަނުން ޔުނިޓު ކުއްޔަށް ނަގައިގެން ވިޔަފާރި ކުރަން ބޭނުންވާ ފަރާތްތަކުން އެ މޯލްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މައުލޫމާތު ސާފު ކުރެވޭނެއެވެ.

އައްޑޫ ސިޓީ ފޭދުގައި ހުޅުވަންް ހަމަޖެހިފައިވާ ޝޮޕިން މޯލް — ފޮޓޯ/ އޮއިސިސް

ޒާހިދު ވިދާޅުވީ، ޝޮޕިންގް މޯލެއް އަޅަން ނިންމި ސަބަބަކީ، އައްޑޫގައި ވިޔަފާރިކުރާ ގޮތް ތަފާތު ކުރުމެވެ.

“މިހާރުވެސް އައްޑުގައި ބޮޑެތި ތަންތަނުގައި އެއްފިހާރަ ހަދައިގެން ވަރަށް ގިނައިން ވިޔަފާރި ކުރޭ. އެހެން ވީމަ އަހަރެމެން ބޭނުންވީ އޭތި ތަފާތު ކޮށްލަން. އެގޮތުން އެއްތަނަކުން އެކި ތަފާތު ހިދުމަތް ދޭ ގޮތައް އެހެން މީހުންނަށް ތަންތަން ކުއްޔަށް ދީގެން ޝޮޕިން މޯލެއް އަޅަން ނިންމީ،” ޒާހިދު ވިދާޅުވިއެވެ.

އައްޑޫ ސިޓީ ފޭދުގައި ހުޅުވަންް ހަމަޖެހިފައިވާ ޝޮޕިން މޯލް — ފޮޓޯ/ އޮއިސިސް

އޮއިސިސް ޝޮޕިންގް މޯލް ހުންނަނީ އައްޑޫ ސިޓީގެ ފޭދޫގެ ބޮޑުމަގުގައި ކަމުން، ގަން އިންޓަނޭޝަނަލް އެއާޕޯޓުން އެތަނަށް ފަސޭހައިން ދަތުރުކުރެވޭނެ ކަމަށްވެސް ޒާހިދު ވިދާޅުވިއެވެ. އަދި އެހިސާބަކީ ގެސްޓްހައުސްތަކެއްވެސް ހުންނަ ހިސާބެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ads

ކަމުދާނެ ލިޔުންތައް

އިގިރޭސި ޕްރިމިއާލީގުގެ ބައެއްމެޗްތައް ދައްކާ އައިސްޓީވީ ދިރާގުޓީވީއަށް

ދިރާގު ޓީވީއިން އައިސްޓީވީގެ ޗެނަލް ތައާރާފް ކޮށްފިއެވެ. ރާއްޖެއަށް މިހާރު އެންމެ ފުޅާކޮށް ކޭބަލް ޓީވީގެ ހިދުމަތްދެމުން އަންނަ. ...

ރާއްޖެ ސްޓައިލުގެ ރިސޯޓުތަކެއް އިންޑޮނޭޝިއާގައި ވެސް ތަރައްގީ ކުރަނީ

އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ އައްސޭރި ކައިރިން، ޖާވާ ކަނޑުގައި ހުންނަ ކުދި ޖަޒީރާ ރަށްތަކެއްގައި ރާއްޖޭގައި ހުންނަ ރިސޯޓުތައް ...

ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފި

ރާއްޖޭގެ ކޮންމާތާކު ހުރެވެސް ފެނަކައިގެ ބިލު ދެއްކޭނެ ސޮފްޓްވެއަރ އެއް އެކުންފުނިން ތައާރަފުކޮށްފިއެވެ. ޝީ ބިލްޑިންގައި ބޭއްވި ރަސްމިއްޔާތެއްގައި ...

ދިރާގު ހައި ސްޕީޑް ފައިބަރ އިންޓަނެޓް އަދި ދިރާގު ޓީވީގެ ޚިދުމަތް ތިނަދޫއަށް

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގު ޓީވީގެ ހިދުމަތާއެކު ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ...

މާލޭގައި ކޭއެފްސީގެ އައުޓްލެޓެއް ހުޅުވައިފި

ދުނިޔޭގެ މަޝްހޫރު ފާސްޓް ފުޑް ޗެއިންތަކުގެ ތެރޭގައި ހިމެނޭ ކޭއެފްސީގެ އައުޓްލެޓެއް މާލޭގައި ހުޅުވައިފިއެވެ. ކޭއެފްސީގެ އައުޓުލެޓް ހުޅުވީ ...

ޓެރަރިޒަމްގެ ބިރު އޮތްކަމަށް ބުނެ އެމެރިކާއިން ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީ ނެރެފި

ޓެރަރިސްޓު ހަމަލާއެއް ދީފާނެތީ ރާއްޖެއަށް އަންނަ އެމެރިކާ މީހުން ސަމާލުވެ ތިބުމަށް އަންގައި، އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓުން ޓްރެވެލް ...