އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާގެ އައްސޭރި ކައިރިން، ޖާވާ ކަނޑުގައި ހުންނަ ކުދި ޖަޒީރާ ރަށްތަކެއްގައި ރާއްޖޭގައި ހުންނަ ރިސޯޓުތައް އަސްލަކަށް ބަލައިގެން ރިސޯޓު ހެދުމަށް ޝައުގުވެރިކަން ފާޅުކޮށްފަިއެވެ.

މިދިޔަ ހުކުރު ދުވަހު ޖަކާޓާގެ ޕަބްލިކް ސާވިސް މޯލްގައި ވާހަކަ ދައްކަވަމުން، އެ ސިޓީގެ ޑެޕިއުޓީ ގަވަރުނަރު ސަންޑިއަގާ އުނޯ ވިދާޅުވީ ޖަކާޓާގެ އުތުރުން ޖާވާ ކަނޑުގައިވާ “ތައުސަންޑް އައިލެންޑްސް”އޭ ކިޔާ ޖަޒީރާ ރަށްތަކަކީ ފަތުރުވެރިކަމުގައި ބައިނަލްއަގުވާމީ ގޮތުން ފާހަގަކޮށްލެވޭ ސަރަހައްދަކަށް ހަދަން އެދިވަޑައިގަންނަވާ ކަމަށެވެ.

އެގޮތުން، އޭނާ ވިދާޅުވީ ފަސް އަހަރު ތެރޭގައި ރާއްޖެ ސްޓައިލުގެ ދޭއް ނުވަތަ ތިން ރިސޯޓު އެތަނުގައި ތަރައްގީކޮށް، މަގުބޫލު މަންޒިލަކަށް އެތަންތަން ހަދަން ބޭނުންވާ ކަމަށެވެ.

“އަހަރެމެން ބޭނުންވަނީ ދުނިޔޭގެ ފެންވަރުގެ “ދެތިން ރިސޯޓް އެ އެ ރަށްތަކުގައި ތަރައްގީ ކުރަން. ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި އެތަނަކީ ދިވެހިރާއްޖެ ފަދަ ތަނަކަށް ބަދަލުވެގެންދިއުން އެއީ ނުވާނެ ކަމެއް ނޫން،” ސަންޑިއަގާ ވިދާޅުވިއެވެ.

ތައުޒަންޑް އައިލެންޑްސް ޖަޒީރާގެ އެކި ރަށްތަކުގައި 21،000 އެއްހާ މީހުން ދިރިއުޅެމުން ދެއެވެ.

ސަންޑިއަގާ ވިދާޅުވީ، އެ ޖަޒީރާތަކުގެ ކުރިއެރުމަށް ދިމާވާ ގޮންޖެހުންތައް ވަރަށް ކައިރިން ބަލާނެ ކަމަށާއި، އެ ޖަޒީރާތަކުގެ ފެނުގެ ނިޒާމާއި އިންފްރާސްޓްރަކްޗަރުގެ އިތުރުން، މަސްވެރިކަމުގެ ސިނާއަތް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ދުބާއީގައި އޮތް “ގްލޯބަލް އިންވެސްޓްމަންޓް ފޯރަމް”ގައި، ތައުޒަންޑް އައިލެންޑްސްގެ ޖަޒީރާތައް ތަރައްގީކުރުމަށް ބޭރުގެ އިންވެސްޓްމެންޓް ހޯދުމަށް ކުރި މަސައްކަތުގައި، ޝައުގުވެރިވާ ފަރާތްތަކަކާ ބައްދަލުވި ކަމަށްވެސް ޖަކާޓާގެ ޑެޕިއުޓީ ގަވަރުނަރު ވިދާޅުވިއެވެ.

އިންޑޮނޭޝިއާއިން ރާއްޖޭގެ ރިސޯޓުތައް އަސްލަކަށް ބަލައިގެން، ރާއްޖެ ސްޓައިލުގެ ރިސޯޓު އެގައުމުގައި ހެދުމަށް މަސައްކަތް ކުރާ އިރު، ޗައިނާގެ އިތުރުން ސައުދީ އަރަބިއްޔާއިންވެސް ވަނީ ރާއްޖޭގައި ހުންނަ ފަދަ ރިސޯޓުތައް އެގައުމުތަކުގައި އަޅަން ނިންމާފައެވެ.

ދެކުނު ޗައިނާ ކަނޑުގައިވާ ޗައިނާގެ ޝަންޝާ ސިޓީގެ މޭޔަރު މީގެ ކުރިން ވިދާޅުވި ގޮތުގައި، ދެކުނު ޗައިނާ ކަނޑުގައި ރާއްޖެއާ އަޅާކިޔޭ ވަރުގެ ރިސޯޓުތަކެއް އެޅުމަށް ޗައިނާއިން ބޭނުންވެއެވެ.

މީގެ އިތުރުން ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ރަތްކަނޑާ ދިމާލުން 30،000 އަކަ ކިލޯމީޓަރަށް ދެމިގެންދާ ޖަޒީރާތަކަކާއި، ރަތްކަނޑުގެ އައްސޭރިން ގޮނޑުދޮށްތަކެއް ހިމެނޭ ގޮތަށް، ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއެއް އިއުލާން ކުރައްވައިފައެވެ. އެ މަޝްރޫއުގެ ދަށުން ރަތްކަނޑުގެ އައްސޭރީގެ ދެ ސިޓީ، އުމްލުޖް އަދިއަލްވަޖުހާ ދެމެދުގައި އޮންނަ ގާތްގަނޑަކަށް 50 ގުދުރަތީ ޖަޒީރާއެއްގައި ރާއްޖެ ސްޓައިލުގެ ރިސޯޓުތަކެއް ތަރައްގީކުރެވޭނެއެވެ. މި ރިސޯޓުތައް ތަރައްގީ ކުރާނީ ދުނިޔޭގެ ނަން މަޝްހޫރު، ބޮޑެތި ހޮޓެލް ޗެއިން އޮޕަރޭޓަރުންނާ އެކުއެވެ.

  • ކޮމެންޓްސް (0)

Your email address will not be published. Required fields are marked *

  • ފުރިހަމަ ނަން

Ads

ގުޅޭ ލިޔުންތައް

އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްފި

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށް އާ އަގުތައް އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ. އެތެރޭގެ އުދުހުންތަކުން ކުރިން ނަގަމުން ...

އިގިރޭސި ޕްރިމިއާލީގުގެ ބައެއްމެޗްތައް ދައްކާ އައިސްޓީވީ ދިރާގުޓީވީއަށް

ދިރާގު ޓީވީއިން އައިސްޓީވީގެ ޗެނަލް ތައާރާފް ކޮށްފިއެވެ. ރާއްޖެއަށް މިހާރު އެންމެ ފުޅާކޮށް ކޭބަލް ޓީވީގެ ހިދުމަތްދެމުން އަންނަ. ...

އިސްމެހެލާ ހެރަ ރިސޯޓް މިއަހަރުގެ ޑިސެމްބަރުގައި ހުޅުވަނީ

އައްޑޫސިޓީ މީދޫ ކައިރީގައި އޮންނަ އިސްމެހެލާ ހެރަ ރިސޯޓުގެ މަސައްކަތް ނިމި މިއަހަރުގެ ޑިސެމްބަރުގައި ޚިދުމަތްދޭން ފަށާނެކަމަށް އެރިސޯޓުން ...